Advertisement
ކ. މާލެ
|
15 އޭޕްރިލް 2022 | ހުކުރު 11:23
ޑރ. އިބްރާހިމް ޒަކަރިއްޔާ
ޑރ. އިބްރާހިމް ޒަކަރިއްޔާ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
އިހްޔާ ފޯރަމް
އަޅުކަމަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުން ގިނަ: ޑރ. ޒަކަރިއްޔާ
އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ ހަވާލުކުރެވިފައިވާ ގިނަ ކަންތައްތަކަކާއެކުގައި

އިންސާނުންގެ ތެރޭގައި ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މައުޟޫއަށް އިހްޔާ ފޯރަމްގައި ތަގުރީރުކުރައްވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ ހަވާލުކުރެވިފައިވާ ގިނަ ކަންތައްތަކަކާއެކުގައި ކަމަށެވެ. އެގޮތުން އަސްރު ސޫރަތަށް ބައްލަވާލައްވަމުން ވިދާޅުވީ ޒަމާނަކީ އިންސާނުންގެ އުމުރުކަމަށެވެ.

އިންސާނުން ކުރާ ދެ ވައްތަރެއްގެ ކަންކަންވާ ކަމަށާއި އެއީ އަޅުކަމާއި އާދަކާދަކަން ފާހަގަކުރައްވާ، އެތަނުން ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމެއްވެސް ހެޔޮ ނިޔަތަކާއިއެކު އަޅުކަމަކަށްވާފަދައިން އެކަމެއް ކޮށްފިނަމަ އެއީ އަޅުކަމެއްކަމުގައި ހިމެނިދާނެކަމަށް ވިދާޅުވިއެވެ.

Advertisement

ޑރ. ޒަކަރިއްޔާ ވަނީ މި ފޯރަމްގައި މިހާރު ދުނިޔޭގައި މަޝްހޫރުވަމުން އަންނަ ކަމެއްކަމަށްވާ އިންސާނުންގެ ސިފަ އެކި ގޮތްގޮތަށް ބަދަލުކުރުމާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ޖިސްމާނީ ރީތިކަމަށް ދުނިޔޭގައި ހޭދަކުރާ މިންވަރުގެ މައްޗަށް ތަފާސްހިސާބުތަކުގެ އަލީގައި ބައްލަވާލައްވަމުން އެކަމަށް އެތައް ބިލިޔަން ޑޮލަރެއް ދުނިޔޭގައި ހޭދަކުރާކަމަށް ވިދާޅުވިއެވެ.

މާތްﷲ އިންސާނާ ޚަލްޤުކުރައްވާފައިވަނީ އެންމެ ރީތި ސޫރައިގައިކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ. އިންސާނާގެ ނަފްސާއި ރޫހަކީ ކޮބައިކަންކަމާއި ޖިސްމާއި ފުރާނަ ހިމާޔާތްކުރުން ވާޖިބްވެގެންވާކަން ބަޔާންކުރައްވަމުން ޖިސްމާއި ނަފްސަކީ އަމާނާތެއްކަމަށާއި ޖިސްމަށް އަނިޔާ ދެނީ ކީއްވެކަމާމެދުގައިވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

އަދި އުފާވެރި ހަޔާތެއް ހޭދަކުރެވޭނީ ހަޔާތުގެ މަދު މިންވަރާމެދުވެސް ފުދުންތެރިވެ ޝުކުރުވެރިވާނަމަކަމަށްވެސް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް