ކ. މާލެ
|
9 އޭޕްރިލް 2022 | ހޮނިހިރު 14:12
އަދިނީގެ ބައެއް އާރޓްވޯރކް
އަދިނީގެ ބައެއް އާރޓްވޯރކް
ރޮއިޓާރސް
ލުއި ޚަބަރު
ލިޔެކިއުމުގައި ދަތިތައް ކުރިމަތިވާ މީހުންގެ އުނދަގޫތައް އިލޮއްޓާއި ޓޫތުޕިކުން
އޭނާ ގެންދަނީ އާދަޔާ ޚިލާފު މޮޅު އާރޓްވޯރކްތަކެއް ތައްޔާރުކޮށް އާންމުންނަށް ދައްކާލަމުން
އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ އޭނާ ތައްޔާރުކުރި 8 ފޫޓުގެ އާރޓްޕީސް
އަދިނީއަށް ޑިސްލެކްސިއާގެ ހާލަތު ކުރިމަތިވެފައިވާކަން އެނގުނީ އޭނާގެ އުމުރުން 22 އަހަރުގައި

އުމުރުން 27 އަހަރުގެ އަކިންބޭދް އަދިނީއަކީ ކުޑައިރުން ފެށިގެން ލިއެކިއުމުގެ ދަތިތައް ތަހައްމަލުކުރަމުން ދިޔަ ފަރާތެކެވެ. އެގޮތުން އޭނާއަށް ދިމާވެފައިވާ "ޑިސްލެކްސިއާ"ގެ ހާލަތުގެ ސަބަބުން ލިޔެކިއުމުގައި ދިމާވި ދަތިތައް ވެގެން ދިޔައީ އޭނާގެ ޝައުގުވެރިކަމާއި ހުނަރު އެހެން ދިމާއަކަށް ދީލާލައިގެން ދިޔަ ސަބަބަކަށެވެ.

ޑިސްލެކްސިއާއަކީ ލިޔެކިއުމާއި، ބަސްތައް ސްޕެލް ކުރުމުގައި އާދަޔާޚިލާފު ދަތިކަމެއް ކުރިމަތިކުރުވާ ނަފްސާނީ ހާލަތަށް ކިޔާ ނަމެކެވެ. މިއީ މުޅި ދުނިޔޭގެ 9 އިންސައްތައާ 12 އިންސައްތައާ ދެމެދުގެ އާބާދީއަކަށް ތަހައްމަލުކުރަން ޖެހިފައިވާ މައްސަލައެއްކަމަށްވެއެވެ.

އަދިނީއަށް ޑިސްލެކްސިއާގެ ހާލަތު ކުރިމަތިވެފައިވާކަން އެނގުނީ އޭނާގެ އުމުރުން 22 އަހަރުގައެވެ. އެހާހިސާބުން އޭނާ މި މައްސަލައާ ގުޅޭގޮތުން އިތުރަށް ދިރާސާކޮށް، ދަސްކުރަން ފެށިއެވެ. އެކަމުގެ ތެރެއިން އޭނާއަށް ދަސްވި ކަމަކީ އޭނާއަށް ކުރިމަތިވާ އުނދަގޫތައް އާރޓްގެ ޒަރިއްޔާއިން ދައްކާލުމެވެ.

ލެގޯސްގެ ޔަބާ ކޮލެޖް އޮފް ޓެކްނޮލޮޖީން ދަސްވެނިވުމަށްފަހު މިހާރު އޭނާ ގެންދަނީ އޭނާއަށް ދިމާވާ އުނދަގޫތަކުގެ މައްޗަށް ބިނާކޮށް، އާދަޔާ ޚިލާފު މޮޅު އާރޓްވޯރކް ތަކެއް ތައްޔާރުކޮށް އާންމުންނަށް ދައްކާލަމުންނެވެ.

ޢަހަރެން ބޮޑުވެގެން އައިއިރު އަހަންނަށް އުނގެނުމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނު. ޑިސްލެކްސިއާގެ ސަބަބުން ތައުލީމަށް އޭގެ އަސަރުކުރި. ވަކިން ޚާއްސަކޮށް ކިޔުމުގަ ދިމާވި ދަތިތައް ވީ ވަރަށް ބޮޑު ގޮންޖެހުމަކަށް. އެކަމަކު ބޮޑުވެގެން އައިއިރު ޑިސްލެކްސިއާއާ ބެހޭ ގޮތުން އިތުރަށް ދަސްކުރިން. އަދި މިހާރު އަހަރެންގެ އެ ހާލަތުގެ ވާހަކަ މީހުންނަށް އެނގޭނެހެން ތައުލީމީ ނަޒަރިއްޔާތަކުން މިދަނީ ކިޔައިދެމުން. އަހަރެންގެ ޑިސްލެކްސިއާއަށްވެސް އޭގެ ސަބަބުން ރަނގަޅު ބަދަލުތަކެއް ދަނީ އަންނަމުން.
އަކިންބޭދް އަދިނީ

އަދިނީގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ އޭނާ ތައްޔާރުކުރި 8 ފޫޓުގެ އާރޓްޕީސްއެވެ. އެއީ އޭނާ ސްކޫލުގެ ފަހު އަހަރުގައި ތައްޔާރުކުރި އެއްޗެކެވެ.

3 މަހުގެ ބުރަ މަސައްކަތުން އޭނާ ތައްޔާރުކުރި މި އާރޓްޕީސްއަކީ 8000އެއްހާ އިލޮށި ބޭނުންކޮށްގެން ތައްޔާރުކުރި އެއްޗެކެވެ. މިހާރު އެ މަސައްކަތް ޔަބާ އާރޓް މިއުޒިއަމުން ފެންނަން އެބަހުއްޓެވެ. އޭނާގެ އާރޓްވޯރކްތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ޓޫތުޕިކާއި އިލޮށި ފަދަ ތަކެއްޗެވެ.

އޭނާ ބުނާ ގޮތުގައި މި އާރޓްވޯރކްތަކުން ދައްކުވައިދެނީ ލިޔެކިއުމުގައި ދަތިތައް ކުރިމަތިވާ އަދި ޑިސްލެކްސިއާ ތަހައްމަލު ކުރަމުންދާ މީހުންގެ ސިކުނޑީގައި އެނބުރޭ މަންޒަރުތަކެވެ.

ޑިސްލެކްސިއާ ތަހައްމަލުކުރާ ފަރާތްތަކުންވެސް ލިޔެކިއުން ހުއްޓާލައިގެން ނުވާނެ. ގަދައަޅާ އެކަމަށް މަސައްކަތް ކުރަން ޖެހޭނެ. އެމީހުންގެ ޝުއޫރުތައް އެހެން މީހުންނަށް ބުނެދޭން ޖެހޭނެ. އަދި އެހެން މީހުންނަށް އެމީހުންގެ މަސައްކަތްތައް ދައްކާ، އެމީހުންގެ ވިސްނުންވެސް ބަދަލު ކުރެވިދާނެ.
އަކިންބޭދް އަދިނީ

އަދިނީ ބުނާ ގޮތުގައި "ޓޫތުޕިކް އާރޓް"އަކީ އޭނާ އީޖާދުކުރި ކަމެއް ނޫނެވެ. އެގޮތުން ސްޓީވަން ޖޭ ބެކްމަން ފަދަ އާރޓިސްޓުންނަކީވެސް ފާހަގަކޮށްލެވޭ މަޝްހޫރު އާރޓިސްޓުންކަން އޭނާ ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް