ކ. މާލެ
|
31 މާރޗް 2022 | ބުރާސްފަތި 09:20
ޖަޕާން ޗެރީ ބްލޮސޮމްއިން ފުރިފައި
ޖަޕާން ޗެރީ ބްލޮސޮމްއިން ފުރިފައި
ރޮއިޓާރސް
ސަކޫރާ މޫސުން
ޖަޕާނުގެ އެކި ސަރަހައްދުތައް ޗެރީ ބްލޮސޮމްއިން ފުރިފައި
 
މިއީ ދެ ހަފްތާއަށް ދެމިގެންދާ މޫސުމެއް
 
ޖަޕާނު މީހުން ގެންދަނީ އެ ސަރަހައްދަށް ގޮސް ފޮޓޯ ނަގައި އެކި ކަންކަން ކުރަމުން
 
ޖަޕާނަކީ މި މޫސުމީ މަލުން ޚާއްސަވެފައި އޮންނަ ގައުމެއް

ގިނަ މޫސުންތަކެއް އަންނަ ގައުމުތަކުގައި އެއް މޫސުމުން އަނެއް މޫސުމަށް ބަދަލުވާއިރު، އިންސާނުންގެ ލޯތައް އަޖައިބުކޮށްލާ ފަދަ އެތައް ކަމެއް ފެނެއެވެ. މިގޮތުން ސްޕްރިންގާއި ދިމާކޮށް ވަރަށް ޚާއްސަ ރީތިކަމެއް ލިބިގެންވާ މަލެއް ފެނެއެވެ. އެއީ ޗެރީ ބްލޮސޮމްގެ ނަމުން ނަން ދީފައިވާ މަލެކެވެ. މިގޮތުން ސްޕްރިންގ މޫސުމުގައި ޗެރީ ބްލޮސޮމްއިން އެންމެ ބޮޑަށް ފުރާލާ ގައުމަކީ ޖަޕާނެވެ. ޖަޕާނަކީ މިކަމަށް މަޝްހޫރު ގައުމެކެވެ. އަދި މިއީ ޖަޕާނުގެ ރައްޔިތުންނަށް ވަރަށް ޚާއްސަ މަލެއްވެސް މެއެވެ.

މިިހާރު އެގައުމަށް މިވަނީ މި މޫސުން އައިސްފައެވެ. ޖަޕާނުގެ އެކި ސަރަހައްދުތައް މި މަލުން ފުރާލާފައިވާއިރު ވަކިން ޚާއްސަކޮށް ޖަޕާނުގެ މައި ސިޓީ ކަމުގައިވާ ޓޯކްޔޯ ވަނީ މި މަލުން ފުރާލާފައެވެ. މި ގަސްތަށް ދަށުގައި ފޮޓޯ ނެގުމާއި، މި ހިތްގައިމު މާހައުލުގައި ހިނގާލާ ހެދުމަކީ އެގައުމުގެ ރައްޔިތުން މި މޫސުމުގައި އާދަކޮށް ކުރާ ކަމެކެވެ. ކޮވިޑް-19 އާއި ގުޅިގެން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އެގައުމުގެ ގިނަ ސަރަހައްދުތަކުގައި މިހާރު ވަނީ އުވާލާފައެވެ. އެހެންކަމުން އެމީހުންނަށް ބޭރަށް ނިކުމެ އުޅުމުގައި އެއްވެސް ދައްޗެއް ނެތެވެ. އުނދަގޫ ވަގުތަކަށް ފަހު އެގައުމުގެ ރައްޔިތުންނަށް މިވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައެވެ.

ޖަޕާން ޗެރީ ބްލޮސޮމްއިން ފުރިފައި - ރޮއިޓާރސް

ޖަޕާނުގައި ޗެރީ ބްލޮސޮމްއަށް ކިޔައި އުޅެނީ "ސަކޫރާ" އެވެ. އެގައުމަށް މި މޫސުން އައީ މާޗް 27 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މިއީ އުމުރު ކުރު މަލެކެވެ. މި މާ ފޮޅޭތާ 2 ހަފްތާ ފަހުން އެ މާތައް މޯޅިވެއެވެ. މި މޫސުމުގައި ޗެރީ ބްލޮސޮމް ބަލާލުމަކީ އަހަރުތަކަކަށް ދެމިގެންގޮސްފައިވާ ސަގާފަތެކެވެ. މި ސަގާފަތަށް އެމީހުން ވަނީ ނަމެއްވެސް ދީފައެވެ. މި ސަގާފަތަށް ނަން ދީފައިވަނީ "ހަނާމީ"ގެ ނަމުންނެވެ. އޭގެ މާނައަކީ ރަނގަޅަށް ފޮޅިފައިވާ މި މާތައް ބެލުމެވެ. މިއީ އެންމެން އެކުވެ، ގުޅުން ބަދަހިކޮށްލައި އައު ރައްޓެހިން ހޯދާލުމަށް އެމީހުންނަށް ލިބޭ ފުރުސަތެކެވެ. އަދި ރޭގަނޑު ވަގުތުގައި މިތަން ބަލާލުމުގެ ސަގާފަތަށް ޖަޕާނުން ދީފައިވާ ނަމަކީ "ޔޮޒަކޫރާ"އެވެ. ރޭގަނޑު ވަގުތުވެސް އެތަން ބަލާލަން ވަރަށް ހިތްގައިމެވެ.

މިގޮތުން މި މޫސުމުގައި އެ ގައުމުގެ ރައްޔިތުން ވަނީ މި ގަސްތަށް ދަށުގައި އާއިލާއާއެކު ޕިކްނިކް ހަދާލުމާއި، ރައްޓެހިންނާއި، އެކުގައި މަސައްކަތްކުރާ މީހުންނާއެކު އެ ގަސްތައް ދަށުގައި ޗެރީ ބްލޮސޮމްގަ ޕާޓީތައް ބޭއްވުމާއި، ލޯބިވެރިންނާއެކު ވަގުތު ހޭދަކޮށްލުން ފަދަ ކަންކަން މީގެ ކުރިން ކޮށްފައެވެ. އެހެންނަމަވެސް އެގައުމުގައި އަދިވެސް ކޮވިޑް-19ގެ ހާލަތު ދެމިއޮތުމާއެކު އެގައުމުގެ ސަރުކާރުން ވަނީ މި ސަރަހައްދުތަކުގައި ކައިބޮއެ ހެދުން ފަދަ ކަންކަން މަނާކޮށްފައެވެ. އަދި މިގޮތަށް މީހުން އެއްވެ އުޅޭއިރު މާސްކު އެޅުން ފަދަ ކަންކަން އަދިވެސް ކުރަން ޖެހެއެވެ.

ޖަޕާން ޗެރީ ބްލޮސޮމްއިން ފުރިފައި - ރޮއިޓާރސް

ރޮއިޓަރސްއާ ވާހަކަދެއްކި ޖަޕާނުގެ ރައްޔިތެއް ކަމަށްވާ އަކޭމީ ޝިމީޒޫ ބުނިގޮތުގައި އަހަރުގެ މިދުވަސްކޮޅު ޗެރީ ބްލޮސޮމް ބަލާލުމުގެ ފުރުސަތު ލިބުނު ކަމީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެއް ކަމަށެވެ. މިހާރު ރަޝިޔައާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ވާހަކަތައް އިވުމުން ވަރަށް ދެރަވާ ކަމަށާއި، އަދި ކޮވިޑް-19ގެ ހާލަތާއެކު ހޭދަކޮށްފައިވާ އުނދަގޫ ދުވަސްތަކަށް ފަހު މިފަދަ ހިތްގަމު މަންޒަރެއް ފެނުމަކީ ނިއުމަތެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ޖަޕާނުގެ ޓީވީތަކުންވެސް ގެންދަނީ މި މަންޒަރު ވަގުތުން މުޅި ގައުމަށް ދައްކާލަމުންނެވެ. މިއީ ބަލާލަން ވަރަށް ހިތްގައިމު މަންޒަރެކެވެ. މި މަންޒަރު ބަލާލުމަށް ޖަޕާނުގެ ރައްޔިތުންގެ އިތުރުން އެހެން ގައުމުތަކުގެ މީހުންވެސް އެގައުމަށް ދެއެވެ. ޖަޕާނުގެ މި ޚާއްސަކަމަކީ މުޅި ދުނިޔެއިންވެސް ތަޖުރިބާކޮށްލަން ބޭނުންވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
33%
0%
33%
0%
0%
ކޮމެންޓް