ކ. މާލެ
|
15 އޭޕްރިލް 2022 | ހުކުރު 05:59
ހިޔާ ފްލެޓް ބޭރުގައި ކުލި ކުޑަ ކުރުމަށް ގޮވާލާ ބެނާރ ދަމާފައި
ހިޔާ ފްލެޓް ބޭރުގައި ކުލި ކުޑަ ކުރުމަށް ގޮވާލާ ބެނާރ ދަމާފައި
ޝިއުނާ ސޯލިހް
މަގޭ ރިޕޯޓް
އަޅެ، ކުލި ދައްކައިގެން އުޅެނީ ހަމައެކަނި ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންތަ؟
"އެކަކުވެސް ކުލި ދައްކައިގެން ނުވާނެ" މިފަދަ އިބާރާތުން އަންނަނީ ކުލި ނުދެއްކުމަށް ބުނަމުން
އެޗްޑީސީގެ ބޮލުގައި އެޅިފައި އޮތީ ކުންފުނީގެ ތާރީޚުގައި ނުނަގާވަރުގެ ބޮޑު ލޯނެއް
އެގްރީމެންޓްގައި ސޮއިކުރިއިރު މަހުން މަހަށް ތަނަށް ދައްކަންޖެހޭ ފައިސާ މަތިން ހަނދާން ނެތުނީ ތޯ
އެޗްޑީސީން ކަނޑައެޅި އަގު ސަރުކާރުން 8،500އަށް ކުޑަކޮށްފައި ވުމުގެ ސަބަބުން 138 މިލިއަން ރުފިޔާގެ ކޭޝް ފްލޯ ޑެފިސިޓެއް މުޅި މަޝްރޫއުގެ މުއްދަތުގައި ކުރިމަތިވާނެ

ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ބޯހިޔާވަހިކަން ކަށަވަރު ކުރުމުގެ ވައުދަކީ ހުރިހާ ސަރުކާރަކުންވެސް ވަމުން އަންނަ ވައުދެކެވެ. އެ ވައުދު ފުއްދުމަށްޓަކައި އެކި ސަރުކާރުތަކުން މަސައްކަތްކުރަނީ އެކި މިންވަރަށެވެ. ރަށްރަށުން ގޯތި ދޭނެ ބިން ހުސްވުމުން ފަޅުން ބައެއް ހިއްކައިގެންވެސް ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް އަންނަނީ އެކި ސަރުކާރުތަކުން ވައުދުވެ މަސައްކަތް ކުރަމުންނެވެ. ކޮންމެ ސަރުކާރަކުންވެސް ގެންގުޅެނީ ވަކި ސްޓްރެޓެޖީއެކެވެ. ކޮންމެ ސްޓްރެޓެޖީއެއް ގެންގުޅުނު ނަމަވެސް ރައްޔިތުންނަށް އޭގެ މަންފާ ލިބެން ޖެހެއެވެ. އެއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ސަރުކާރުން ބޮޑެތި ލޯނުތައް ނަގައިގެން ހިންގާ މަޝްރޫއުތަކުން އަޅާފައިވާ ފްލެޓްތަކާއި އެޕާޓްމެންޓުތައް ހަމަ ހިލޭ ސާބަހަށް ދޫކޮށްލުމަކީ އެކަމުގައި ދެކޮޅު ޖެހޭނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ރާއްޖެ ފަދަ ގައުމަކަށް މިފަދަ ލޯނުތައް ނަގައިގެން ހިންގާ މަޝްރޫއުތަކުން އަޅާފައިވާ ތަންތަން ހިލޭ ސާބަހަށް ރައްޔިތުންނަށް ބަހާނުލެވޭނެކަން ގަބޫލް ކުރަން ޖެހެއެވެ. އެ ނަގާ ލޯނުތައް ދެއްކޭނެ އެންމެ ހަރުދަނާ ގޮތަކަށް އަދި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް އެތަންތަން ދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މާ ކުރިން ހިންގާފައިވާ މަޝްރޫއަކާއި، ފަހުން ހިންގާ މަޝްރޫއަކާ އަޅާ ކިޔުމަކީ ހަމަ ޖެހޭ އުސޫލެއް ނޫނެވެ. ދައްކަން މި އުޅެނީ ބޯހިޔާވަހިކަމުގެ "މެގަ" މަޝްރޫއެއްގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ހާވާފައިވާ ބޮޑު ހަޑިއެއްގެ ވާހަކައެވެ. ހިޔާ މަޝްރޫއުގެ ވާހަކައެވެ.

އެ މަޝްރޫއު ފެށިގެން އައިއިރު ރައްޔިތުންގެ ލޮލުގައި ބޮޑު އަނދުނެއް އެޅުވިއެވެ. ލަގްޒަރީ ފެންވަރަށް ހަދައި ހައުސިންގ ޔުނިޓްތައް ރައްޔިތުންނަށް ދޭނެ ކަމަށް ބުންޏެވެ. މިއީ 2018ގެ އިންތިޚާބަށް ފައްކާކުރި މޭވާއެކެވެ. އެހެންނަމަވެސް ކަންތައްވީ އޭރުގައި ތިބި ވެރިން އުންމީދުކުރި ގޮތާ މުޅިން ޚިލާފަށެވެ. އިންތިޚާބުން ވީ ފެއިލްއެވެ. އެކަން އެހެންވުމުން އެންމެ ފަހު ވަގުތު މިނިސްޓްރީ ތެރެއިން ލިޔުންތައް ބަހައި އެ ހަޑި އިތުރަށް ގަޑުބަޑު ކުރިއެވެ. ކަންވީ ގޮތް ރަނގަޅަށް ބަލާލި އިރު، އެޗްޑީސީގެ ބޮލުގައި އެޅިފައި އޮތީ ކުންފުނީގެ ތާރީޚުގައި ނުނަގާވަރުގެ ބޮޑު ލޯނެކެވެ. އޭރު ހޭވި ހަޑި ސާފުކުރަމުން ގޮސް ރައްޔިތުންނަށް ހިޔާ ފްލެޓަށް ވަދެވޭވަރުވީ، މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ފްލެޓްތައް ދޫކުރިއިރު އެތަނުގައި ހުރީ ހަތަރު ފާރު އެކަންޏެވެ. އެއްވެސް ވަރަކަށް ފިނިޝިންގ ނިންމާފަ ނެތެވެ. ރައްޔިތުންނަށް ލިބުނީ އިތުރު މާޔޫސް ކަމެކެވެ. ޓަވަރުތައް ބޭރުން ބަލާލަން ވަރަށް ހިތްގައިމެވެ. އެހެންނަމަވެސް ނެގި ބޮޑު ލޯނުން ނިންމުނީ ހަތަރު ފާރެވެ. އެ ލާރިވެސް ކާލީއެވެ. ފިނިޝިންގ މަސައްކަތަށް އިތުރު ލޯނެއް އަނެއްކާ ނެގުމަށް އޮތީ ތައްޔާރުވެފައެވެ. އެ ލޯނު މަޑު ޖެހުނީ ސަރުކާރު ބަދަލުވުމުންނެވެ.

މި ސަރުކާރުން އެތަނުގެ އަގު ކަނޑައެޅީ ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކޭނެ އެންމެ ކުޑަ އަގުގައެވެ. އެ އަގުންވެސް ސަރުކާރަށް ވަނީ ގެއްލުމެވެ. އެހެންނަމަވެސް ރައްޔިތުންނަށް ބޮޑު ތަކުލީފެއް ނުޖެއްސުމަށް މަޝްރޫއުގެ ބައެއް ޚަރަދުތައް ސަބްސިޑައިޒްކޮށްދެވޭނެ އެންމެ ކުޑަ އަގު ހަމަޖެއްސިއެވެ. ސަރުކާރުން ޔުނިޓަކަށް ޖެހޭ އަގު ކަނޑައަޅާފައިވަނީ، ޕްރޮޖެކްޓް މެނޭޖްމެންޓް ކޮސްޓް، ބިމުގެ އަގު، ސަޕްލިމެންޓަރީ ޑިވެލޮޕްމެންޓް ކޮސްޓް އުނިކުރުމަށްފަހުގައެވެ. ހިޔާ ފްލެޓަށް މަހުން މަހަށް ދައްކަން ޖެހޭ ކަމަށް އެޗްޑީސީ އިން ކަނޑައެޅީ 11،000 ރުފިޔާއެވެ. އެހެންނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމާއެކު އެއަގު ރިވިއުކޮށް އެތަނަށް މަހުން މަހަށް ދައްކަން ޖެހޭނީ 8500 ރުފިޔާ ކަމަށް ސަރުކާރުން ކަނޑައެޅިއެވެ. މި އަގަށްވެސް ރައްޔިތުން ހިތްހަމަ ނުޖެހުމުން މިކަމަށް ޚާއްސަ އޮޑިޓެއްވެސް ހެދިއެވެ. އެ އޮޑިޓުން ދައްކާ ގޮތުގައި އެޗްޑީސީން ހުށައެޅި އަގަކީ ވިޔަފާރީގެ ގޮތުން ސަސްޓެއިނަބްލް އަގެއް ނަމަވެސް އެ ފްލެޓަށް ފައިސާ ދައްކާ މުޅި މުއްދަތުގެ ތެރޭގައި 2.4 ބިލިއަން ރުފިޔާގެ ފައިނޭންސިންގ ފެސިލިޓީއެއް އެ ކުންފުންޏަށް ބޭނުންވެއެވެ. މުޅި ޕްރޮޖެކްޓުން ގާތްގަނޑަކަށް 2.1 މިލިއަން ރުފިޔާގެ ޕޮޒިޓިވް ކޭޝް ފްލޯއެއް އަންނާނެއެވެ.

އެޗްޑީސީން ކަނޑައެޅި އަގު ސަރުކާރުން 8،500އަށް ކުޑަކޮށްފައިވުމުގެ ސަބަބުން 138 މިލިއަން ރުފިޔާގެ ކޭޝް ފްލޯ ޑެފިސިޓެއް މުޅި މަޝްރޫއުގެ މުއްދަތުގައި ކުރިމަތިވެއެވެ. އަދި ކުލީގެ އަދަދު 6،600 ރުފިޔާއަށްކުޑަކޮށްފިނަމަ، 9.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ކުރިމަތިވާނެކަމަށް އޮޑިޓުން ދައްކައެވެ.

ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނު ރަނގަޅަށް މެނޭޖުނުކުރެވިއްޖެނަމަ އެޗްޑީސީއަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަންވެސް ފާހަގަކޮށްފައިވެއެވެ. އެ މަޝްރޫއުގެ ލޯނު މިހާރުވެސް ވަނީ 30 އިންސައްތަ ޑީފޯލްޓްވެފައެވެ.

މިކަންކަން މިހާވަރަށް ސާފުކޮށްދެމުން އަންނައިރުވެސް އޭރުގެ ސަރުކާރުގައި މި ހަޑިހޭވި ބޭފުޅުން ގެންދަވަނީ އަގު ކުޑަ ކުރެވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ ލޭ ހޫނު ކުރަމުންނެވެ. ކުލި ފަސްކޮށްދެވޭނެކަމަށް ބުނަމުންނެވެ. އެހެންނަމަވެސް ނަގާފައިވާ ބޮޑު ލޯނެއް ދައްކަން ޖެހޭކަން ހަމަ މިބޭފުޅުންނަށް އެނގިނުލައްވަނީތޯއެވެ. އޮޑިޓް ރިޕޯޓުގައި އޮތް ވާހަކަތަކާއި ހިސާބުތައް ރަނގަޅު ކަމަށްވެސް މި ބޭފުޅުން ގަބޫލު ކުރައްވައެވެ. އެހެންނަމަވެސް ގަދަ ބަސް ބުނުމުގެ ގޮތުން ކޮންމެވެސް ނާނާއެއް ކިޔުއްވަނީއެވެ. ރައްޔިތުންނަށް ހެޔޮ އެދޭ ބައެއްކަމަށް ދެއްކުމުގެ ގޮތުންނެވެ. މި ބޭފުޅުން އެތައް ފަހަރެއްގެ މަތިން ހެއްދެވި ހިސާބުތައް ގޯސްކަމަށްވެސް ގަބޫލު ކުރައްވައެވެ. ދެން މިދައްކަވާ ވާހަކަތައް ޖެހެނީ ކޮން ކޮޅެއްގައި ކަމެއް ނުވިސްނެއެވެ. ރައްޔިތުންގެ ލޭ ހޫނުކުރަން ތާކުންތާކު ނުޖެހޭ ވާހަކަތައް މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވާއިރު، މި ބޭފުޅާ އިސްވެ ހުންނަވައި ޖެއްސެވި ހިސާބުތައް އޮތީ ގޯސްކޮށް ކަމަށް އޮޑިޓް ރިޕޯޓުންވެސް އެއޮތީ ފެންނާށެވެ. އަނގައެއް އޮތީތީ ކޮންމެ މީހަކަށްވެސް ކޮންމެ އެއްޗެއްވެސް ބުނެވިދާނެއެވެ. އެ ބީދައިން އެ ބޭފުޅާވެސް ކޮންމެވެސް އެއްޗެއް ވިދާޅުވަނީއެވެ. އިދިކޮޅު ކޯލިޝަނުންވެސް ޖަލްސާއެއް ބޭއްވިޔަސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިޔަސް ހިޔާ ފްލެޓްއާ ދިމާއަށް މިސްރާބު ޖަހައެވެ. މިއީވެސް ވަކި މަގްސަދެއް ހާސިލް ކުރުމަށް ކުރާ ކަންކަމެވެ.

އެތަނުން ފްލެޓް ލިބުނު މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެތައް ފަހަރެއްގެ މަތިން ފައިސާ ދެއްކުން ސަރުކާރުން ފަސްކޮށްދިނެވެ. އެވަރުންވެސް ފައިސާ ނުދެއްކުމަށް އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ. "ހިޔާ ޔޫނިއަން"ގެ ނަމުގައި ޖަމިއްޔާއެއް ހަދައި، ފައިސާ ދައްކަން ބޭނުންވާ މީހުންނަށްވެސް ފައިސާ ނުދެއްކުމަށް އަންނަނީ ހިތްވަރު ދެމުންނެވެ. "އެކަކުވެސް ކުލި ދައްކައިގެން ނުވާނެ" މިފަދަ އިބާރާތުން އަންނަނީ ކުލި ނުދެއްކުމަށް ބުނަމުންނެވެ. އެސަރަހައްދަށް ނުކުމެ އިހުތިޖާޖު ކުރުމަށް ދަނީ ގޮވާލަމުންނެވެ. އަދި ކުރިން ހިންގާފައިވާ ހައުސިން މަޝްރޫއުތައް މާ ތަނަވަސްވެފައި ދައްކަން ޖެހޭ ފައިސާ މަދު ކަމަށް އަންނަނީ ބުނަމުންނެވެ. ހިތަށް އަރަނީ ހަމަ ނުވިސްނެނީ ބާވައެވެ. ނުވަތަ ވަކި މަގްސަދެއް ހާސިލް ކުރުމަށް އެނގޭ އެއްޗެއްވެސް ހަމަ ނޭގޭ ކަމަށް ހަދަނީ ބާވައެވެ. ހުރިހާ ތަފްސީލެއް ބަހުން ބަހަށް އަކުރުން އަކުރަށް ތަފްސީލް ކޮށްދެމުން އަންނައިރުވެސް ބަލަން ބޭނުން ނުވަނީއެވެ.

މުުޅި ގައުމުގައި ކުލި ދައްކައިގެން މިއުޅެނީ ހަމައެކަނި ހިޔާ ފްލެޓްތަކުގައި އުޅޭ ރައްޔިތުންބާއޭ ހިތައް އަރައެވެ. ހިޔާ ފްލެޓާ ހަވާލުވެ އެ އެގްރީމެންޓްގައި ސޮއިކުރިއިރު މަހުން މަހަށް ތަނަށް ދައްކަންޖެހޭ ފައިސާ މަތިން ހަނދާން ނެތުނީ ތޯއެވެ. އޭރުވެސް އޮތީ ފައިސާ ދައްކަންޖެހޭ އަދަދު ކަނޑައަޅާފައެވެ. އެ އަގަށް ހިތްހަމަ ނުޖެހޭނަމަ ފްލެޓް ދޫކޮށްލުމުގެ ފުރުސަތުވެސް އޮތެވެ. އެ ފުރުސަތުގެ ބޭނުންވެސް ހިފަން ކެރުނީ މަދު ބަޔަކަށެވެ. މިއަދު އެތަން "އޯކޭ" ވެގެން އެގްރީމެންޓްގައި ސޮއިކޮށް އެތަންތަން ލަގްޒަރީ ފެންވަރަށް ހެދުމަށްފަހު ފައިސާ ދައްކަން ޖެހޭ ދުވަސް ޖެހުމުން ފާޑުފާޑުގެ ލިސްޓް ހަދައި، އެ ފައިސާ ދެއްކުމާ ދެކޮޅަށް އިހުތިޖާޖު ކުރަން ނުކުތުމުން ވަރަށްވެސް ހުތުރެވެ. މީގެ ކުރިން މާލޭގައި ދެކޮޓަރިއަށް 20،000 ރުފިޔާ ކުލި ދައްކައިގެން އުޅެވުނުއިރު "އަމިއްލަ" ތަނަކަށް ފައިސާ ދައްކަން ޖެހޭ ކޮންމެ ފަހަރަކު ހަރު އަޑުން އެ ފައިސާ ނުދެއްކުމަށް މިދަނީ ގޮވަމުންނެވެ. ދެން ހަމަ ބޮޑު ލޯނެއް ސަރުކާރުން ބޮލުގައި އަޅައިގެން ހިލޭ ސާބަހަށް ތިތަން ދޫކޮށްލަންވީތޯއެވެ. ކުލި ދައްކައިގެން އުޅެނީ ހަމައެކަނި ހިޔާގައި އުޅޭ ރައްޔިތުންނެއް ނޫނެވެ. އެތަނުގައި އުޅޭ ބައެއް މީހުން ފްލެޓްވެސް ބޭނުމެވެ. ފައިސާ ދައްކާކަށް ބޭނުމެއް ނޫނެވެ. މިއީ ބޮޑު އަރަތެކެވެ.

- ކޮމެންޓް
16 އޭޕްރިލް 2022 | ހޮނިހިރު 09:29
ޙުގހގގ
މިރިޕޯޓަށް 100% ތާއީދު. މިމަހު ކުލި ނުދައްކައިފިއްޔާ ކުލި ނުދެއްކި އެންމެން ގޮވައިގެން އޗޑސ އިން ކޯޓަށް ދާންޖެހޭނެ. އެމީހުންއަމިއްލައަށް ތަންހެދިޔަސް، ފްރީކޮށް އަށްމަސް ނުވަމަސް ހޭދަކޮށްފަ ވުމަކީ ތަންހެދި ހަރަދު ކެނޑޭނެ ސަބަބެއް. ފްކެޓްއަތުލާ. އަހަރެމެންވެސް ފޯމުލިން ތިއަގުގަ ހިތުންް ރުހުމުން އުޅޭނަން. މިހާރުވެސް މިއުޅެނީ ފަނަރަހާހަށް ދެކޮޓަރީގެ އެއަށްވުރެ ކުޑަތަނެއްގަ ަ
16 އޭޕްރިލް 2022 | ހޮނިހިރު 05:46
ީހޯހޯ
ބަލަ މިސަރުކާރު އައީ ހުރިހާކަމެއް ރަގަޅު ކުރާކަށްނޫންތަ ވީމާ ރައްޔިތުން ނައް ނުވާ ވަރުގެ އަގުގަ ސޯސަލް ހައުސިންނޭ ކިޔާފަ ބޮޑުއަގު ނެގީމަ ވެސް ތިޔަކިޔަނީ ހަމަ މިވަރެއްނެތޭ ވަރަށް ބަރާބަރު
15 އޭޕްރިލް 2022 | ހުކުރު 19:31
ސަޓޯ 88
ޅޯނު ދައްކަންޖެހެނީ ހަމަ އެކަނި ފްލެޓް ކުލިން ލިބޭ އެއްޗަކުންތަ. ބިން ވިއްކާގެންނާ ތިރީ ފްލޯ އެއްކިށް ފިހާރަ ތަކަށް ކުއްޔަށްދީގެން ލިބޭ ރުފިޔާތައްވެސް ލާބަލަ. މިހާރު އެޗްޑީސީގަ ތިބި މީހުންނަށް ހިންގަން ނޭގެނީ
15 އޭޕްރިލް 2022 | ހުކުރު 11:51
ޝަމާ
އަޅެ، ކުލި ދައްކައިގެން އުޅެނީ ހަމައެކަނި ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންތަ؟ ހަމަ އަސްލުވެސް މިމީހުނަށް ހީވާ ކަހަލަ އެހެން. ބަލަގަ ތިޔަތަނެއް ހަދާފަ ތިޔަ ހުރީ ދިވެހި ހުރިހާ ރައްޔިތުން ބޮލުގަ އަޅާ ނަގާފައިވާ ލޯނު ތަކުން. ކުލި ނުދައްކާ ތިޔަ ހިފަހައްޓާ ފައިސާ ގައި އަހަރެންގެ ހައްޤެއްވެސް އެބަވޭ. ކުލި ނުދައްކާ ތިބެވިގެން ނުވާނެ.
15 އޭޕްރިލް 2022 | ހުކުރު 08:11
އާދަންފުޅުބެ
އަޅެފަހެ ތިތަނެއް ނުދީގެން އުޅުނީއިރު ހީވަނީ އެހެން ފަދަ ކަމެއްހެން! ހަތަރު ފާރު އެކަނިވެސް ހެވޭ ގޮވަމުންދިޔަ. ދިނީމަ ދެން ދިޔައީ ތަން ހަދާނެ ގޮތެއް ނެތޭ ކިޔަމުން އަދި ކުލި ކުޑަކުރަން ގޮވަމުން އެކަންވެސް ކޮށްދިން. ކުލި ފަސްކޮށްދޭން އެދުމުން އެކަންވެސް ކޮށްދިން. ދެން ގޮވަމުން އެދަނީ އަދިވެސް ފަސްކޮށްދޭށޭ. މި ވަގުތުވެސް މާލޭ މީހުން ބައިވަރު އެބަތިބި އަމިއްލަ ތަނެއް ނެތުމުން ބޮޑު ކުލި ދައްކަމުންދާ. އަދި ތޮއްޖެހިގެން އުޅޭ. އިންސާފެއްނޫން މީކީ! މި ފުލެޓް ތަކުގައި ތިބި މީހުންނަށް މުޅިތަން ހިލޭ ނުދެނީސް ތި ޝަކުވާއެއް ނުހުއްޓޭނެ. މިންވަރަށް ޝުކުރު ކުރުން އެއީވެސް އޮންނަކަމެއް. އިންތިހާއަށް ބޮޑުލޯނު ނަގައިގެން ކުރީ ސަރުކާރުން ޖަހާފައިން ގުއިރޯނެއްމީ. ހުރިހާކަމެއް ސިޔާސީކޮށް. އެތަނުގަ ތިބި މީހުން ގުނބޯ ހައްދައިގެން މިހާރުގެ ސަރުކާރާ އިދިކޮޅަށް އަނބުރޯ ބޮޑު ގޭސް ގަނޑެއްމީ!