ކ. މާލެ
|
15 އޭޕްރިލް 2022 | ހުކުރު 06:33
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތުން
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތުން
ރައީސް އޮފީސް
ރައީސް ސިންގަޕޫރަށް ވަޑައިގަތުން
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ދަތުރު ފުޅެއްގައި ފުރާ ވަޑައިގެންފި
މިއީ ރައީސްގެ ދަކަނބަލުން ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއް
ރައީސްގެ ދެކަނބަލުން އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންނެވީ، ފެބްރުއަރީ މަހުގެ 23ވަނަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ވަޑައިގެންފިއެވެ.

މިއީ ރައީސްގެ ދަކަނބަލުން ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ.

ރައީސްގެ ދެކަނބަލުން އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންނެވީ، ފެބްރުއަރީ މަހުގެ 23ވަނަ ދުވަހު ރައީސްގެ ތައިރޮއިޑްގެ އޮޕަރޭޝަން އަކަށެެވެ. ފަރުވާ އަށް ފަހު ރާއްޖެ ވަޑައިގެންނެވީ މާޗު 6ވަނަ ދުވަހުއެވެ. ރައްޖެ ވަޑައިގެންނެވުމާއިއެކު ރަސްމީ ދަތުރުފުޅުތަކުގައި ބައެއް ރަށްރަށަށްވެސް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ބައްދަލުވުންތަކުގައި ވާހަކަފުޅު ދެއްކެވުން ކުޑަކޮށް މަޑުޖައްސަވާ ލެއްވުމަށް ޑޮކްޓަރުން އިލްތިމާސް ކޮށްފައިވާކަމަށް ފުވައްމުލަކުގައި އޮތް ބައްދަލުވުމެއްގައި ރައީސް ވިދާޅުވިއެވެ. މިގޮތުން އޮޕަރޭޝަން އަށް ފަހު ހައެއްކަ ހަފުތާ ވަންދެން ޖަލްސާތަކުގައި ވާހަކަފުޅު ދެއްކެވުން މަޑުޖައްސަވާ ލެއްވުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެންދެވީ އެއްވެސް އަރާމު ކުރެއްވުމެއްނެތި ދަތުރުފުލުތައް ކުރައްވާ ބައްދަލް ވުންތައް ބާއްވަވަމުންނެވެ.


Advertisement
- ކޮމެންޓް