ކ. މާލެ
|
27 މާރޗް 2022 | އާދީއްތަ 13:19
ރައީސް ޔާމީނު ޕީޕީއެމްގެ ޙަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ- ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު މުޒާހަރާކުރުން މަނާކޮށްފައި ނުވާނެކަމަށް
ރައީސް ޔާމީނު ޕީޕީއެމްގެ ޙަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ- ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު މުޒާހަރާކުރުން މަނާކޮށްފައި ނުވާނެކަމަށް
ރާއްޖެއެމްވީ
އެއްވެ އުޅުމުގެ މިނިވަންކަން
ވެރިކަމުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ދެއްވިކަމަށް ޔާމީނު ވިދާޅުވުމުން، އެތައް ބައެއްގެ ފާޑުކިޔުން
 
މާލޭގައި އެއްވުން މަނާކުރީ އޭރު ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ހުށައެޅި އިސްލާހެއްގެ ދަށުން
 
މި ވާހަކަތަކާއި ގުޅިގެން އެތައް ބައެއްގެ ނުރުހުން އެމަނިކުފާނަށް ދަނީ އަމާޒުވަމުން
 
ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު މުޒާހަރާކުރުން މަނާކޮށްފައި ނުވާނެކަމަށް

"ނޭވާ ހޮޅިޔަށް" ނަމުގައި ހުކުރު ދުވަހު ކުރިޔަށްގެންދިޔަ މުޒާހަރާއަށްފަހު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދެއްކެވި ވާހަކަފުޅަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ލިބިގެން ގޮސްފައެވެ. މުޒާހަރާކުރުމަށް ހުރަސް އަޅާނަމަ އެކުރެވެނީ ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ ބާރެއް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތްކަން ފާހަގަކުރައްވައި ރައީސް ޔާމީނު ވަނީ ގާނޫނު ތަންފީޒުކުރުމުގެ ބާރު ސަރުކާރުގައި އޮތުމުން ސަރުކާރުން ބޭނުންގޮތަކަށް ކަންކަން ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ދެން ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު މުޒާހަރާކުރުން މަނާކޮށްފައި ނުވާނެކަމަށެވެ. ހަމަނުޖެހުން އުފައްދަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން މުޒާހަރާ ހުއްޓުވަން ފުލުހުން ކުރާ މަސައްކަތަށްވެސް ރައީސް ޔާމީނު ވަނީ ފާޑުވިދާޅުވެފައެވެ. އެއީވެސް އެމަނިކުފާނުގެ ވެރިކަމުގައި ހިނގާފައިވާނެ ކަމެއްނޫންކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، މި ވާހަކަތަކާއި ގުޅިގެން އެތައް ބައެއްގެ ނުރުހުން އެމަނިކުފާނަށް ދަނީ އަމާޒުވަމުންނެވެ. ސަަބަބުތަކެއް ނެތިއެއް ނޫނެވެ.

ސުލުހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް މާލޭގައި އެއްވުން މަނާކުރީ އޭރު ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ހުށައެޅި އިސްލާހެއްގެ ދަށުންނެވެ. ޔާމީނުގެ ސަރުކާރުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ އެއްވެ އުޅުމުގެ ހައްގު ހަނިވެގެން ދިޔަ އިސްލާހުތަކެއްކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެގޮތުން 17 އޮގަސްޓު 2016 ވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނު ހަނިކުރުމަށްފަހު ބިލު ފާސް ކުރީ އޭރުގެ ސަރުކާރުގައި ތިއްބެވި 37 މެންބަރުންގެ ތާއީދާއެކު އެވެ. އޭރު ބިލާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ދިޔަ ނަމަވެސް، ބިލު ފާސްކޮށް އޭގެ ދަށުން ސިޔާސީ ޕާޓީތަކާއި، އެކި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

އެއިސްލާހާއި ގުޅިގެން އޭރު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އާންމު ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުން ގެންދިޔަ އެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތަކަށް އެއްވެވޭނެ ނުވަތަ ޖަލްސާއެއް ބާއްވާލާނެ ތަނެއް ނުލިބިގެން އުޅެންޖެހިފައި ވެއެވެ.

ދެން ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތު ލިބޭކަމަށް ބުނެ މުޒާހަރާތައް ހުއްޓުވާފައިނުވާނެކަމުގެ ވާހަކައެވެ. 2018 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްވުމެއް ރޭވި ދުވަހެއްގެ ހަނދާންތައް އައު ކޮށްލާނަމެވެ. އިދިކޮޅު ފަރާތުން އެއްވުން ބާއްވާނެކަން އިއުލާންކުރިތާ 15 މިނެޓް ވެސް ނުވަނީސް ސަލާމަތީ ބާރުތަކުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި އެއްވުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެކަން އިއުލާން ކުރިއެވެ. އެ އެއްވުމަކީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް ބާއްވާ އެއްވުމެއް ކަމަށާއި، އެއްވުމުގައި ބައިވެރިވުމަށް އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން މާލެ ނޭރުމަށް ސަލާމަތީ ބާރުތަކުން އޭރު ވަނީ އިލްތިމާސް ކޮށްފައެވެ.

އޭރު އެހެން ވިދާޅުވީ ގައުމުގެ ސުލްހަމަސަލަސްކަން ނަގާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާކަމަށް ބުނެއެވެ.

ނުވިތާކަށް އޭގެ ކުރިންވެސް މުޒާހަރާތައް ބާއްވަން އިއުލާން ކުރުމާއެކު ފުލުހުން އެމްޑީޕީ ހަރުގެ ބަލާ ފާސްކޮށް، މުޒާހަރާ ރާވަން އިސްކޮށް ހަރަކާތެރިވާ މެމްބަރުންގެ ފޯނު ވެސް ތަހްގީގަށް ހިފަހައްޓާފައިވެއެވެ. ހަމައެއާއެކު، އޭރު އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވުމަށް ރަށްރަށުން މާލެ އަންނަ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނަމުންދިޔައީ އޭރު ވެރިކަން ކުރި ޕާޓީ ޕީޕީއެމްގެ އިސް ބޭބޭފުޅުންނެވެ. ނަމަވެސް މިއަދު ވެރިކަން ކުރާ ޕާޓީވެސް އަދި ސަރުކާރުންވެސް ގެންދަނީ އެއްވެ އުޅުމުގެ ފުރުސަތު ވީ އެންމެ ފުޅާކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!