ކ. މާލެ
|
18 އޭޕްރިލް 2022 | ހޯމަ 21:52
ހިޔާ ފްލެޓްގެ ކުނީގެ މައްސަލަ
ހިޔާ ފްލެޓްގެ ކުނީގެ މައްސަލަ
އަމްނާ އިމާދު
ހިޔާ ފްލެޓްތަކުން ކުނި ނެގުން
ހިޔާ ފްލެޓްތަކުން ކުނި އުކުމަށް ފީ ނަގަން ފަށަނީ
 
ހިޔާ ފްލެޓްތަކުން ކުނި އުކާލުމުގެ ޚިދުމަތް ދެމުންދާނީ 150 ރުފިޔާއަށް
 
މެއި 1ން ފެށިގެން ފީނަގާގޮތަށް ވަނީ ހަމަޖެހިފައި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުގެ އެޕާޓްމަންޓްތަކުން ކުނި އުކާލުމުގެ ޚިދުމަތުގެ ފީނެގުމަށް ހަމަޖެހިފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ބުނެފިއެވެ.

ވެމްކޯއިން ބުނީ, ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވެފައިވުމާއެކު, ދުވަހުން ދުވަހަށް ކުނި އުކާލުމުގެ ޚިދުމަތް މެދުނުކެނޑި އަންނަނީ ފޯރުކޮށްދެމުންކަމަށެވެ. އެހެންކަމުން މެއި 1ން ފެށިގެން ފީނަގާގޮތަށް ހަމަޖެހިފައިވާކަމަށެވެ. ހިޔާ ފްލެޓްތަކުން ކުނި އުކާލުމުގެ ޚިދުމަތް ދެމުން ދާނީ 150 ރުފިޔާއަށެވެ.

ވެމްކޯގެ ބިލާއި އެކައުންޓުގެ ތަފުސީލު, ރަޖިސްޓަރީ ކުރެވިފައިވާ ފްލެޓުގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެކަމަށް ވެމްކޯއިން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޭބިސީތަކަށް ދެނީ ދުވަހު ކުންޏަށް ޚާއްސަ ޚީދުމަތެއް ކަމަށާއި, އެ ނޫން, ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް"ގެ ޚިދުމަތަށް އެދުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް