ކ. މާލެ
|
18 އޭޕްރިލް 2022 | ހޯމަ 21:03
ކޮވިޑަށް ޓެސްޓުކުރަނީ
ކޮވިޑަށް ޓެސްޓުކުރަނީ
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ފާއިތުވި މަސް ދުވަސްތެރޭ ކޮވިޑް-19 ޖެހުނީ 4225 މީހުންނަށް
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިމުއްދަތުގައި އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވަނީ މާޗް 15 ވަނަ ދުވަހު
މާޗް 15 ވަނަ ދުވަހު 265 މީހުންނަށް ކޮވިޑް ޖެހިފައިވޭ
އެންމެ މަދުން ކޮވިޑް ޖެހުނު ދުވަހު ޖެހިފައިވަނީ 20 މީހުންނަށް

މާޗް މަހުގެ 14ން އޭޕްރީލް 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ކޮވިޑް-19 ޖެހުނީ 4225 މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, މިމުއްދަތުގައި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 394 މީހުންނެވެ. އަތޮޅުތަކުން 3375 މީހުން ޕޮޒިޓިވްވިއިރު އެހެން ހިސާބުތަކުން ޕޮޒިޓިވްވެފައިވަނީ 456 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނި 178،883ށް އަރާފައެވެ. އަދި މިބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު ހުރީ 298ގައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމުއްދަތުގައި އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވަނީ މަރޗް 15 ވަނަ ދުވަހުއެވެ. އެދުވަހު 265 މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އެންމެ މަދުން ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އޭޕްރީލް 15 ވަނަ ދުވަހުއެވެ. އެއީ 20 މީހުންނެވެ.

އެޗްޕީއޭއިން މިހާރު ތަފާސްހިސާބު އާންމުކުރަމުން ގެންދަނީ ހަފްތާއަކު އެއްފަހަރުއެވެ.

ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު, ފާއިތުވި ހަފުތާގައި ވެކްސިން ޖެހި މީހުންނާއެކު މިހާރު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ހުރީ 158،000ގައެވެ. ދެވަނަ ޑޯޒް 383،876 މީހުން ޖަހާފައިވާއިރު ފުރަތަމަ ޑޯޒު 398،557 މީހުން ޖަހާފައިވެއެވެ.

- ކޮމެންޓް