ކ. މާލެ
|
27 މާރޗް 2022 | އާދީއްތަ 12:22
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
ރައީސް އޮފީސް
ކުރީގެ ޑިފެންސް ޗީފް ޝިޔާމުގެ މައްސަލަ
ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ ކޮރަޕްޝަން މައްސަލަ ކުރިއަށް ނުގެންދެވުނު
އަޑުއެހުން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 11:00ށް
އަޑުއެހުން ކެންސަލްކުރީ ކޯޓަށް އަޑު ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން
އޭނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްޕާފުޅު އެމްއެންޑީއެފްގެ ވީ.އައި.ޕީ އިމާރާތެއްގައި ދިރިއުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑުއެހުން ދައުލަތުން ކުރިއަށް ނުގެންދެވިގެން ކެންސަލް ކުރަން ޖެހިއްޖެއެވެ.

މި މައްސަލައިގައި ޝިޔާމްގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަޑުއެހުން ތާވަލު ކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށެވެ. ނަމަވެސް، އަޑުއެހުން ކެންސަލްކުރީ ކޯޓަށް އަޑު ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން، ޓެކްނިކަލް މައްސަލަތަކަކާއި ހެދިއެވެ.

މި މައްސަަލައަކީ ޝިޔާމް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުންނެވިއިރު، ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި (އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް) އޭނާގެ ބައްޕަ ދިރިއުޅުއްވުމަށް ބަހައްޓަވައި، އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކުރެއްވި މައްސަލައެކެވެ.

މި މައްސަލައާއި ގުޅިގެން ޝިޔާމުގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްއާރްސީސީގެ ވީއައިޕީ ގޭގައި ހުރެފައިވަނީ ޝިޔާމް އަންގައިގެން ކަމާއި، ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުން ޝިޔާމުގެ ބައްޕާފުޅު ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުއްވުން ހުއްދަކުރާ ޤާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ނެތުމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިސިއްޔަތެއް ނެތްކަން އޭސީސީން މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް