ކ. މާލެ
|
1 އޭޕްރިލް 2022 | ހުކުރު 07:20
ކަލާސް އެވޯޑް ދިނުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ނައިބް ރައީސް ވާހަކަފުޅުދައްކަވަނީ
ކަލާސް އެވޯޑް ދިނުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ނައިބް ރައީސް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ކަލާސް އެވޯޑް
ކޮންމެ ކުއްޖަކީ ޤައުމަށްޓަކައި ޚިދުމަތް ކުރެވޭ، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ މަސައްކަތެއް ދަސްކުރެވިފައިވާ ކުއްޖަކަށްވުމަށް އަޒުމުކަނޑައެޅުމަށް ނައިބް ރައީސް އެދިވަޑައިގެންފި
ދުޅަހެޔޮ ހަށިހެޔޮ ބައެއްގެ ގޮތުގައި ދަރިވަރުން ބޭތިއްބުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް

ކޮންމެ ކުއްޖަކީ ޤައުމަށްޓަކައި ޚިދުމަތް ކުރެވޭ، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ، މަސައްކަތެއް ދަސްކުރެވިފައިވާ ކުއްޖަކަށްވުމަށް އަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސްކޫލު ކުދިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އެދިވަޑައިގެންނެވީ 2019-2020 ވަނަ އަހަރުގެ ކަލާސް އެވޯޑް ދިނުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދުޅަހެޔޮ ހަށިހެޔޮ ބައެއްގެ ގޮތުގައި ދަރިވަރުން ބޭތިއްބުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައުމާއެކު މުޅިން އަލަށް ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމެއް ފަށައި، އޭގެ ސަބަބުން ދަރިވަރުންނަށް އެތައް ފައިދާތަކެއް ކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސްކޫލު ދައުރުގެ ބައެއް ހަނދާންތައް އައު ކުރައްވާ، ސްކޫލު ދައުރުގައި އެމަނިކުފާނަށް ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެ، އެތައް ފައިދާތަކެއް ލިބިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކޫލް ކުދިންނަކީ ހެލިފެލިވެ އުޅޭ އަދި ކަސްރަތު ކުރާ ބަޔަކަށްވާންޖޭކަން ފާހަގަކުރައްވައި އެކަމުގެ ހުރި ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 2019-2020 ވަނަ އަހަރުގެ ކަލާސް އެވޯޑް ޙާސިލްކުރި ދަރިވަރުންނަށް ޓްރޮފީއާއި ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

ކަލާސް އެވޯޑަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން ކުޅިވަރުގެ ދާއިރާއިން ހޯދާ ކާމިޔާބީގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދޭ އެވޯޑެކެވެ.

- ކޮމެންޓް