ކ. މާލެ
|
20 އޭޕްރިލް 2022 | ބުދަ 17:14
ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތައް ބަލައިގަންނާނީ ސީއެޗްއެސްސީ ހޯލުގައި
ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތައް ބަލައިގަންނާނީ ސީއެޗްއެސްސީ ހޯލުގައި
މުހައްމަދު ޝަރުހާން
ފިތުރު ޒަކާތް
ބުރާސްފަތި ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނެ
ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމުގެ ފަހު ދުވަހަކީ މި މަހުގެ 30 ވަނަ ދުވަސް
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ ސީއެޗްއެސްސީ ހޯލުގައި

ބުރާސްފަތި ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 21 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 30 އޭޕްރީލް 2022 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށް މިނިސްޓްރީން ބުނެއެވެ.

މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 1:00ން 2:30ށް އަދި ރޭގަނޑު 9:00ން 10:30 އަށެވެ.

މި އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ނުދެއްކޭ ފަރާތްތަކުގެ ޒަކާތް ބަލައިގަންނަން ފަށަފައިވަނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ކަމަށެވެ. މިނިސްޓްރީން ޒަކާތް ބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރު 1:00 އާއި ހަމައަށެވެ.

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އުރީދޫގެ އެމްފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ޒަކާތް ދެއްކޭނެއެވެ. އަދި އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މާލެ ސިޓީ ފިޔަވައި ރަށްރަށުން ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ. ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

އެގޮތުން އާދައިގެ ހަނޑުލުން 12 ރުފިޔާ، ތައިލެންޑު ހުދު ހަނޑުލުން 77 ރުފިޔާ، ރަތް ހަނޑުލުން 72 ރުފިޔާ، ބާސްމަތީ ހަނޑުލުން 77 ރުފިޔާ، ބާސްމަތީ ހަނޑުލުން 90 ރުފިޔާ، އެންމެ މޮޅު ބާސްމަތީ ހަނޑުލުން 132 ރުފިޔާ، އާދައިގެ ފުށުން 12 ރުފިޔާ އަދި އާޓާ ފުށުން 75 ރުފިޔާ ނެގޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެމީހަކު ބޭނުން ރަށަކަށް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސާފައެވެ. އޮންލައިން ޕްލެޓްފޯމްތަކުން ފިތުރު ޒަކާތް ދައްކާކަމުގައި ވާނަމަ، ސެންޓްރަލް އެކައުންޓަކަށް އެފައިސާ ޖަމާވެގެން މާލޭގެ ފަގީރުންނަށް އެފައިސާ ބެހުން ނިމުމަކަށް ވަނީ ގެނެވިފައެވެ.

އެގޮތުން މިފަހަރު ގެނެވުނު އެއް ބަދަލަކީ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ އެމީހަކު ފައިސާ ދައްކަން ބޭނުންވާ ރަށެއްގެ ޕޯޓަލް މެދުވެރިކޮށް ހިޔާރު ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެއްސުމެވެ. އަދި އެފައިސާ ރަމަޟާން މަސް ނިމޭއިރު ކައުންސިލްތަކަށް ޖަމާކުރެވިގެން ދިޔުމެވެ.

- ކޮމެންޓް