ކ. މާލެ
|
28 މާރޗް 2022 | ހޯމަ 21:29
ސްޓީވް ޖޮބްސް ސޮއިކޮށްފައިހުރި ބައެއް ތަކެތި
ސްޓީވް ޖޮބްސް ސޮއިކޮށްފައިހުރި ބައެއް ތަކެތި
ރޮއިޓާސް
ސްޓީވް ޖޮބްސް
ސްޓީވް ޖޮބްސް ސޮއިކޮށްފައިހުރި ބައެއް ތަކެތި ނީލަމަށް
އެޕަލް އުފެދިގެން އައިއިރުގެ ބައެއް ސާމާނުތައް ހިމެނޭ
ވީޑިއޯ ގޭމިންގއާގުޅޭ ތަކެތި ހިމެނޭ
އެޕަލްގެ ފައުންޑަރުން ސޮއިކޮށްފައިވާ ބިޒްނަސް ޗެކެއް ހިމެނޭ

ދުނިޔޭގައި ނަން މަޝްހޫރު އެއް ބްރޭންޑް ކަމުގައިވާ އެޕަލް ކުންފުނީގެ ޒަމާންވީ ބައެއް ތަކެތި ނީލަމަށްލައިފިއެވެ.

އޭގެ ތެރޭގައި އެޕަލް އުފެދިގެން އައިއިރުގެ ބައެއް ސާމާނުތަކާއި، ކޮމްޕިއުޓަރ އަދި ވީޑިއޯ ގޭމިންގއާގުޅޭ ތަކެތި ހިމެނެއެވެ. މި ނީލަން އިންތިޒާމުކުރަނީ "އާރްއާރް އޮކްޝަންސް"އިންނެވެ.

މި ނީލަމުގެ އެންމެ އަގުހުރި ސާމާނުތަކުގެ ތެރޭގައި އެޕަލްގެ ފައުންޑަރުން ކަމަށްވާ ސްޓީވް ޖޮބްސްއާއި، ސްޓީވް ވޮޒްނިއަކް ސޮއިކޮށްފައިވާ ބިޒްނަސް ޗެކެއް ހިމެނެއެވެ. ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން މިއީ 1976 ވަނަ އަހަރު ސޮއި ކޮށްފައިވާ ޗެކެކެވެ.

އާރް އާރް އޮކްޝަންސްގެ ވައިސް ޕްރެސިޑެންޓް ބޮބީ ލިވިންގްސްޓަން ބުނާ ގޮތުގައި އެ ޗެކަކީ އެޕަލް 1 ކޮމްޕިއުޓަރުގެ ބައިތަކަށް ފައިސާ ދެއްކުމާގުޅޭ ޗެކެކެވެ. އޭރު އެޕަލްގެ މާބޮޑު އިންވެސްޓަރުންނެއްވެސް ނުތިބެއެވެ. 3430 ޑޮލަރުގެ މި ޗެކަކީ, އޭރު 1000 ޑޮލަރުން މަތީގެ ކޮންމެ ޕޭމަންޓަކަށް ކުންފުނީގެ ދެ ފައުންޑަރުންވެސް އެއްބަސްވާންޖެހޭ އުސޫލެއް އޮންނާތީ, އެ އުސޫލުގެ އެއް ހެކިކަމަށް ބޮބީ ލިވިންގްސްޓަން ބުނެއެވެ.

ސްޓީވަން ލެވީއާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ސްޓީވްއަކީ އޮޓޯގްރާފް ދޭ އުސޫލުން އެހާ ސޮއިކުރާހިތްވާ މީހެއްވެސް ނޫނެވެ. ވުމާއެކު އޭނާގެ ސޮއި ހުރި ތަކެތި ނިސްބަތުންވެސް މަދެވެ.

- ކޮމެންޓް