ކ. މާލެ
|
5 އޭޕްރިލް 2024 | ހުކުރު 14:37
މެނީލާގެ ފަގީރު ޑިސްޓްރިކްޓެއްގެ ކުޑަކުދިންނަށް އެކްޝަން އިން ޕްރޮގްރާމް ހިންގަނީ
މެނީލާގެ ފަގީރު ޑިސްޓްރިކްޓެއްގެ ކުޑަކުދިންނަށް އެކްޝަން އިން ޕްރޮގްރާމް ހިންގަނީ
ކޯނި
ފިލިޕީންސްގެ ކުޑަކުދިން އަނބުރާ މުޖުތަމަޢުއަށް
ފިލިޕީންސްގައި ހަވާސާ ވެފައިތިބި ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ޖަޕާނުގެ އެންޕީއޯއަކުން އެހީވަނީ
އެކިއެކި ސަބަތުތަކާހުރި މުޖުތަމަޢުއިން އެކަހެރިވެ ހަވާސާވެފައިތި އެތައްހާސް ކުޑަކުދިން ފިލިޕީންސްގައި އެބަތިބި

މީގެ ތިން އަހަރު ކުރިން ޖަޕާނުގެ މީހަކު އުފެއްދި އެންޕީއޯ އަކުން ނުވަތަ ނޮންޕްރޮފިޓް އޯގަނައިޒޭޝަނަކުން ފިލިޕީންސްގެ ކުޑަކުދިންގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ މުޖުތަމަޢުއިން އެކަހެރިވެ ހާވާސާ ވެފައިވާ ކުދިންގެ ކުރިއެރުމަށް ނުހަނު ހެޔޮ އަސަރު ކުރަމުން އަންނައިރު، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކައި އެ ކުދިންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި އަމިއްލަ ނަފްސަށް ހޭލުންތެރިކަން ދަސްކޮށްދީ، ތަރުބިއްޔަތު ކުރުމަށް އެޖަމިއްޔާއިން މަގުފަހިކުރުވައެވެ.

އެކްޝަން (އަ ޗައިލްޑްސް ޓްރަސްޓް އިޒް އަވާސް ޓު ނަރޗަރ) ގެ ނަމުން ނަންދީފައިވާ އެންޕީއޯއަކީ 1994 ވަނަ އަހަރު އުފެއްދި އަދި މިއަދުވެސް އެޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ ހާޖިމޭ ޔޯކޯޓާ، 48، ގެ ވިސްނުމެކެވެ.

އެޖަމިއްޔާއިން ހިންގާ "އިންޓަވެންޝަންސް" ގެ ނަމުން ނަން ދީފައިވާ މި ޕްރޮޖެކްޓްތަކަކީ ރެސިޑެންޝަލް ކެއާ ފެސިލިޓީތަކާއި ފަގީރު މުޖުތަމައުތަކުގައި މައްސަލަ ޖެހިފައިވާ ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓްތަކެކެވެ.

އަމާޒަކީ ދިރިއުޅުމުގެ ހުނަރުތައް ކުދިންނަށް ދަސްކޮށްދީ، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ އެކު އެކުދިންނަށް ހެޔޮ ގޮތުގައި ކުރިމަތިލެވޭނެ ގޮތް ހެދުން
ޔޮކޯޓާ

ޖެނުއަރީ މަހުގެ ފަހުކޮޅު، މި އެންޕީއޯއިން ވަނީ މެނީލާގެ ފަގީރު އާބަން ކޮމިއުނިޓީއެއްގައި ދިރިއުޅޭ ކުޑަކުދިންނާއި ޒުވާނުންނަށް ލައިފް ސްކިލްސް އިންޓަވެންޝަން ނުވަތަ އެލްއެސްއައިއާ ގުޅޭ ޕްރޮގްރާމެއް ކާމިޔާބު ކަމާއެކު ހިންގާފައެވެ. ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެޖަމިއްޔާއިން ގެންގުޅޭ ގޮތްތަކުގެ އަގު ފިލިޕީންސްގެ ރައްޔިތުން ވަޒަންކުރާތީ އެޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރެސިޑެންޝަލް ކެއާ ފެސިލިޓީތަކުގައި ތިބޭ ކުދިންނަށް އެލްއެސްއައިގެ ސަބަބުން އެކުދިންގެ އާއިލާތަކާއި މުޖުތަމައުތަކަށް ކާމިޔާބުކަމާ އެކު ރީއިންޓަގްރޭޝަނަށް މަގުފަހިވެގެންދާނެ
ޔޮކޯޓާ

އެކްޝަންގެ ޕްރޮޖެކްޓް އޮފިސަރު ޕިއާ ސިލްވާ-ލާނާ ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންގެ ފަރާތުން ލިބުނު ރަނގަޅު ފީޑްބެކް އަޑުއިވުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ.

ކުދިންގެ އިހުސާސްތައް މެނޭޖްކުރުމަށް އެހީތެރިވުމުގެ އިތުރުން، އެކުދިންގެ ޝައުގުވެރިކަމާއި ހުނަރުތައް ދެނެގަނެ، ހިއްސާކުރުމަށާއި، އަމިއްލަ ނަފްސަށް ހޭލުންތެރިކަން އިތުރުކޮށް، އެކުދިންގެ އިތުބާރު އިތުރުކުރުމަށް ޓަކައި މުވާސަލާތީ ހުނަރުތައް އެހެން މީހުންނާ އެކު ރަނގަޅު ކުރުމަށް މަގުފަހިކޮށްދޭ ހަރަކާތްތައް އެންޕީއޯގެ ސްޓާފުން ތައާރަފްކުރެއެވެ.

އެންޕީއޯއިން ވަނީ 5-8، 9-12، 13-16 އަދި 17-18 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް އަމާޒުކޮށްގެން ހަތަރު އެލްއެސްއައި މޮޑިއުލް ތައްޔާރުކޮށްފައެވެ. މެޓްރޯ މެނީލާގެ 16 ކޮމިއުނިޓީއަކުން މި ޕްރޮގްރާމްތައް އެޑޮޕްޓްކޮށްފައިވާއިރު، މި ޕްރޮގްރާމްތަކަކީ އިންޓަރ އެޖެންސީ ޖުވެނައިލް ޖަސްޓިސް އެންޑް ވެލްފެއަރ ކައުންސިލުން އެންޑޯޒްކޮށްފައިވާ ޕްރޮގްރާމްތަކެކެވެ.

އަދި ކުރިއަށް އޮތްތަނުގައި ޖަޕާނުގައި ފުޅާ ދާއިރާއެއްގައި މި ޕްރޮގްރާމް ހިންގުމުގެ މަގުސަދުގައި ޓޯކިޔޯގެ ކުޑަކުދިން ބަލަހައްޓާ ފެސިލިޓީގެ މުވައްޒަފުންނަށް މި ޕްރޮގްރާމްގެ ޖަޕާނު ވާޝަނެއް މިދިޔަ ފެބްރުއަރީ މަހު ތައާރަފްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރިހެބިލިޓޭޝަން ރެސިޑެންޝަލް ކެއާ ފެސިލިޓީތަކުގައި ކުޑަކުދިން ބަލަހައްޓާ މީހުން ތަމްރީނުކޮށް، ހައުސްޕޭރެންޓުންނަކީ އިޖުތިމާއީ މަސައްކަތްތެރިން ވަރަށް ބޮޑަށް އެދޭ ވަޒީފާއަކަށް ހެދުމަށް ވެސް އެކްޝަން އިން ވަނީ އިސްނަގައިފައެވެ. ފިލިޕިންސްގެ އިޖުތިމާއީ މަސައްކަތްތެރިންނާއި ގޭގައި ތިބޭ މީހުންނަކީ ކުޑަކުދިންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ލިބިފައިވާ ބައަކަށް ނުވާއިރު އޭގެ ތެރެއިން ގިނަ މީހުން ނަކީ ގާނޫނާ ހިލާފު ކުށްތަކަށް އަރައިގެންފައިވާ މީހުންނެވެ.

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ އެހީތެރިކަމާއެކު ފިލިޕީންސް ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ސޯޝަލް ވެލްފެއާ އެންޑް ޑިވެލޮޕްމަންޓުން ވަނީ 2019 ވަނަ އަހަރު ތަމްރީނު ޕްރޮގްރާމެއްގެ ގޮތުގައި ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ތަންފީޒުކޮށްފައެވެ.

ހައުސްޕޭރެންޓިން ޕްރޮގްރާމާ ބެހޭ ގޮތުން ޔޮކޯޓާ ވިދާޅުވީ، ކުޑަކުދިން ބެލެހެއްޓުމާއި، ރަނގަޅުކުރުމާއި ކިޔަވައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް މުވައްޒަފުން ތަމްރީނު ކުރެވިފައިވާކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިޕްރޮގްރާމްތަކުގެ ތެރެއިން ކަރާޓޭ، ޑާންސް، ހެއާސްޓައިލިން އަދި މަސާޖް ތެރަޕީ ފަދަ އެހެނިހެން ޕްރޮގްރާމްތައް މެދުވެރިކޮށް ކުދިން އޮކިއުޕޭޝަނަލް ހުނަރުތައް ދަސްކުރަނީ އެކުދިން ބޮޑެތިވާން ފެށުމުން އެކުދިންނަށް ފައިދާ ކުރާނެ ގޮތަށެވެ.

ފަގީރު މުޖުތަމައުތަކާއި ރިހެބިލިޓޭޝަން ފެސިލިޓީތަކުގައި ފިލިޕީންސްގެ ކުޑަކުދިންގެ ހައްގުގައި ޔޮކޯޓާ ގެ ބައިވެރިވުން އުފެދުނީ އުމުރުން 17 އަހަރުގައި 1994 ވަނަ އަހަރު މެނީލާގެ އުތުރުގައި އޮންނަ ޒަމްބަލްސް ޕްރޮވިންސަށް ކުރެއްވި ދަތުރުފުޅަށް ފަހު ކޭމްޕްތަކުގައި އިދާރީ ގޮތުން ކުރެއްވި މަސައްކަތުންނެވެ.

އޭރު ވެސް އެ ސަރަހައްދަކީ 1991 ވަނަ އަހަރު މައުންޓް ޕިނަޓޫބޯ ގޮވުމުގެ އަސަރުތަކުން ފުރިފައިވާ ސަރަހައްދަކަށް ވާއިރު، ޔޮކޯޓާއަށް ފެނުނީ އޭނާ ޒިޔާރަތްކުރި ޔަތީމު ޚާނާއެއްގެ އިތުރުން އާއިލާތަކާއި މުޖުތަމައުތައް، ހާއްސަކޮށް ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ ބޭނުމެވެ.

ޔޮކޯޓާގެ އެހީތެރިކަމަށް އޮތް ޝައުގުވެރިކަމުގެ ސަބަބުން އެ އަހަރު ޓޯކިޔޯގައި އެކްޝަން އުފައްދައި، އެ ސަރަހައްދުގެ ރެސިޑެންޝަލް ކެއާ ފެސިލިޓީތަކާއި މުޖުތަމައުތައް ރަނގަޅު ކުރުމަށް އެހީތެރިވުމަށް ޖަޕާނުގެ ޒުވާނުން މޮބިލައިޒް ކޮށްލެވުނެވެ. އެންޕީއޯގެ ހަރަކާތްތައް އެންމެ ފުރަތަމަ އަމާޒުކުރީ ޒަމްބަލްސްގައި ނަމަވެސް ފަހުން ވަނީ މެޓްރޯ މެނީލާގެ ބައެއް ސަރަހައްދުތައް ކަވަރު ކުރުމަށް ފުޅާކޮށްފައެވެ.

މިއަދު އެކްޝަން އިން ބުނީ އެ ޖަމިއްޔާގެ އަމާޒަކީ ކުޑަކުދިންގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކޮށް، އެކުދިންގެ ގާބިލުކަން އެންމެ ފުރިހަމަ އަށް އިތުރުކުރުން ކަމަށާއި، އެކަން ކުރުމަށް މަސައްކަތް ކުރަނީ ސީދާ ކުޑަކުދިންނަށާއި ރެސިޑެންޝަލް ކެއާ ފެސިލިޓީތަކާއި މުޖުތަމައުތަކުގައި ކުދިން ބަލަހައްޓާ މީހުންނަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފިލިޕީންސްގެ ބޭރުގެ ސަޕޯޓް އެޖެންސީއެއްގެ ގޮތުގައި އެންޕީއޯ އިން ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް ޖަޕާނުގެ ސޯޝަލް ވެލްފެއާ ޑިޕާޓްމަންޓުން ވަނީ އެ ކުންފުނީގެ އަގު ވަޒަންކޮށްފައެވެ.

އަޅުގަނޑު އެދެނީ ރެސިޑެންޝަލް ކެއާ ފެސިލިޓީތަކާއި ޔޫތު ރިހެބިލިޓޭޝަން ފެސިލިޓީތަކުގައި ތިބޭ ކުދިންގެ ސޭފްޓީ ނެޓެއްގެ ގޮތުގައި ބަލައިގަނެވޭނެ ޖަމިއްޔާއަކަށް ވާން
ޔޮކޯޓާ

ޔޮކޯޓާ އިތުރަށް ވިދާޅުވީ ކުޑަކުދިންގެ ދިރިއުޅުމުގައި ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ، އޭނާ އެދެނީ ފަގީރުކަމުން ސަލާމަތްވެވޭނެ ގޮތެއްގެ ގޮތުގައި އެކްޝަން ޚިޔާރު ކުރެއްވުމަށް ކަމަށެވެ. އަދި އެމީހުންނަށް (އެކުދިންނަށް) ޚިޔާނާތްތެރި ނުވާނެ ބޮޑެތި މީހުން އެބަތިބިކަން އެމީހުންނަށް އިހުސާސްކޮށްދޭން އެކްޝަންގެ އިން ބޭނުންވާކަމަށް ޔޮކޯޓާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް