Advertisement
ކ. މާލެ
|
30 މާރޗް 2022 | ބުދަ 06:30
 މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ
ޕޮލިސް
ފުލުހުންގެ އަހަރީ ދުވަސް
ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކަމަކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމަކާއި ކުރިއެރުން: މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ގައުމީ މުއައްސަސާއެއް ކަމުގައި
ފުލުހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކާއި ބަލިކަށިކަމަކީ ގައުމަށް ލިބޭ ނިކަމެތި ކަމެއް

ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކަމަކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމަކާއި ކުރިއެރުމެއް ކަމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ގައުމީ މުއައްސަސާއެއް ކަމުގައެވެ. އަދި ފުލުހުންނަށް ގާއިމު ކޮށްދެވޭ ކޮންމެ ވަސީލަތަކާއި ލިއްބައިދޭ ކޮންމެ ހުނަރަކާއި ކޮންމެ ގާބިލުކަމަކީ ގައުމަށް އިތުރު ކުރެވޭ ވަސީލަތަކާއި ލިއްބައިދޭ ގާބިލު ކަމަކާއި ހުނަރެއް ކަމުގައެވެ. އަދި ހަމައެގޮތަށް ފުލުހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކާއި ބަލިކަށިކަމަކީ ގައުމަށް ލިބޭ ނިކަމެތި ކަމެއްކަމުގައެވެ.

Advertisement

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ މުދަލާއި ފުރާނަ ހިމާޔަތްކޮށް މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ދާހިލިއްޔާއާއި މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއަކާއި ޒިންމާއެއް އަދާކުރަން ޖެހެނީ ދިވެހި ފުލުހުންގެ ހިދުމަތްކަމަށެވެ.

އަދި އަތޮޅު ތެރޭގައި ފުލުހުން ހިދުމަތް ދިނުމުގެ ފުރިހަމަ ނިޒާމެއް އެކަށައަޅާފައިވާކަމަށާއި ފުލުހުން ޖަވާބު ދާރީވުމަށް ޒިންމާކުރާނެ ރަނގަޅު ފަރާތްތަކެއް އެކުލަވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވެހޭހާ ވާރެއެއްގައި ދޭހާ އަތްވެއްގައި ގަދަ ކަނޑުގައި ފުލުހުން އުފުލާ ތަކުލީފުތަކަށްޓަކައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޝުކުރުއަދާކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް