ކ. މާލެ
|
2 އޭޕްރިލް 2022 | ހޮނިހިރު 17:56
ޒަކާތް ދިނުން
ޒަކާތް ދިނުން
ޝުއައިބް މުހައްމަދު އިގްބާލް
ފިތުރު ޒަކާތް
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
ފިތުރު ޒަކާތް ބަލައިގަންނާނީ ރަމަޟާން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް
3 އޭޕްރީލްއިން ފެށިގެން މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަންނާނެ
ފިތުރު ޒަކާތް ބަލައިގަންނާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއަށްވާ ފައިސާއިން

މާލެއާއި އަތޮޅުރެެއިން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދިރާގު ޕޭ، އުރީދޫ އެމް ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް އެޕްލިކޭޝަން، ބެންކް އޮފް މޯލްޑިވްސް ވެބްސައިޓް، ފައިޕޭ އަދި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކަތް ދެއްކޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން ފަރާތްތަކާއި، އުމުރުން ދުވަސްވީ ފަރާތްތަކަށް ޚާއްސަކޮށް 3 އޭޕްރީލްއިން ފެށިގެން މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަންނަމުންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ޒަކާތް ބަލައިގަންނަމުންދާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މާލެ ސިޓީ ފިޔަވައި ރަށްރަށުން ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ. ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

އެގޮތުން އާދައިގެ ހަނޑުލުން 12 ރުފިޔާ، ތައިލެންޑު ހުދު ހަނޑުލުން 77 ރުފިޔާ، ރަތް ހަނޑުލުން 72 ރުފިޔާ، ބާސްމަތީ ހަނޑުލުން 77 ރުފިޔާ، ބާސްމަތީ ހަނޑުލުން 90 ރުފިޔާ، އެންމެ މޮޅު ބާސްމަތީ ހަނޑުލުން 132 ރުފިޔާ، އާދައިގެ ފުށުން 12 ރުފިޔާ އަދި އާޓާ ފުށުން 75 ރުފިޔާ ނެގޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެމީހަކު ބޭނުން ރަށަކަށް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސާފައެވެ. އޮންލައިން ޕްލެޓްފޯމްތަކުން ފިތުރު ޒަކާތް ދައްކާކަމުގައި ވާނަމަ، ސެންޓްރަލް އެކައުންޓަކަށް އެފައިސާ ޖަމާވެގެން މާލޭގެ ފަގީރުންނަށް އެ ފައިސާ ބެހުން ނިމުމަކަށް ވަނީ ގެނެވިފައެވެ. އެގޮތުން އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވަރަށް ބުރަ މަސައްކަތެއްކޮށް، މިފަހަރު ގެނެވުނު އެއް ބަދަލަކީ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ އެމީހަކު ފައިސާ ދައްކަން ބޭނުންވާ ރަށެއްގެ ޕޯޓަލް މެދުވެރިކޮށް ހިޔާރު ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި އެފައިސާ ރަމަޟާން މަސް ނިމޭއިރު ކައުންސިލްތަކަށް ޖަމާކުރެވޭނެއެވެ.

- ކޮމެންޓް