ކ. މާލެ
|
2 އޭޕްރިލް 2022 | ހޮނިހިރު 12:31
ހައި ކޯޓު- ހައިކޯޓުން ބުނީ، ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކުގެ އޯޑިއޯ އަދި ވީޑިއޯ ޢާއްމު ކުރަމުން ގެންދާނެކަމަށް
ހައި ކޯޓު- ހައިކޯޓުން ބުނީ، ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކުގެ އޯޑިއޯ އަދި ވީޑިއޯ ޢާއްމު ކުރަމުން ގެންދާނެކަމަށް
ރާއްޖެއެމްވީ
ހައިކޯޓުގެ ޝަރީއަތްތައް
ހައިކޯޓުންވެސް ޝަރީއަތްތަކުގެ ވީޑިއޯ އާއި އޯޑިއޯ އާންމުކުރަނީ
މީގެ ކުރިން ކްރިމިނަލް ކޯޓުންވެސް އެ ކޯޓުގެ ޔޫޓިއުބް މެދުވެރިކޮށް އަޑުއެހުންތައް ލައިވް ކޮށްފައިވޭ
އޯޑިއޯ އަދި ވީޑިއޯ ޢާއްމު ކުރަމުން ގެންދިޔުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވޭ
ސުޕްރީމް ކޯޓުން ޓްވިޓަރ ގެ އިތުރުން، ޔޫޓިއުބް މެދުވެރިކޮށްވެސް ލައިވް ކުރޭ

ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތްތަކުގެ އޯޑިއޯ އަދި ވީޑިއޯ އާންމު ކުރުމަށް އެ ކޯޓުން ނިންމައިފިއެވެ.

ހައިކޯޓުން ބުނީ، ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކުގެ އޯޑިއޯ އަދި ވީޑިއޯ ޢާއްމު ކުރަމުން ގެންދިޔުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. ވުމާއެކު، ހައިކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މިހާރު ލައިވްކޮށް ފޮނުވަމުންދާ ޝަރީއަތްތަކުގެ އިތުރުން، ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީއަތްތަކުގެ އޯޑިއޯ އަދި ވީޑިއޯވެސް ޢާއްމު ކުރަމުން ގެންދާނެކަން އެ ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ.

ހައިކޯޓުން އެގޮތަށް ނިންމާފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ގެންދަނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީއަތްތަކުގެ އޯޑިއޯ އަދި ވީޑިއޯ ޓްވިޓަރ ގެ އިތުރުން، ޔޫޓިއުބް މެދުވެރިކޮށްވެސް ލައިވް ކުރަމުންނެވެ.

ޝަރީއަތްތަކުގެ އޯޑިއޯ އަދި ވީޑިއޯ އާންމު ކުރުމަށް ނިންމާފައިވާއިރު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން ވާރޗުއަލްކޮށް ކުރިއަށްގެންދާ މަޖިލީހަކީވެސް ޝަރީއަތުގެ މަޖިލީހެއްގެ ގޮތުގައި ބެލެވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 19 ވަނަ މާއްދާއަށް ބައެއް އިތުރުކޮށް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެއް މާލަމަށްވުރެ ގިނަ މާލަން ގުޅުވާލައިގެން ބާއްވާ ކޮންމެ އަޑުއެހުމަކީ ވެސް، ފަނޑިޔާރެއްގެ ކުރިމަތީގައި ބާއްވާ ޝަރީއަތުގެ މަޖިލީހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުންވެސް އެ ކޯޓުގެ ޔޫޓިއުބް މެދުވެރިކޮށް ބައެއް ބޮޑެތި މައްސަލަތަކުގެ އަޑުއެހުންތައް ލައިވް ކޮށްފައިވެއެވެ. އަދި މިހާރު ޝަރީއަތްތައް ލައިވް ނުކުރެވެނީ ކޯޓުގެ އިންސާނީ ވަސީލަތްތައް އެގޮތަށް ނެތުމުންކަން އެ ކޯޓުން ފާހަގަ ކުރެއެވެ.

- ކޮމެންޓް