ކ. މާލެ
|
15 މާރޗް 2022 | އަންގާރަ 18:44
ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ފަޑީގާ ރާއްޖެއައުން
ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ފަޑީގާ ރާއްޖެއައުން
ޔޫތު މިނިސްޓްރީ
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022
އެވޯޑުގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ކުރިއެރުން އަންނާނެ: ފަޑީގާ
ފަޑީގާ ވަނީ 2002 ވަނަ އަހަރުގެ ވޯލްޑު ކަޕުގައި ކުޅެ ގޯލެއް ޖަހާފައި

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ލިބޭނެކަމަށް ސެނެގާލްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ފަޑީގާ ބުނެފިއެވެ.

ފަޑީގާ ބުނީ މިނިސްޓަރ މަހްލޫފުގެ ފަރާތުން އޭނާއަށް ދައިވަތު ލިބުމާއެކު ވަރަށް އުފާވި ކަމަށާއި، ރާއްޖޭގެ ކުޅުންތެރިންނާއި އޭނާގެ ތަޖުރިބާތަކާއި ހުނަރުތައް ހިއްސާކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އޭނާއަށް ކޮށްދެވެންހުރި ކަންތައްތައް ބަލާނެކަމަށެވެ.

ފުޓްބޯޅައަކީ ދުނިޔޭގެ އެންމެ މަގްބޫލު ކުޅިވަރަށްވީއިރު، އެއީ ވަކި ގައުމެއްގެ ކުޅިވަރެއް ނޫންކަމަށާއި، ހުރިހާ ގައުމަކަށްވެސް ރަނގަޅު ފެންވަރުގައި ކުޅެވޭނެ ކުޅިވަރެއްކަމަށް ސެނެގާލް ބުންޏެވެ. އަދި މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ފުޓްބޯޅަ ކުޅުމަކީ ލިބޭ އުފަލެއް ކަމަށާއި، ރާއްޖޭގެ ރައްޔިތުން ފުޓްބޯޅައަށް ލޯބިކުރާ މިންވަރު ފަޑީގާ ފާހަގަކުރިއެވެ.

މިއީ މުޅި ދުނިޔެއަށް ރާއްޖޭގެ ކުޅިވަރުތައް ދައްކާލަންވީ ވަގުތުކަމަށް ފަޑީގާ ބުންޏެވެ. އެގޮތުން ރާއްޖެއަކީ ހަމައެކަނި ރީތި ޖަޒީރާ ގައުމެއްކަން ދެއްކުމުގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅައާއިއެހެން ކުޅިވަރުތައްވެސް މި ހަފްލާގެ ސަބަބުން މުޅި ދުނިޔެއަށް އިޝްތިހާރު ކުރެވިގެންދާނެކަމަށް ފަޑިގާ ބުންޏެވެ.

މިއީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ކުޅެ ގޯލެއްވެސް ޖަހާފައިވާ ފަޑީގާ ރާއްޖެއައި ފުރަތަމަ ފަހަރެވެ. ރާއްޖެއިން އޭނާއަށްކީ މަރުހަބާ ފާހަގަކޮށް އެކަމަށްޓަކާ ފަޑީގާ ޝުކުރުއަދާކުރިއެވެ.

- ކޮމެންޓް