Advertisement
ކ. މާލެ
|
10 މާރޗް 2022 | ބުރާސްފަތި 21:28
ގައުމީ އިނާމާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން
ގައުމީ އިނާމާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން
ރައީސް އޮފީސް
ގައުމީ އިނާމާބެހޭ ކޮމިޓީ
ރައީސް، ގައުމީ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވާލައްވައިފި
ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ހިމެނޭ
ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމު

ގައުމީ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާގުޅިގެން, އެ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަލުން އެކުލަވާލައްވައިފިއެވެ.

ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަނަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ކުރިންވެސް އެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދެވެ. އެ ކޮމިޓީއަށް އަލަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ، މައްޗަންގޮޅީ މާފުނަ މުހައްމަދު އިސްމާއީލްފުޅާއި، މައްޗަންގޮޅީ ކަޝްމީރުވާދީ އިބްރާހީމް ހުސައިން މަނިކާއި، މާފަންނު ދިޖުލަތު ކޯރު ހަފީޒާ އިބްރާހީމާއި، މާފަންނު އަލިހަނދުވަރުގޭ އަހުމަދު ޝުޖާއުއެވެ. މިބޭފުޅުންގެ އިތުރުން، އެ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއީލް އަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސް ހުސައިން އާމިރާއި، މާފަންނު މާހިޔާ ރަހީމާ އާދަމާއި، ހެންވޭރު އިރުވައި އާމިނަތު ނާޒެވެ.

Advertisement

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމްއިއްޔާ، ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.

މީގެ އިތުރުން، ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ އިނާމަށް ހުށަހަޅުއްވާ ބޭފުޅުންގެ ޚިދުމަތުގެ މައްޗަށް ބައްލަވައި، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތްވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް