ކ. މާލެ
|
20 މާރޗް 2022 | އާދީއްތަ 08:37
ޕީޕީއެމްގެ ލީޑަރ އަބްދުﷲ ޔާމީން
ޕީޕީއެމްގެ ލީޑަރ އަބްދުﷲ ޔާމީން
ޕީޕީއެމް
ރައީސް ޔާމީން ނައިފަރުގައި ދެެއްކެވި ވާހަކަފުޅު
އަޅުގަނޑުމެންގެ ސަރުކާރެއްގައި އިންޑިޔާ އާއެކު ހަދާފައިވާ ހުރިހާ އެގްރިމެންޓެއް އުވާލާނަން: ޔާމީން
ޔާމީން ވިދާޅުވީ ދެން އުފެދޭ ޕީޕީއެމް ސަރުކާރެއްގައި އެއެއްބަސްވުންތައް އުވާލައިގެން ދިވެހިންނަށްވާ ގެއްލުން ބަލަން ބޭނުންފުޅުނުވަކަމަށާއި އެހުރިހާ އެއްބަސްވުންތަކެއްވެސް އުވާލައްވާނެކަމަށް
ޔާމީން ވިދާޅުވީ އިންޑިޔާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކަންބޮޑުވާ އުޅެނީ ދެ އެއްބަސްވުމެއްކަމަށް

ދެން އުފެދޭ ޕީޕީއެމް ސަރުކާރެއްގައި އިންޑިޔާއާއެކު ހަދާފައިވާ ހުރިހާ އެއްބަސްވުންތަކެއް ބާތިލުކުރައްވާނެކަމަށް އިދިކޮޅު ޕީޕީއެމް ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އިސްވެހުންނަވާ ކުރިޔަށްގެންދަވާ "އިންޑިޔާ އައުޓް" ކެމްޕެއިންގައި ޅ. ނައިފަރުގައި ކުރިޔަށްގެންދިޔަ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިޔާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކަންބޮޑުވާ އުޅެނީ ދެ އެއްބަސްވުމެއްކަމަށެވެ. ނަމަވެސް ތަހުލީލުކުރުމާއި އެކި ނަންނަމުގައި ބައިވަރު އެހެން އެއްބަސްވުންތައް ހުރިކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ދެން އުފެދޭ ޕީޕީއެމް ސަރުކާރެއްގައި އެއެއްބަސްވުންތައް އުވާލައިގެން ދިވެހިންނަށްވާ ގެއްލުން ބަލަން ބޭނުންފުޅުނުވަކަމަށާއި އެހުރިހާ އެއްބަސްވުންތަކެއްވެސް އުވާލައްވާނެކަމަށެވެ. އެއިން އެއްވެސް އެއްބަސްވުމެއް އިންޑިޔާއާއެކު ކުރިޔަށްގެންދަވަން ބޭނުންފުޅުނުވާކަމަށް ޔާމީން ވިދާޅުވިއެވެ.

އެއީ ރާއްޖެއަށް މިހާ ހިތްދަތިކަން ގެނެސް ރާއްޖޭގެ އެތެރޭގެ ހިންގުމާއި ބޭރުގެ ޚާރިޖީ ސިޔާސަތު ކޮންޓްރޯލްކުރުމާއި މަގާމުތަކަށް އަންނަ މީހުންނާއި ދިވެހިންގެ ހާލަތު އޮންނަންވާ ގޮތުގެ މިހުރިހާ ކަމެއްގައި ފަހުބަސް ބުނާ ބަޔަކަށް އިންޑިޔާ މީހުންވީމަ އެއީ ފޮރުއްޕާކަމެއް ނޫނޭ އަބަދުވެސް އަޅުގަނޑު މިދަނީ ބުނަމުން. އެހެންވީމާ އެސަބަބަށްޓަކައި ސަގާފީ އެގްރިމެންޓެއް އޮތަސް ޖެހޭނީ ބާތިލްވާން. މިއަދު ނެތް އެމީހުންނާއެކު އަހަރުމެން ކުރާނެ މަސައްކަތެއް. އަހަރުމެން އެމީހުންނާއެކު ހިއްސާކޮށްގެން ރައްޖެ ކުރިޔަށްގެންދަން އެމީހުންގެ ވަސީލަތްތައް ބޭނުންވާ އެއްވެސް ކަމެއް. އެއީ އެއިން އެއްވެސް ކަމެއްގައި އިހުލާސްތެރިކަމެއް ނެތީމާ.
ރައީސް އަބްދުﷲ ޔާމީން/ ޕީޕީއެމްގެ ލީޑަރ

ރައީސް ޔާމީން ވިދާޅުވީ މިހާރު ރާއްޖޭގައި އުފެދިފައިވަނީ އިންޑިޔާގެ ގޮނޑި ކޮއްކޮ ސަރުކާރެއްކަމަށެވެ. އަދި ސަރުކާރުގައި ތިބީ އިންޑިޔާގެ އަޅުންކަމަށް ޔާމީން ވިދާޅުވިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅިގެން ޔާމީންވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށާއި ސިފައިންނާއި ސިފައިންގެ އިސް ޖެނެރަލުންނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާއަކީ އެމަގާމަށް ކުފޫހަމަވާ ބޭފުޅެއްނޫންކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު މިދިޔަ ހަފްތާގައި އދ މަހިބަދޫގައި ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާ ޑިފެންސް މިނިސްޓްރީން ބަޔާން ނެރެފައިވާތީ އެކަމާއި ގުޅޭގޮތުން ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަކައަށް ނޫސްބަޔާން ނެރެން ނުޖެހޭކަމަށެވެ. ނަމަވެސް ހާމަކަން ބޮޑު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ބޭނުން ސުވާލެއްކުރެވޭ ގޮތަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެއެއްބަސްވުންތަކުގެ ކަންކަން ހާމަކުރުމަށް ޔާމީން ގޮވާލެއްވިއެވެ.

ޔާމީން ވިދާޅުވީ އުތުރުތިލަފަޅަކީ ދިވެހި ސަރުކާރުގެ ބާރު ހިނގާތަނެއް ނޫންކަމަށާއި އެތަނުގައި ހިނގަނީ އިންޑިޔާގެ ބާރުކަމަށެވެ.

މީގެއިތުރުންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މީގެކުރިންވެސް އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްލީ އިންޑިޔާ އަޑީގައި އޮވެގެންކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅު ތަކުރާރުކުރައްވާފައެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަކީ މުޑުދާރުކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

އެއީ ގާނޫނީ ވެރިކަމެއް ހިނގަމުން އަންނައިރު ގާނޫނު އަސާސީއާއި ގާނޫނު އަސާސީގައި ހުރި ޚާއްސަކޮށް އަރަބި ބަސްތައް އެންމެ ރީތި ކޮށް ވިދާޅުވާ ބޭފުޅުންނާއި ޝެއިހުންގެ ތާޖާ ކަމަރު ބަދެގެން ތިބި މީހުންނާއި ހުރިހާ ދީނީ ފިލާވަޅު ނަގައިދޭ މީހުން އައިސް ދިވެހި ރައްޔިތުންނަށް އޮޅުން ބޮޅުން ތަކެއްގެ ތެރޭގައި ނުބައި މަކަރުވެރި ވާހަކަތަކެއްގެ ތެރޭގައި އަދި މިކަހަލަ ވާހަކަދައްކާއިރު އެބޭފުޅުން ހަމަ ގުރުއާނާ ސުންނަތުން ދަލީލުވެސް ދައްކާފައި އެބޭފުޅުން ތިބޭފުޅުންނަށް އެކަހަލަ ވާހަކަދައްކާނީ. އެހުރިހާ ހީލަތްތެރު ކަމާއެކީ ސަރުކާރު ބަދަލުކުރަން ކުރި މަސައްކަތުގައި މިތާ ކައިރީގައި މިއޮތް އަވަށްޓެރި ބޮޑުބޭބެ އިންޑިޔާއިން މިކަމުގައި ހުރިހާ އެހީތެރިކަމެއް ދިނީ. ހުރިހާ ލާރިއެއް ހަރަދުކުރީ އެމީހުން
ރައީސް ޔާމީން/ ޕީޕީއެމްގެ ލީޑަރ
- ކޮމެންޓް