މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑްކަޕްގެ ޖާގައެއް މެކްސިކޯއާއި އެމެރިކާއިން ކަށަވަރުކޮށްފިއެވެ. މެކްސިކޯ ވޯލްޑްކަޕްގެ ޖާގަ ޔަޤީންކުރީ އުތުރު އެމެރިކާ ކޮލިފައިންގ ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ. އެމެރިކާއަށް ޖާގަ ޔަޤީންވީ ތިންވަނަ ޓީމްގެ ގޮތުގައެވެ.
މެކްސިކޯ ދެވަނަ ޔަޤީންކުރީ 2-0 ން އެލް ސަލްވަޑޯ ބަލިކޮށްގެންނެވެ, ކޮލިފައިންގ ފަހު މެޗުގައި ހޯދި މޮޅާއެކު މެކްސިކޯއިން ވަނީ 28 ޕޮއިންޓް ހޯދާފައެވެ. 36 އަހަރަށްފަހު ވޯލްޑްކަޕުން ޖާގަ ހޯދި ކެނެޑާ އަށްވެސް ލިބުނީ 28 ޕޮއިންޓެވެ. އެކަމަކު ގޯލްގެ ތަފާތުން ކުރި ލިބެނީ ކެނަޑާއަށެވެ. މެކްސިކޯއަށް ފަހު މެޗުގައި ލަނޑު ޖަހައިދިނީ ކާލޯސް އަންޓުނާއާއި, ވުލްވްސްއަށް ކުޅެމުން އަންނަ ރައުލް ހިމެނޭޒްއެވެ. ރައުލް ހިމެނޭޒް ލަނޑު ޖެހީ ޕެނަލްޓީއަކުންނެެވެ. ކޮލިފައިންގ ފަހު މެޗުގައި ކެނަޑާ ވަނީ ޕެނަމާ އަތުން 1-0 ން ބަލިވެފައެވެ. އެކަމަކު މެޗަށް ނިކުތް އިންއިރުވެސް ކެނަޑާއަށް ވަނީ ވޯލްޑްކަޕްގެ ޖާގަ ޔަޤީންވެފައެވެ.
އެމެރިކާއަށް ޖާގަ ޔަޤީންވީ ހަނިގޮތަކަށެވެ. އެމެރިކާ ފަހު މެޗުގައި ކޮސްޓަރިކާ އަތުން 2-0 ން ބަލިވި ނަމަވެސް, ވޯލްޑްކަޕްގެ ޖާގަ ޔަޤިންވީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ. މެޗަށް ނިކުތް އިރު ކޮސްޓަރިކާއަށް އޮތް ގޮތަކީ 6 ލަނޑުގެ ތަފާތުން މޮޅުވުމެވެ. ކޮސްޓަރިކާއާއި އެމެރިކާއަށްވެސް ލިބިފައިވަނީ 25 ޕޮއިންޓެވެ. 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޮލްޑްކަޕަށް އެމެރިކާ ކޮލިފައި ވެފައެއް ނުވެއެވެ. ހަތަރު ވަނަ ޓީމްގެ ގޮތުގައި ކޮސްޓަރިކާއަށް ދެން ޖެހޭނީ ޕްލޭއޮފްގައި ނިއުޒީލެންޑާ ވާދަކުރާށެވެ. ޕްލޭއޮފް ކުޅޭނީ ޖޫން މަހުއެވެ. ވޯލްޑްކަޕް ފަށާނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ވޯލްޑްކަޕްގެ ގުރުއަތުލުން ހުކުރު ދުވަހު ޤަތަރުގެ ވެރިރަށް ދޯހާގައި އޮންނާނެއެވެ.