ކ. މާލެ
|
23 މާރޗް 2022 | ބުދަ 18:39
ނައިބު ރައީސް ފައިސަލް ނަސީމް އިސްލާމީ މަރުކަޒަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން
ނައިބު ރައީސް ފައިސަލް ނަސީމް އިސްލާމީ މަރުކަޒަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ރޯދައަށް ތައްޔާރުވުން
ރޯދަމަހަށް ގިނަ ތައްޔާރިތަކެއް ؛ އިޚްޔާ ފޯރަމްތައް މިއަހަރު މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާނެ: އިސްލާމިކް މިނިސްޓްރީ
ކުރީ އަހަރުތަކެކޭއެއްފަދައިން ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ދަރުސް ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ
ނައިބު ރައީސް ވަނީ މިހުރާބުގޭގެ ކެލިގްރަފީގެ މަސައްކަތާއި ގޯތިތެރޭގައި މާބުލްޖެހުމުގެ މަސައްކަތް ބައްލަވާލައްވާފައި

ކުރީއަހަރު ތަކާއި ޚިލާފަށް މިއަހަރު އިޚްޔާ ފޯރަމްތަށް މާލޭސިޓީގެ އިތުރުން އަތޮޅުތެރޭގައި ވެސް ކުރިޔަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ މަސައްކަތްތައް އިސްލާމިކް މިނިސްޓްރީ އިން ކުރަމުންދާއިރު، ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ރަމަޟާންމަހަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް އިސްލާމިކް މިނިސްޓްރީ ހިގަމުން އަންނަ އިސްލާމީ މަރުކަޒަށް ޒިޔާރަތް ކުރައްވާފައެވެ.

އެގޮތުން އިސްލާމީ މަރުކަޒުގެ މިހުރާބުގޭގެ ކެލިގްރަފީގެ މަސައްކަތާއި ގޯތިތެރޭގައި މާބުލްޖެހުމުގެ މަސައްކަތާއި އިސްލާމިމަރުކަޒުގައި އިތުރުފަންކާ ހަރުކުރުމުގެ މަސައްކަތް ކުރިޔަށް ދާގޮތް ބައްލަވާ ލެއްވުމުގެ އިތުރުން، ރަމަޟާން މަހު ކުރިޔަށްގެންދަން ރާވާފައިވާ ދީނީ އެކި ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައި ވެއެވެ.

މިނިސްޓްރީން ބުނީ ކުރީއަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް އިސްލާމިކް މިނިސްޓްރީން ދަނީ ރަމަޟާންމަހަށް ވަރަށް ބޮޑަށް ތައްޔާރުވަމުން ކަމަށެވެ. އެގޮތުން މިއަހަރުވެސް ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ދަރުސް ޕްރޮގްރާމްތައް ބޭއްވުމާއި، މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އުފައްދާ ޚާއްސަ ޓީވީ ޕްރޮގްރާމްތަކާއި ކުޑަކުދިންނަށް ޚާއްސަ ޓީވީ ޕްރޮގްރާމާއި، ދީނީ ހޭލުންތެރި ކުރުމުގެ ރޭޑިއޯ ޕްރޮގްރާމްތަކާއި، އަދި ކޮންމެ އަހަރަކުވެސް ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން ކުރިޔަށްގެންދާ އިޙްޔާ ފޯރަމް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް ކުރީއަހަރު ތަކާއި ޚިލާފަށް މިއަހަރު އިޚްޔާ ފޯރަމްތައް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ 4 ރަށަކުން ވެސް ކުރިޔަށް ގެންދަން ރާވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމްގެ މި ޒިޔާރަތުގައިވަނީ މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފްކުރައްވާ ހިތްވަރު ދެއްވާފައެވެ.

- ކޮމެންޓް