ރާއްޖޭގެ ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް މިހާތަނަށް ބާއްވާ އެންމެ ބޮޑު އެވޯޑު ދިނުމުގެ ހަފްލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ގިނަ އަދަދެއްގެ ކުޅިވަރު ޝަހުސިއްޔަތުން ބައިވެރިވާނެއެވެ.
މި ހަފްލާގައި ތަފާތު 15 ޝަހުސިއްޔަތުން ބައިވެރިވާނެކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވެފައި ވާއިރު، އޭގެތެރެއިން 14 ފަރާތެއް މިހާރު ވަނީ ޔަގީންވެފައެވެ.
ހަފްލާގައި ބައިވެރިވާ ޚާއްސަ ޝަހުސިއްޔަތުން
- ޓްރާންސްފަރ މާކެޓުގައި އެންމެ އިތުބާރުހިފޭ ސްޕޯޓްސް ޖާނަލިސްޓް ފެބްރީޒިއޯ ރޮމާނޯ
- ފުޓްބޯޅަ ލެޖެންޑް މިޝެލް ސަލްގާޑޯ
- އޮލިމްޕިކް ގޯލްޑް މެޑަލިސްޓް، ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް
- ބްރެޒިލްގެ ކުރީގެ ވޮލީ ކެޕްޓަން ޖިލްބާޓޯ ގޮޑޯއީ
- ވީލްޗެއަރ ޓެނިސް ކުޅުންތެރިޔާ ގޯޑަން ރެއިޑް
- ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑު ރޮބާޓޯ ކާލޯސް
- ވީލްޗެއަރ ޓެނިސް ކުޅުންތެރިޔާ ލޫސީ ޝޫކާ
- ދުނިޔޭގެ އެންމެ މޮޅު ޕޫލް އަދި ބިލިއާޑް ކުޅުންތެރިޔާ އަލްބިން އޮސްޗަން
- ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރ ނަމާލް ރާޖަޕަކްސާ
- ބަންގްލަދޭޝްގެ ސްޕޯޓްސް މިނިސްޓަރ ޒާހިދް އަހްސަން ރުސޭލް
- ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ
- ސްރީލަންކާގެ ކްރިކްޓް ޓީމުގެ ކުރީގެ ކެޕްޓަން ސަނަތު ޖަޔަސޫރިޔާ
- ޓޭބަލް ޓެނިސް ލެޖެންޑް ޒޯރަން ޕްރިމޯރަކް
- ލަންކާގެ ނެޓްބޯޅަ ކުޅުންތެރިޔާ ތަރްޖީނީ ސިވަލިންގަމް (ޖެނީ)