ކ. މާލެ
|
11 އޭޕްރިލް 2022 | ހޯމަ 18:47
ފާތިމާ އަލް ޒައުބީ އޭނާ މެންދުރުގެ ކެއުމަށް ތައްޔާރު ކުރި އުރުދުން އަށް ހާއްސަ ކެއިން ސުފުރާއަށް ނަގަނީ
ފާތިމާ އަލް ޒައުބީ އޭނާ މެންދުރުގެ ކެއުމަށް ތައްޔާރު ކުރި އުރުދުން އަށް ހާއްސަ ކެއިން ސުފުރާއަށް ނަގަނީ
ރޮއިޓާސް
ފާތިމާގެ ގެސްޓް ހައުސް
ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
ފުރަތަމަ ފެށީ ރަތްމުގު ކިލޯއަކުން. މިއަދު އެތަނަށް މަހެއްގެ މައްޗަށް 1000 ހެއްހާ އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭ
ފާތިމާ މި މަސައްކަތް ކުރަނީ ބަލި ފިރިޔަކާއި 5 ދަރިން ގޮވައިގެން
2015 ވަނަ އަހަރު ރަސްގެފާނު އަބްދުﷲގެ އެވޯޑް ފޯރ އެކްސެލެންސް ލިބުނު

"ތެދުތެދައް ދަންނަވާނަމަ، ފަހުރުވެރިކަމާއެކު ބުނެވޭނީ އަހަރެން ހުރީ ފަގީރުކަމުގައި، ވަރަށް ފަގީރުކޮށް" 53 އަހަރުގެ ފާތިމާ އަލް ޒައުބީ އޭނާގެ ބަދިގެ ތެރޭގައި ހުރެގެން ބުނެލިއެވެ. މި ބަދިގެއަކީ ހަމައެކަނި އޭނާގެ އާއިލާގެ މެންބަރުންނަށް ކާންދޭން ބެނުންކުރާ ބަދިގެއެއް ނޫނެވެ. އެއީ އެ ހިސާބަށް އަންނަ ގެސްޓުންނަށް ވެސް ކާނާ ތައްޔާރުކުރާ ތަނެވެ.

އާމްދަނީ ލިބޭނެ އެއްވެސް މަގެއް ނެތް، އަދި ބަލި ފިރިއަކާއެކު ދިރިއުޅެމުން އަންނަ ފާތިމާއަކީ 5 ދަރިންގެ މަންމައެކެވެ. އޭނާއަކީ ބަދިގެއިން ފެށި މަސައްކަތް ފުޅާކުރަމުން ގޮސް މިހާރު ގެސްޓްހައުސްއެއް ހިންގާ މީހެކެވެ.

މެންދުރުގެ ކެއުމުގެ ކުރިން ފާތިމާ ރެސްޓޯރަންޓް ތައްޔާރުކޮށްލަނީ - ރޮއިޓާސް

އުރުދުންގެ ބަލްގާ ސަރަހައްދުގެ މުސްކުޅި ސިޓީއެއް ކަމަށްވާ ސޯލްޓުގެ ހިމަ މަގުތަކުންލާފައި ގެސްޓުން ދަތުރުކުރާ ހިމަ މަގެއްގައި ހަދާފައިވާ ފާތިމާގެ ގެސްޓް ހައުސްއަކީ މިހާރު އެ ސިޓީގައި އެންމެ މަޝްހޫރު އެއްތަނެވެ. މިތަނީ ގެސްޓުންގެ އިތުރުން އާންމުންގެ މެދުގައި ވެސް މަޝްހޫރުތަނެކެވެ. ވަކިން ހާއްސަކޮށް އާދަކާދައާއި ސަގާފިގޮތުން މަޝްހޫރުތަނެކެވެ.

ޖޯޑަންއަށް ހާއްސަ ކެއުންތައް ލިބެން ހުންނަ މި ގެސްޓް ހައުސްއިން، ސަގާފީ ހެދުންތައް ލައިގެން އޭގެ އަޖުމަ ބެލުމުގެ އިތުރުން ގެސްޓް ހައުސް ހުންނަ ތަނުގެ ގޮތުން ސިޓީގެ ހިތްގައިމު ތަންތަން ފެނިގެން ދެއެވެ. މިއީ 2012 ވަނަ އަހަރު ހެދިތަނެކެވެ.

ކޮވިޑްގެ އާލަމީ ވަބާ ފެށުމުގެ ކުރިން މަހެއްގެ މައްޗަށް 700 ނުވަތަ 800 ޖޯޑަންގެ ރުފިޔާ ނުވަތަ 987 އެމެރިކާ ޑޮލަރާއި 1128 އެމެރިކާ ޑޮލަރު ލިބޭ. ކޮވިޑްގެ ތެރޭގައި އެއްވެސް އެއްޗެއް ނުލިބޭ. ހެއްދެވި ފަރާތަށް ޝުކުރު ހުރި. މިއަދު ހާލަތު ބަދަލުވެ ކަންކަން މިދަނީ ރަނގަޅުވަމުން. އަދި އުއްމީދަކީ ކުރިން ކަންކަން އޮތްގޮތަށް ބަދަލުވެގެން ދިއުން.
ފާތިމާ އަލް ޒައުބީ

ފާތިމާ އަކީ ޖޯޑަންގެ މަދު އަންހެނުންގެ ތެރެއިން ގޭގޭ ކަންކަން އިސް މީހެއްގެ ހައިސިއްޔަތުން ބަލަހައްޓާ އެއް ފަރާތެވެ. ޖޯޑަންގެ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ސްޓެޓިސްޓިކްސް އިން ހާމަކުރާ ގޮތުގައި 17.5 އިންސައްތަ އަންހެނުންނަކީ އެމީހުންގެ ގޭގެ ކަންކަން އިސްފަރާތުގެ ގޮތުގައި ބަލަހައްޓާ މީހުންނެވެ.

ސިސްޓަރ ހުޑް އިސް ގްލޯބަލް އިންސްޓިޓިއުޓުން މިއަހަރުގެ މާޗް މަހުގައި އާންމު ކުރި ރިޕޯޓެއް ދައްކާ ގޮތުން، 94.7 އިންސައްތަ އަންހެނުންގެ ތެރެއިން ގޭގޭ ކަންކަން އިސްކޮށް ބަލަހައްޓާ އަންހެނުންނަކީ މާލީ ގޮތުން އެހީއެއް ނުލިބޭ އަދި އާއިލާއަށް ބޭނުންވާ އަސާސި ތަކެތި ހޯދުމުގައި ދަތިތަކާއި ދިމާވަ ފަރާތްތަކެވެ.

ފާތިމާގެ ގެސްޓްހައުސްގައި މެންދުރުގެ ކެއުމުގައި ގެސްޓުންތަކެއް - ރޮއިޓާސް

ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ޖޯޑަންގެ އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުންވެފައެވެ. މިކަމުގެ ސަބަބުން ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ ފަގީރުކަން ވަނި އިތުރުވެފައެވެ.

ދިރިއުޅުމުގެ ހާލާތު ނާޒުކު އަދި ޖޯޑަންގައި މަދުން އަމާންދަނީ ލިބޭ އެތައް ހާސް ބަޔަކަށް އެހީތެރިވުމަށް އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާ ބޮޑުކުރުން މަސައްކަތް ކުރި ނަމަވެސް ސަރުކާރަށް ވަނީ ކުރިމަތިނުލެވޭ ވަރުގެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.

ފާތިމާ ތައްޔާރުކުރި ކާތަކެތި - ރޮއިޓާސް

ނަމަވެސް ފާތިމާ ފަދަ އަންހެން ކަނބަލުން އަންނަނީ ދިރިއުޅުމުގައި ދިމާވާ މިފަދަ ދަތިތަކާއި ކުރިމަތިލައި އެކަންކަމުން އަރައިގަންނަމުންނެވެ.

2015 ވަނަ އަހަރު އަންނަނަށް ރަސްގެފާނު އަބްދުﷲގެ އެވޯޑް ފޯރ އެކްސެލެންސް ލިބުނު. އަހަރެން ލުބުނާނަށް ދަތުރެއް ކުރިން. އެއީ ކިލޯއެއްގެ މުގުން ކުޑަ ވިޔަފާރިއެއް ފަށައި، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތާއި ކުރިމަތިލައި އޭގެއިން އަރައިގަނެ އަންހެނުންނަށް މަސައްކަތް ކުރެވޭނެކަން އަންގައިދީ އަމިއްލަ ތަޖުރިބާ ހިއްސާ ކުރުމަށް. ފަހުން މިކަން ބޮޑު އަދި ފައިދާވާނެ ވިޔަފާރިއަކަށްވާނެކަން އަހަރެންގެ ތަޖްރިބާއިން ކިޔައިދިނިން.
ފާތިމާ އަލް ޒައުބީ
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް