ކ. މާލެ
|
13 މާރޗް 2022 | އާދީއްތަ 21:51
ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރައްޔިތުން ދިން ފުރިހަމަ އެއްބާރުލުން ރައީސް ފާހަގަކުރެއްވި
ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރައްޔިތުން ދިން ފުރިހަމަ އެއްބާރުލުން ރައީސް ފާހަގަކުރެއްވި
ރާއްޖެއެމްވީ
ރައީސް ގައުމާ މުޚާތަބުކުރެއްވުން
މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން
 
މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އިގުތިސާދީގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެކަމަށް ލަފާކުރެވުނީ ރާއްޖެއަށް
 
ސަރުކާރުން މަސައްކަތްކުރީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން
 
އެންމެ ހަލުވިކޮށް އިގުތިސާދު ކުރިއަރާނެކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ 5 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ

މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ގައުމުތަކުގެ އިގްތިސާދީ ހަރަކާތްތައް ހުއްޓެމުން ދިޔައިރު، މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އިގުތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެކަމަށް ލަފާކުރެވުނީ ރާއްޖެއަށްކަމަށެވެ. އެހާލަތުގައިވެސް ސަރުކާރުން މަސައްކަތް ކުރީ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން ކަމަށާއި، ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން، ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުނުކަމަށެވެ.

ގޭބިސީތަކުގެ ކަރަންޓާ ފެންބިލްތަކުން ޑިސްކައުންޓްތަކެއް ދެވުނު. ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެވުނު. ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދެވުނު. ވަޒީފާތަކުން މީހުން ވަކިނުކުރުމަށް ޝަރުތުކޮށް، ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރެވުނު. އިޖްތިމާއީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދެވުނު. ރިސޯޓްތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނު.
އިބްރާހީމް މުހައްމަދު ސާލިހު / ރައީސުލްޖުމްހޫރިއްޔާ

ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައިއިރު، މިއަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިގުތިސާދު ކުރިއަރާނެކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ 5 ގައުމުގެ ތެރޭގައި، ރާއްޖެ ހިމެނޭ ކަމަށާއި، މިކަމުގެ ހަގީގީ ސިއްރަކީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ދިން ފުރިހަމަ އެއްބާރުލުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އިގުތިސާދު އަލުން ކޮޅަށް ޖެހުމުގައި، ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް, ހިތްވަރާއި އަޒުމާއެކު ވަރުބަލިވުމެއް ނެތި ކުރި މަސައްކަތް ކަމަށެވެ. އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ސިއްހީ ދާއިރާގެ އެންމެހާ ޚިދުމަތްތެރިން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ ކަމަށާއި، ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާއި، އެހެން މުއައްސަސާތަކާއި ހިލޭސާބަހަށް މަސައްކަތްކުރައްވާ ދަރުމަވެރިން ކުރި މިންނެތް މަސައްކަތް ފާހަގަކުރަައްވާކަމުގައި ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް