ކ. މާލެ
|
2 އޭޕްރިލް 2022 | ހޮނިހިރު 23:55
ހޯމް މިނިސްޓަރ ޢިމްރާން ގައިދީންނާއެކު ރޯދަވީއްލަވަނީ
ހޯމް މިނިސްޓަރ ޢިމްރާން ގައިދީންނާއެކު ރޯދަވީއްލަވަނީ
ކަރެކްޝަންސް
ހޯމް މިނިސްޓަރ ޖަލުގައި ރޯދަވީއްލެވުން
މިނިސްޓަރ ޢިމްރާން ޤައިދީންނާއެކު ރޯދަވީއްލަވައި، ޤައިދީންގެ ހާލަތު އޮޅުންފިލުއްވައިފި
ރޯދަމަހު ޤައިދީންގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ދެނެވަޑައިގަތުމަށް ޤައިދީންނާއެކު ވަގުތުހޭދަކުރެއްވެވި
މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަން މިނިސްޓަރ ވަނީ ނިންމަވާފައި
ޤައިދީންނާއެކު ބޭއްވެވި ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރެއްވި ވަގުތުތަކަކީ އެކަންކަން ދެނެވަޑައިގަތުމަށް ބޭއްވެވި ބައްދަލުކުރެއްވުމެއް

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މާފުށީ ޖަލުގެ ބައެއް ޤައިދީންނާއެކު ރޯދަމަހުގެ ފުރަތަމަ ރޯދަވީއްލަވައި, ޤައިދީންގެ ހާލަތުން ގާތުން އޮޅުންފިލުއްވައިފިއެވެ.

މިނިސްޓަރ ޢިމްރާން ވަނީ މިއަދު މާފުށީ ޖަލަށް ވަޑައިގެން, ޤައިދީންނާ އެއް ސުފުރާއެއްގައި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެން, އެމީހުންގެ އަޑު އައްސަވާފައެވެ. މިއީ ރޯދަމަހު ޤައިދީންގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ދެނެވަޑައިގަތުމަށް ޤައިދީންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

ޤައިދީން ރަނގަޅު ބައެއްގޮތުގައި އަނބުރައި މުޖުތަމަޢަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، އެމަސައްކަތް ހުއްޓާނުލައްވައި ކުރައްވަމުން ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޤައިދީންނާއެކު ހޮނިހިރު ދުވަހު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރެއްވި ވަގުތުތަކަކީ އެކަންކަން ދެނެވަޑައިގަތުމަށް ބޭއްވެވި ބައްދަލުކުރެއްވުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރޯދަމަހުގެ ތެރޭގައި ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ޤައިދީންނާއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަން މިނިސްޓަރ ވަނީ ނިންމަވާފައެވެ. މީގެކުރިންވެސް މިނިސްޓަރ ގެންދެވީ ޖަލަށް ވަޑައިގެން ޤައިދީންނާ ބައްދަލުކުރައްވައި, ޤައިދީންގެ ހާލަތު ގާތުން އޮޅުންފިލުއްވަމުންނެވެ.

މިނިސްޓަރގެ އަރިހުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅުވެސް ޖަލުގައި ޤައިދީންނާއެކު ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގަންނަވައި, ޤައިދީންގެ އަޑު އެއްސެވިއެވެ.

- ކޮމެންޓް
3 އޭޕްރިލް 2022 | އާދީއްތަ 02:25
ފާރިހަތު ޖަލީލު
މިއީ ޚަބަރު ކްރިއޭޓްކުރަންވެގެން މިނިސްޓަރު ޖައްސާ ސްޓަންޓު. މީގެ ސަބަބުން އެއްވެސް ކަމެއް ރަގަޅުވާނެ ކަމަށް ލަފާނުކުރެވޭ