ކ. މާލެ
|
11 މާރޗް 2022 | ހުކުރު 07:12
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް ތަފާސްހިސާބު
ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ 325 މީހުން
ރިސޯޓުތަކުން 13 މީހަކު ޕޮޒިޓިވް
ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ 4 މީހުން

ބުރާސްފަތި ދުވަހު ރާއްޖެއިން އިތުރު 325 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 325 މީހުންގެ ތެރެއިން އަތޮޅުތަކުން ޕޮޒިޓިވްވީ 279 މީހުންނެވެ. މާލެއިން ޕޮޒިޓިވްވެފައިވަނީ 26 މީހުންނެވެ. ރިސޯޓުތަކުން 13 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 173،991 އަށް އަރާފައެވެ.

މިވަގުތު 14،294 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 4 މީހުންނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 307 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 159،387 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.


Advertisement
- ކޮމެންޓް