ކ. މާލެ
|
10 މާރޗް 2022 | ބުރާސްފަތި 07:20
އެސްޓްރަޒެނަކާ ވެކްސިން
އެސްޓްރަޒެނަކާ ވެކްސިން
އަލްޖަޒީރާ
ވެކްސިން ޕްރޮގްރާމް
އިތުރު 646 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި
މިހާތަނަށް ޖުމްލަ 139،874 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައި

ކޮވިޑް-19 އާއި ދެކޮޅަށް އިތުރު 646 މީހުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، އަންގާރަ ދުވަހު 646 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 287 މީހުންނާއި، ރަށްރަށުން ބޫސްޓަރ ޑޯޒް ޖެހި 359 މީހުންނެވެ. މިހާތަނަށް ޖުމްލަ 139،874 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.

އަންގާރަ ދުވަހު ދެވަނަ ޑޯޒް ޖަހާފައިވަނީ 36 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 27 މީހުންނާއި ރަށްރަށުން ދެވަނަ ޑޯޒް ޖެހި 9 މީހުންނެވެ. މިހާތަނަށް 371،327 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

ކޮވިޑް ވެކްސިން ޖަހަން ފެށިފަހުން އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، އަންގާރަ ދުވަހު ވެސް 12 މީހަކު ވަނީ އަލަށް ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 7 މީހަކާއި ރަށްރަށުން ވެކްސިން ޖެހި 5 މީހުންނެވެ. މިހާތަނަށް 398،293 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

- ކޮމެންޓް