ކ. މާލެ
|
11 އޭޕްރިލް 2022 | ހޯމަ 02:42
ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް
ރާއްޖެ އެމްވީ
ހިޔާ ފްލެޓް
ހިޔާ ފްލެޓްތަކަށް ކުލި ދެއްކުމުގެ މުއްދަތު އިތުރުކޮށްފި
 
މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް

ހިޔާ ފްލެޓްތަކަށް ކުލި ދެއްކުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓް ފީގެ ތެރެއިން އޭޕްރިލް މަހު ދައްކަން ޖެހޭ ފައިސާ 10 އޭޕްރިލްގެ ކުރިން ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި އެޗްޑީސީގެ ޕޭމަންޓް ޕޯޓަލް އަދި ކައުންޓަރުން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު އެއްވެސް ޖޫރިމަނާއެއް ނުނަގާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިގޮތަށް ނިންމުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުލި ދެއްކުމަށް ކަނޑައެޅިފައިވާ ގޮތަކަށް ހިޔާގައި ދިރިއުޅެމުންދާ ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުވުން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން ކުލި ދެއްކުމުގެ ކަންކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށާއި އެހީތެރިވުމަށް 11 އޭޕްރިލް އިން ފެށިގެން ކޮންމެ ރެޔަކު 21:00ން 23:00ށް ހިޔާ ސަރަހައްދުގައި ހެލްޕް ޑެސްކެއްވެސް ބަހައްޓާނެކަމަށް ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މިގޮތަށް ނިންމިކަމުގައި ވިޔަސް މެއި 2022 އިން ފެށިގެން ކޮންމެ މަހެއްގެވެސް ޖޫރިމަނާއަކާއި ނުލާ ކުލި ދެއްކުމުގެ އެންމެ ފަހު ތާރީހަކީ އެ މަހެއްގެ 10 ވަނަ ދުވަސް ކަމަށެވެ.

ހިޔާ ފްލެޓްގެ ކުލި ނަގަން ފެށުމުން އެހެން ފަހަރުތަކާއި އަޅާބަލާއިރު ބޮޑު ޝަކުވާއެއް ނާންނަ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމަގައި ވާހަކަފުޅުދައްކަވަމުން ސުހައިލް ވިދާޅުވީ، ދެފަހަރެއްގެ މަތިން ކުލި ނެގުން ފަސްކުރުމަށްފަހު މި މަހުގެ 1 ވަނަ ދުވަހު ކުލި ނަގަން ފެށުމުން އެހެން ފަހަރުތަކާއި އަޅާބަލާފައި ބޮޑު ޝަކުވާއެއް ނާންނަ ކަމަށެވެ. އެހެންނަމަވެސް އެޗްޑީސީއަށް ޕެޓިޝަނެއް ހުށައަޅާފައިވާ ކަމަށާއި، އެއަށް ޖަވާބު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ކުލި ނެގުން ދެފަހަރެއްގެ މަތިން ފަސްކޮށްފައިވާއިރު، މިހާރު ކަނޑައަޅާފައިވާ އަގަކީ އެތަނުން ކުލީގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ އަދަދު ކަމަށް ސަރުކާރުންވެސް ވަނީ ބުނެފައެވެ. މިވާހަކަ ތަކުރާރު ކުރައްވަމުން ސުހައިލް ވިދާޅުވީ، ކުލި ނެގުން އިތުރަށް ފަސްކުރެވެން ނެތްކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ، އެތަން ހެދުމަށް ނަގާފައިވާ ލޯނު ދެއްކުން ފަސްކުރެވެން ނެތުމެވެ. ސަރުކާރުންވެސް ވަނީ ރައްޔިތުންނަށް މިކަން ވަރަށް ބޮޑަށް ތަފްސީލް ކޮށްދެއްވައި، ދެވެން އޮތް ލުއިތައް ދެއްވާފައެވެ.

ފްލެޓް އެގްރީމެންޓްގައި 6،000ށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ އެގްރީމެންޓްގައި ސޮއިކޮށް ނިިިމޭނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ، ހިޔާ ފްލެޓް ކުއްޔަށް ދިނުމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެކަން އެޗްޑީސީން ބަލައި، ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. މިހާރު ހަދަމުންދާ ސާރވޭ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮމްޕައިލްކޮށް އެ ސާރވޭގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ސުހައިލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް