ކ. މާލެ
|
20 އޭޕްރިލް 2022 | ބުދަ 15:29
އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)
އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)
އެފްއޭއެމް
ރޭޑިއަންޓަށް ފުރުޞަތު ބަންދު
ބޯޑާއި، ނަމާއި، ލޯގޯއާއި، ކުލަ ބަދަލުކުރިޔަސް ރޭޑިއަންޓަކަށް ދެން ފުރުޞަތެއް ނެތް!
މިހާލަތު އަންނާނެކަން ކުރިންވެސް ރޭޑިއަންޓަށް އެނގޭނެ- އެފްއޭއެމް

ބޯޑާއި, ނަމާއި, ލޯގޯއާއި, ކުލަ ބަދަލުކުރިއަސް މިވަގުތު ރޭޑިއަންޓަށް ފުރުޞަތު ނެތްކަމަށް އެފްއޭއެމްއިން ބުނެފިއެވެ. ރޭޑިއަންޓަށް ފުރުޞަތު ނެތްކަން އިއްޔެ ކްލަބަށް އެނގި, އެވާހަކަތައް ވަރަށް ބޮޑަށް މީޑިޔާއާއި, ސޯޝަލް މީޑިޔާގައި ދައުރުވަމުން ދަނިކޮށް ބުދަ ދުވަހު އެފްއޭއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއިދާރާގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒު ވިދާޅުވީ މިވަގުތު ކަންތައްތައް ހުރި ގޮތަށް ބަލާއިރު ރޭޑިއަންޓަށް ފުރުޞަތެއް ނެތްކަމަށެވެ. އެކަމަކު އަދިވެސް އެކަމަށް މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި އެފްއޭއެމްއިން މަސައްކަތްކޮށްދޭނެ ކަމަށެވެ.

ޖަވާޒު ވިދާޅުވީ ރޭޑިއަންޓުންވެސް އުޞޫލުތަކާއި, ޤަވާއިދުތަކުގެ ތެރެއިން މަސައްކަތްކުރުމުގެ ބަދަލުގައި ބޮޑަށް ފެނުނީ ސޯޝަލް މީޑިޔާގެ ތެރެއިން އެކަން ކުރަން އުޅުނުތަން ކަމަށެވެ. ޖަވާޒު ވިދާޅުވީ ރޭޑިއަންޓަށް މިއަދު ދިމާވި މައްސަލައަކީ ނޭންގި ތިއްބާ ކުއްލިއަކަށް ދިމާވި މައްސަލައެއް ނޫންކަމަށެވެ. ޖަވާޒު ވިދާޅުވީ ރޭޑިއަންޓްގެ އިންތިޚާބު ބޭއްވުމުގެ ކުރިންވެސް މިކަން މިހެން ވެދާނެކަން ސަމާލުކަމަށް ގެނެސް, ފީފާއާއި އޭއެފްސީގެ އުޞޫލުތައް ހުރިގޮތް ސާފުކޮށްދިން ކަމަށެވެ. ރޭޑިއަންޓްގެ އޭރުގެ ފައުންޑަރު އަދި މިހާރުގެ ޗެއަރމަން ވާސިފްއާވެސް އެކަންކަން ހިއްސާކުރަމުންދިޔަކަމަށް ޖަވާޒު ވިދާޅުވިއެވެ. އެހެންކަމުން މިއީ ކުއްލިއަކަށް ނޭންގި ތިއްބާ ދިމާވިކަމެއް ނޫންކަމަށް ޖަވާޒު ވިދާޅުވިއެވެ.

އޭއެފްސީގެ ސިޓީއާއި އުސޫލުތަކާއި, ޤަވާއިދުތަކަށް ރިއާޔަތްކުރައްވާ އެފްއޭއެމްގެ ޤާނޫނީ ވަކީލް ޖައުޝަން ޝަރީފް ވިދާޅުވީ ރޭޑިއަންޓަކީ ނިއުރޭޑިއަންޓްގެ ސްޕޯރޓިންގ ސަކްސެސާއެއްކަމަށް ބަލާނެ ހުރިހާ ޝަރުތެއް ހަމަވާކަމަށެވެ. ނަމާއި, ލޯގޯއާއި, ކުލަވެސް އެއްގޮތް ކަމަށާއި, ބޯޑް މެންބަރުންގެ ތެރޭގައިވެސް ނިއުރޭޑިއަންޓްގެ އުވިދިޔަ ބޯޑްގެ ދެ މެންބަރުން ރޭޑިއަންޓްގެ ބޯޑްގައި އެބަތިބިކަމަށެވެ. އަދި މިކަން މިހެން ހުރުމުން ދެން އެކަންކަން ބަދަލުކުރިޔަސް ނިޔަތާމެދު ޝައްކު ކުރުމުގެ ޖާގަ ޤާނޫނީ ގޮތުން ލިބޭކަމަށެވެ.

މިހާރު ކުލަޔާއި, ނަމާއި, ބޯޑް މެންބަރުންނާއި, މިބަދަލުކޮށްގެން މިކަންކުރަން އެޅެފިކަމަށް ވަނީވިއްޔާ, މިއިންޓެގްރިޓީގެ ކަންތައް މިއޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ފުރަތަމަވެސް ކުރެވޭނެ ސުވާލަކީ ނިޔަތާމެދު ކުރެވޭ ސުވާލު. އެޖަވާބުދެވޭނީ އެކަން ތަހުޤީޤުކުރާ ފަރާތްތަކަށް. ޤާނޫނީ އޮނިގަނޑުގެ ތެރެއިން އުފެދޭނެ ސުވާލަކީ މިއީ. މިއީ ހެޔޮނިޔަތެއްގައި ކުޅިވަރަށް ޚިދުމަތްކުރަންކުރާކަމެއްތޯ, ކަމެއް ބަދަލުކުރަން ކުރާކަމެއްތޯ, ފުޓްބޯޅަ ކުރިއަރުވަންތޯ ނިންމާނީ ތަހުޤީޤުކުރާ ފަރާތްތަކުން.
ޖައުޝަން ޝަރީފް / އެފްއޭއެމްގެ ވަކީލް

ޖައުޝަން ވިދާޅުވީ އެކަންކަން ސާފްކުރަން އެފްއޭއެމްއިން އިސްވެ އޭއެފްސީގައި އެދިފައިވާނެކަމަށާއި, ރޭޑިއަންޓް ވުޖޫދުކުރަން އެހީތެރިވާން ކުރެވޭނެ ކަންކަން ބެލިކަމަށެވެ. އެގޮތުން އެމަޝްވަރާތައް އިސްވެ އޭއެފްސީއާކޮށް އެމައުލޫމާތު ރޭޑިއަންޓާ ހިއްޞާކުރިކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ޖަވާބުގައި އޭއެފްސީން ބުނަނީ ތިކަންތައް ތިގޮތަށް ކޮއްފިއްޔާ, ބޯޑް މެންބަރުންނާއި, މިސާލަކަށް މިހާރު އޮތް ހާލަތު ބަދަލުކޮށްފިނަމަ މިކުރެވޭ ޝައްކު ޔަޤީނަށް ބަދަލުކުރުމުގެ ފުރުޞަތު ބޮޑޭ. ނިއުރޭޑިއަންޓްގެ ސްޕޯޓިންގ ސަކްސެސާއެއްގެ ގޮތުގައި ރޭޑިއަންޓް ފެންނަކަމަށް މިކުރެވޭ ޝައްކުތައް ހަމަ ޔަޤީނަށް ބަދަލުވެގެންދާނޭ ދެން ބަދަލުކުރަން އުޅެފިނަމަ.
ޖައުޝަން ޝަރީފް / އެފްއޭއެމްގެ ވަކީލް

އެހެން ބައެއް ކްލަބްތަކާއި އެއްކަހަލަ ނަންތައް ކިޔާ ކްލަބްތައް ހުރުމާއި, ކުލަތައް ބޭނުންކުރުން ފަދަ ކަންކަން ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާތީ ޖައުޝަން ވިދާޅުވީ ކްލަބެއްގެ ސްޕޯޓިންގ ސަކްސެސާއަކަށް ވަނީ ސަސްޕެންޑްކޮށް, ނުވަތަ ފީފާ, އޭއެފްސީން އަދަބުދީފައިވާ ކްލަބްތަކަށް ކަމަށެވެ. ބަރާބަރަށް ހިނގާ ކްލަބްތަކާމެދު އެއުޞޫލުން ނުބަލާކަމަށް ވިދާޅުވިއެވެ. ރޭޑިއަންޓަށް އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެކަން ރަސްމީކޮށް އެނގުނުއިރު އެކްލަބުން ވަނީ ކޯޗިންގ ޓީމާއި, ސްކޮޑްވެސް އެކުލަވާލާފައެވެ.

- ކޮމެންޓް