ކ. މާލެ
|
29 މާރޗް 2022 | އަންގާރަ 18:35
ދިވެހި ސަރުކާރާ ޔޫ.އޭ.އީ ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ނައިބުރައީސް (ކ) އާއި އަދި ޔޫއޭއީގެ މިނިސްޓަރ އޮފް ކެބިނެޓް އެފެއަރޒް ސޮއިކުރައްވަނީ
ދިވެހި ސަރުކާރާ ޔޫ.އޭ.އީ ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ނައިބުރައީސް (ކ) އާއި އަދި ޔޫއޭއީގެ މިނިސްޓަރ އޮފް ކެބިނެޓް އެފެއަރޒް ސޮއިކުރައްވަނީ
ރައީސް އޮފީސް
ވަރލްޑް ގަވަރމަންޓް ސަމިޓް
ދިވެހި ސަރުކާރާ ޔޫ.އޭ.އީ ސަރުކާރާ ދެމެދު މުހިންމު އެއްބަސްމެއްގައި ސޮއިކޮށްފި
ސޮއިކުރެވުނު އެއްބަސްވުމަކީ ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަރނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެއް

ދިވެހި ސަރުކާރާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ސަރުކާރާ ދެމެދު ދޭދޭ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާފަދަ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ ވަރލްޑް ގަވަރމަންޓް ސަމިޓް 2022ގެ ހަވާސާގައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ ވަރލްޑް ގަވަރންމަންޓް ސަމިޓްގެ 8 ވަނަ އެޑިޝަން ބާއްވާފައިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ސީދާ އިރުޝާދުގެ ދަށުންނެވެ.

ވަރލްޑް ގަވަރންމަންޓް ސަމިޓް 2022ގައި ޕެންޑެމިކަށްފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެގޮތް ވަޒަންކޮށް، ޕެންޑަމިކްގެ ފަހުގެ ޒަމާނެއްގެ މުސްތަގުބަލް ތަސައްވުރުކުރާނެއެވެ. އެކި ގައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބުއުސް ފަރާތްތަކާއި ކަންކަމުގައި ގޮތްނިންމާ ފަރާތްތައް މި ސަމިޓްގައި ބައިވެރިވެވަޑައިގެން ޚިޔާލުބަދަލުކުރައްވައި، ތަރައްގީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް މަގުފަހިކުރައްވާނެއެވެ.

މިއަދު ދިވެހި ސަރުކާރާ ޔޫ.އޭ.އީ ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމަކީ ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އަދި ޔޫ.އޭ.އީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ކެބިނެޓް އެފެއާޒް މުހައްމަދު އަލް ގެރާވީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީއަށް ވަޑައިގެން އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައެވެ.

- ކޮމެންޓް