Advertisement
ކ. މާލެ
|
5 އޭޕްރިލް 2022 | އަންގާރަ 00:08
ކާށިދޫ
ކާށިދޫ
ސޯޝަލްމީޑިއާ
ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުން
ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށް ތަނެއް ޝޯޓްލިސްޓްކޮށްފި
މިވަގުތު ކާށިދޫގެ ރައްޔިތުންނަށް "ވަން އައިލެންޑް ވަން ރިސޯޓް"ގެ ކޮންސެޕްޓްގެ ގޮތުގައި ތަރައްގީކުރުމާއި އިންޓެގްރޭޓެޑް މޮޑިޔުލަށް ދިޔުމުގެ ފުރުސަތު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވި

ކ. ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށްޓަކައި, ރިސޯޓް ހަދާނެ ބިން ނަގާނެ 3 ތަނެއް ފާހަގަކޮށް އެތަނުން އެއް ތަން މިހާރު ޝޯޓްލިސްޓްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު, ކާށިދޫއާއި ގާފަރުގެ ފަޅުތެރޭގައި އިންޓެގްރޭޓެޑް ރިސޯޓް އަޅަން އިއުލާންކުރާނެ ތާރީޚާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އިދާރީ މަރުހަލާ ނިންމުމަށްފަހު އެރަށް ދެވޭނެކަމަށެވެ.

Advertisement

މީގެއިތުރުން މިވަގުތު ކާށިދޫގެ ރައްޔިތުންނަށް "ވަން އައިލެންޑް ވަން ރިސޯޓް"ގެ ކޮންސެޕްޓްގެ ގޮތުގައި ތަރައްގީކުރުމާއި އިންޓެގްރޭޓެޑް މޮޑިޔުލަށް ދިޔުމުގެ ފުރުސަތު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަން އައިލެންޑް ވަން ރިސޯޓުގެ މޮޑެލްގަ ނަގައިފިއްޔާ މުޅި ރަށް ސަރުކާރުގެ ރިސޯޓު ދަފުތަރަށް އަންނާނީ. އަނެއްގޮތަށް އިންޓެގްރޭޓް މޮޑެލަށް ދަންޏާ ކާށިދޫގެ އިޚުތިސާސްގެ ތެރޭގަ އޮތީމަ އެގޮތަށް ކުރިޔަށް ދިޔުމުގެ ފުރުސަތު އޮންނާނެ. ދެން ފަންޑިންގ އަޅުގަނޑުހިތުން އެއީ ވަރަށް މުހިންމު ކަމެއް.
ޑރ. އަބްދުﷲ މައުސޫމް /ޓޫރިޒަމް މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ގިނަ ރިސޯޓްތައް ނުހެދި ހުރީ ފަންޑު ނުލިބިގެންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް