ކ. މާލެ
|
10 މާރޗް 2022 | ބުރާސްފަތި 19:11
ެދެޓީމް މެޗަށް ނިކުތުމުގެ ކުރިން
ެދެޓީމް މެޗަށް ނިކުތުމުގެ ކުރިން
އެފްއޭއެމް
ދިވެހި ލީގު ކޮލިފިކޭޝަންގެ އޯޕަން ރައުންޑް
އޯޕަން ރައުންޑްގައި ގަމުގެ ފޯރި ގަދަވެއްޖެ
އެންމެ ފުރުޞަތު ބޮޑީ ތިއްތި ސްޕޯރޓްސް އަށް

2023-2024 ވަނަ އަހަރުގެ ދިވެހި ލީގު ކޮލިފިކޭޝަންގައި ހިމެނޭ އޯޕަން ރައުންޑްގައި މިއަދު މަތިމަރަދޫ ސްޕޯރޓްސް ކްލަބް މޮޅުވުމުން, ލ.ގަމުގެ ޗެމްޕިއަން ކަނޑައެޅުމުގެ ފޯރި ގަދަވެއްޖެއެވެ.

ހަތަރު ޓީމް ވާދަކުރާ ޤަމު ޒޯންނުން ލީގަށް ހޮވޭ ޓީމް ކަނޑައެޅުމަށް ކުޅޭ އޯޕަން ރައުންޑްގައި މަތިމަރަދޫ ވަނީ ކުޅުނު ފުރަތަމަ މެޗުގައި 2-1 ން ތިއްތި ސްޕޯރޓްސް ކްލަބް އަތުން ބަލިވެފައެވެ. އެކަމަކު މިއަދު ތުނޑި ގޯޅި ސްޕޯރޓްސް ކްލަބް އަތުން 1-0 ން މޮޅުވެ, ޒޯން ލީގަށް ދިއުމުގެ ފުރުޞަތު މަތިމަރަދޫ އިން ވަނީ ހޯދާފައެވެ. ބާކީ މަތިމަރަދޫ ސްޕޯރޓްސް ކްލަބަށް އޮތީ އައިލެންޑް ޔޫތާ ވާދަކުރާ މެޗެވެ. އައިލެންޑް ޔޫތް އޮތީ ކުޅުނު ހަމައެކަނި މެޗުން ހޯދި އެއް ޕޮއިންޓާއެކުއެވެ. މިވަގުތަށް ބަލާއިރު އެންމެ ފުރުޞަތު ބޮޑީ ތިއްތި ސްޕޯރޓްސް އަށެވެ.އެޓީމް ވަނީ ކުޅުނު ހަމައެކަނި މެޗު ކާމިޔާބުކޮށްފައެވެ.

މިއަދު ތުނޑި ގޯޅި އަތުން މޮޅުވި މެޗުގައި މަތިމަރަދޫއަށް ލަނޑު ޖަހައިދިނީ ހުސެއިން ފާރިހުއެވެ. އޯޕަން ބުރުގައި މާދަމާ އައިލެންޑް ޔޫތް ޔުނައިޓެޑާއި, ތިއްތި ސްޕޯރޓްސް ކްލަބް ވާދަކުރާނެއެވެ.

- ކޮމެންޓް