Advertisement
ކ. މާލެ
|
11 މާރޗް 2022 | ހުކުރު 11:26
އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިން
އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
އިސްލާމީ މަރުކަޒު އާބާތުރަ ފިލުވުން
ރޯދައަށް އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި
މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދޭ
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން
އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައިވަނީ މާޗުމަހުގެ ފުރަތަމަ ހަފްތާގައި

ރޯދަ މަހަށް ޚާއްސަކޮށްގެން އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިސްކިތްތައް އާބާތުރަ ފިލުވުމުގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައިވަނީ މާޗުމަހުގެ ފުރަތަމަ ހަފްތާގައެވެ. އާބާތުރަ ފިލުވުމުގެ ގޮތުން ކުރާ މައިގަނޑު ކަންކަމުގެ ތެރޭގައި އިސްލާމީ މަރުކަޒު ބޭރުފާރުތައް ދޮވެ ސާފު ކުރުމާއި، އެތެރެ ފޮޅާސާފު ކުރުމާއި، މިހުރާބުގޭގެ ކެލިގްރަފީ އާކުރުމާއި އަންހެނުން ނަމާދުކުރާބައިގައި އިތުރު ފަންކާ ހަރުކުރުމާއި، އިސްލާމީ މަރުޒަކުގެ ގޯތިތެރޭގައި ހަލާކުވެފައިވާ މާބުލްތަށް ނަގާ އާ މާބުލްޖެހުން ހިމެނެއެވެ.

ފާއިތުވެ ތިން އަހަރު ރަމަޟާންމަހު ވެސް އިސްލާމީ މަރުކަޒުގައި ބޮޑެތި މަރާމާތުތައްކޮށް ޒީނަތްތެރިކޮށްފައި ވެއެވެ. ކެލިގްރަފީ ބޯޑުތަށް މަރާމާތުކޮށް ރީތި ކުރުމާއި ލަކުޑި ޖާލިތައް ބަދަލުކުރުމާއި ކުލަ އާކުރުމާއި ބޮކިތަކާއި ފަންކާ ބަދަލުކުރުމާއި އިސްލާމީ މަރުކަޒުގެ ގުއްބާއި މުންނާރު އައު ކުރުމާއި ބޮޑު އިތުރު ދެފަންކާ ހަރުކުރުމާއި ޗާންދަލިޔާ އާކުރުން އަދި އިސްލާމީ މަރުކަޒުގެ ސައުންޑް ސިސްޓަމް ބަދަލުކޮށްފައި ވެއެވެ.

އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިން

އިސްލާމީ މަރުކަޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަށް ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާއެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ރަމަޟާންމަހަށް ޚާއްސަކޮށްގެން އާބާތުރަފިލުވާއި ޒީނަތްތެރި ކުރެއެވެ.

މީގެ އިތުރުން މާލެސިޓީ ކައުންސިލުން ވެސް ދަނީ ރަމަޟާން މަހަށް ޚާއްސަކޮށްގެން މިސްކިތްތައް މަރާމާތު ކުރުމާއި، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެސިޓީގެ 32 މިސްކިތެއްގެ މަސައްކަތް ރޯދައިގެ ކުރިން ނިންމުމަށް ކައުންސިލުން ވަނީ އަމާޒު ހިފާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް