ކ. މާލެ
|
12 އޭޕްރިލް 2022 | އަންގާރަ 20:33
އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރާއްޖެ އެމްވީ
އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން
ރަޝިއާއިން ތެޔޮ ގަތުމަކީ އިންޑިއާއަށް ފައިދާކުރާނެ ކަމެއް ނޫން: ބައިޑަން
މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ގަތް ތެލުގެ އަދަދު މުޅި ޔޫރަޕުން އެއް ދުވަހުގެ މެންދުރު ވަގުތު ގަންނަ ތެލުގެ އަދަދަށް ވުރެ މަދުވާނެކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރ ވިދާޅުވި
އިންޑިއާގެ ބޮޑުވަޒީރު ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ އާއެކު މަޝްވަރާތައް ކުރެއްވުމަށް ޕުޓިން އަށް ހުށަހަޅުއްވާފައިވާނެ ކަމަށް ވިދާޅުވެފައި
ރަޝިއާ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން ވަރުގަދަވެގެންދާ މަންޒަރު ފެންނަމުންދާތީ އެކަމުގެ ކަންބޮޑުވުން ބައިޑަން ފާޅުކުރައްވާފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ

އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމަކީ އެގައުމަށް ފައިދާކުރާނެ ކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމަކީ އެގައުމަށް ފައިދާ ކުރާނެކަމެއް ނޫން ކަމަށާއި މިގޮތަށް އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަމުން ދިއުމަކީ ޔޫކްރެއިން ރަޝިއާ ހަނގުރާމައާ ގުޅިގެން ރަޝިއާ އާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބުރޫއަރާފާނެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަހިރު ދެންނެވި ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސް ގައި ވަނީ ރިޕޯޓުކޮށްފައެވެ.

ބައިޑަން އަދި މޯދީ ވަނީ ހޯމަދުވަހު ވަރޗުއަލްކޮށް ބައްދަލުކުރައްވާ ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިދެބޭފުޅުން ވެސް ވަނީ ޔޫކްރެއިންގައި ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހާއްސަކޮށް ބޫޗާގެ ހާދިސާއާ ގުޅިގެން ދެ ބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިދެބޭފުޅުންގެ ބައްދަލުވުމުގައި ރަޝިއާ އާއި ޗައިނާއާއި ދެމެދު އޮތް ގުޅުން ވަރުގަދަވެގެންދާ މަންޒަރު ފެންނަމުންދާތީ އެކަމުގެ ކަންބޮޑުވުން ބައިޑަން ފާޅުކުރައްވާފައިވާ ކަމަށް އޮފިޝަލްއަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން ރަޝިއާގެ ތެޔޮ މިދަނޑިވަޅުގައި ގަތުމަކީ އިންޑިއާ މިހާރު އޮތް ހަރުފަތުން އިތުރު ހަރުފަތަކަށް ކުރިއަށް ޖެހުމަށް އެހީވާނެ ކަމެއް ނޫންކަމަށް ބައިޑަން ވިދާޅުވެފައިވާ ކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ.

މިބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ އެމަނިކުފާނު އެންމެ ފަހުން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާ ވާހަކަދެއްކެވި އިރު، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ އާއެކު މަޝްވަރާތައް ކުރެއްވުމަށް ޕުޓިން އަށް ހުށަހަޅުއްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން ބައިޑަން ވަނީ ރަޝިއާ އާއި ދެކޮޅަށް ތެދުވުމުގައި އިންޑިއާ އިން ފަސްޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

އެމެރިކާގެ އޮފިޝަލަކު ވަނީ އެގައުމުން އިންޑިއާ ކައިރީ ވަކި ގޮތަކަށް އަމަލުކުރަން ނުބުނާ ކަމަށާއި އިންޑިއާއިން ނިންމާ ނިންމުން ތަކަކީ އެގައުމުގެ އަމިއްލަ ނިންމުން ތަކެއް ކަމަށް ވިދާޅުވެފައެވެ.

ހޯމަ ދުވަހު އިންޑިއާގެ ފޮރިން މިނިސްޓަރ ސުބްރަމާނިޔަމް ޖައިޝަންކަރް އާއި ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގް އާ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަދި ސެކެޓްރީ އޮފް ޑިފެންސް ލޮއިޑް އޮސްޓިން ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ވަނީ އިންޑިއާ އާއި ރަޝިއާގެ ގުޅުން އުފެދިފައި ވަނީ އެމެރިކާއާ އިންޑިއާ ދެމެދު އޮތް ގުޅުން ރަނގަޅު ނޫން ދަނޑިވަޅެއްގައި ކަމަށާއި އެހެން ނަމަވެސް މިހާރު ވަގުތު ބަދަލުވެފައިވާ ކަމަށްވިދާޅުވެފައެވެ. އެގޮތުން އެމެރިކާއިން މިހާރު އޮތީ އިންޑިއާ އާއެކު ގުޅުން ބަދަހިކުރަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރ ސުބްރަމާނިޔަމް ޖައިޝަންކަރް އިންޑިއާއިން ރަޝީއާގެ ތެޔޮ ގަތުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ އެގައުމުން މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ގަތް ތެލުގެ އަދަދު މުޅި ޔޫރަޕުން އެއް ދުވަހުގެ މެންދުރު ވަގުތު ރަޝިއާއިން ގަންނަ ތެލުގެ އަދަދަށް ވުރެ މަދުވާނެ ކަމަށެވެ.

ކޮމެންޓް