ރާއްޖޭގައި ފާހަގަކުރެވޭ ހުރިހާ ކުޅިވަރެއްގެ އެންމެ މޮޅު އެތުލީޓުންނަށް އެވޯޑު ދީފިއެވެ.
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގައި ރާއްޖޭގެ 18 ކުޅިވަރަކުން ފާހަގަ ކުރެވޭ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ވަނީ އެވޯޑު ހަވާލުކޮށްފައެވެ.
ކޮންމެ އެސޯސިއޭޝަނަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން ތިން ކުޅުންތެރިން މި ހަފްލާގައި ހޮވާފައިވެއެވެ. މި އެވޯޑަށް ކުޅުންތެރިންގެ ނަން ނޮމިނޭޓުކުރީ އެކުޅުންތެރިއަކު ނިސްބަތްވާ ކުޅިވަރު އެސޯސިއޭޝަނަކުންނެވެ.
އެސޯސިއޭޝަންތަކުން ހޮވި އެންމެ މޮޅު ކުޅުންތެރިން
- އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު ފިރިހެން އެތުލީޓް: ހަސަން ސާއިދު
- އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު އަންހެން އެތުލީޓް: އައިޝަތު ހަމްނާ ހަސަން
- ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު ފިރިހެން އެތުލީޓް: ޒިޔާން ޒިޔާއު
- ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު އަންހެން އެތުލީޓް: އާސިފާ ޖައުފަރު
- ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު ފިރިހެން އެތުލީޓް: މުހައްމަދު މޫސާ
- މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން - އެންމެ މޮޅު ފިރިހެން އެތުލީޓް: އަލީ ޚުޝްރުވާން
- ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު ފިރިހެން އެތުލީޓް: އާދަމް ނާސިފް އުމަރް
- މޯލްޑިވްސް ޗެސް އެސޯސިއޭޝަން - އެންމެ މޮޅު ފިރިހެން އެތުލީޓް: މުހައްމަދު ޝުއާއު
- މޯލްޑިވްސް ޗެސް އެސޯސިއޭޝަން - އެންމެ މޮޅު އަންހެން އެތުލީޓް: ނިހާޔާ އަހްމަދު
- ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު އަންހެން އެތުލީޓް: ފާތިމަތު ނާބާހާ
- ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު ފިރިހެން އެތުލީޓް: ހުސައިން ޒަޔާން ޝަހީދް ޒަކީ
- ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު ފިރިހެން އެތުލީޓް: މޫސާ މުންސިފް އަހްމަދު
- ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު އަންހެން އެތުލީޓް: ފާތިމަތު ދީމާ އަލީ
- ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު ފިރިހެން އެތުލީޓް: އާދަމް ނަސީމް
- ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު އަންހެން އެތުލީޓް: ހައްވާ ރާޝިދާ
- ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު އަންހެން އެތުލީޓް: ނަބާ ނިޝާން
- ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު ފިރިހެން އެތުލީޓް: އަބްދުﷲ ފާއިހް ފަޒީލް
- ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު ފިރިހެން އެތުލީޓް: އިސްމާއިލް އަޒްމީން
- ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު އަންހެން އެތުލީޓް: އާމިނަތު ވިދާދް
- މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން - އެންމެ މޮޅު ފިރިހެން އެތުލީޓް: ހުސައިން އަރީފް
- މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން - އެންމެ މޮޅު ފިރިހެން އެތުލީޓް: ހަސަން ޝާޒް މުހައްމަދު
- މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން - އެންމެ މޮޅު އަންހެން އެތުލީޓް: އާމިނަތު ފަތުހީ
- ހޭންޑްބޯލް އެސޯސިއޭޝަން - އެންމެ މޮޅު ފިރިހެން އެތުލީޓް: މުހައްމަދު ފިރުނާސް އަބްދުﷲ
- ހޭންޑްބޯލް އެސޯސިއޭޝަން - އެންމެ މޮޅު އަންހެން އެތުލީޓް: ނަޝްފާ އާމިރް
- ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު ފިރިހެން އެތުލީޓް: އަލީ އިމާން
- ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު އަންހެން އެތުލީޓް: އައިޝަތު ސައުސަން
- ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު ފިރިހެން އެތުލީޓް: ހަމްޒާ މުހައްމަދު
- ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު އަންހެން އެތުލީޓް: އާމިނަތު ލީޒާ
- ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެންމެ މޮޅު އަންހެން އެތުލީޓް: އާމިނަތު ރަބާބް އިބްރާހިމް
- މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން - އެންމެ މޮޅު އަންހެން އެތުލީޓް: ފާތިމަތު ރިޝްމާ
- މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން - އެންމެ މޮޅު ފިރިހެން އެތުލީޓް: އަބްދުﷲ އަމްޒަރް މުހައްމަދު
ކޮންމެ ކުޅިވަރަކުންވެސް އެންމެ މޮޅު އެތުލީޓަށް އެވޯޑު ދީފައިވަނީ އެކުޅިވަރަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ލެޖެންޑުންނެވެ.