ކ. މާލެ
|
23 މާރޗް 2022 | ބުދަ 22:19
ޝާމިލްއަޑު ސޮފްޓްވެއަރއާ ގުޅޭގޮތުން އާދިލާ (މ) އާއި ޖައިލަމް، ފަލަސުރުޚީ ޕްރޮގްރާމުގައި މައުލޫމާތު ހިއްސާކުރައްވަނީ
ޝާމިލްއަޑު ސޮފްޓްވެއަރއާ ގުޅޭގޮތުން އާދިލާ (މ) އާއި ޖައިލަމް، ފަލަސުރުޚީ ޕްރޮގްރާމުގައި މައުލޫމާތު ހިއްސާކުރައްވަނީ
ރާއްޖެއެމްވީ
ޝާމިލްއަޑު
ޝާމިލްއަޑު ސޮފްްްވެއަރއާއެކު، ލޯފަން ކުދިންނަށްވެސް އެހެން ކުދިންނާ އެއްމާހައުލެއްގައި ކިޔެވޭނެ – އާދިލާ
ސޮފްޓްވެއަރ ފެންވަރު މަތިކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އުފެއްދި ކޮމްޕިއުޓަރ ޕްރޮގްރާމް 'ޝާމިލްއަޑު' ސޮފްޓްވެއަރއާއެކު, ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އެހެން ކުދިންނާ އެއް މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮރިސަރ ކޯޑިނޭޓަރ އާދިލާ ރުޝްދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާދިލާ ވިދާޅުވީ, ޝާމިލް އަޑަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަންނައިދިނުމަށް އެހީއަކަށް ތައްޔާރުކޮށްފައިވާ ދިވެހި, ސްކްރީން ރީޑިންގ ސޮފްޓްވެއަރއެއް ކަމަށެވެ. މި ސޮފްޓްވެއަރގައި, ދަރިވަރަށް އުނގަންނައި ދިނުމުގައި ދިވެހިން ލިޔެފައި ހުންނަ ލިޔުންތައް އެކުދިންނަށް އަޑު އިއްވާލަދޭގޮތަށް ފަރުމާކުރެވިފައިވާނެކަމަށެވެ.

އަދި މި ސޮފްޓްވެއަރ މެދުވެރިކޮށް, ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އެކުދިންގެ އުމުރުފުރާގެ އެހެން ކުދިންނާއެކު ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. "ޝާމިލްއަޑު"ގެ ނަމުން މިއަށް ނަންދީފައިވަނީ, އެހެން ކުދިންނާއެކު އުޅުމުގެ ފުރުސަތު ހުޅުވާލަދިނުމާއެކު އަޑު ބޭނުންކުރެވޭތީކަމަށް އޭނާ ވިދާޅުވިއެވެ.

އާދިލާ ވިދާޅުވީ ސޮފްޓްވެއަރ އުފެއްދިއިރު މައިގަނޑު އަމާޒަކީ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް އުނގަންނައިދިނުމަށް ސޮފްޓްވެއަރއެއް ހެދުން ކަމަށާއި، މި ބޭނުންކުރާނީ ދަރިވަރުންގެ އިތުރުން ޓީޗަރުން ކަމަށެވެ. އަދި މީގެ އިތުރުން ސޮފްޓްވެއަރގެ ބޭނުން ހުރިހާ އެންމެންނަށް ހިލޭ ބޭނުންކުރެވޭ ގޮތަށް ހަދާފައިވާނެކަމަށެވެ.

މި ސޮފްޓްވެއަރ ޑިވެލޮޕްކުރި, ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖައިލަމް ވިދާޅުވީ, ސޮފްޓްވެއަރ ފަރުމާކުރެވިފައި ވަނީ ދިވެހި ބަހުން ކިޔޭ ގޮތަށް ކަމަށެވެ. އަދި ސޮފްޓްވެއަރގައި ހުންނަ މައިގަނޑު ފީޗަރތަކުގެ ތެރޭގައި ގިނަ ޕްލެޓްފޯމްތަކެއްގައި ބޭނުންކުރެވި ކޮމްޕިއުޓަރުން މަސައްކަތް ކުރަމުންދާއިރު ވެސް ވިންޑޯސްގައި ބޭނުންކުރެވޭގޮތަށް ހަދާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބޭނުންކުރާ އެންވީޑީއޭ ސްކޭން ރީޑަރާއެކު ވެސް މި ސޮފްޓްވެއަރ ބޭނުންކުރެވޭ ގޮތަށް ޕްލަގިންއެއް ތައްޔާރުކޮށްފައިވާނެ ކަމަށެވެ. މިއީ އޮފްލައިންކޮށް ވެސް މަސައްކަތްކުރާ ސޮފްޓްވެއަރއެއް ކަމަށާއި، ފޯނަށް އިންސްޓޯލް ކުރުމަށްފަހުގައި އިންޓަރނެޓް ކަނެކްޝަނެއް ނެތްކަމުގައި ވިޔަސް ކުދިންނަށް ޓެކްސްޓް ކިޔުމުގައި ބޭނުންކުރެވޭނެ ކަމަށެވެ.

- ކޮމެންޓް