Advertisement
ކ. މާލެ
|
9 މާރޗް 2022 | ބުދަ 11:21
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
އެމްޑީޕީ
އެމްޑީޕީގެ އިންތިޚާބު
"އަސްލު ބްރޯ އަކީ ކާކުކަން ރައްޔިތުންނަށް މިއަދު އެނގޭނެ"
އިންތިޚާބަށް ނުފޫޒު ފޯރުވަނީއޭ ވެސް ކިއިދާނެ
އިންތިޚާބަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ

މިތިބީ ސަރުކާރާއެކުުގައި ކަމަށާއި، 2023 ގެ އިންތިޚާބުގައިވެސް މި ސަރުކާރު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ގައުމީ މަޖިލީހުގައި އަންގާރަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމަނިކުފާނު ހުންނެވީ، މިސަރުކާރާއެކުގައި ކަމަށާއި، ބްރޯއޭވެސް ކިއިދާނެ ކަމަށެވެ. ނަމަވެސް އަސްލު ބްރޯއަކީ ކާކުކަން މިއަދު ރައްޔިތުންނަށް އެނގޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

Advertisement

އެމްޑީޕީގެ ޗެއާޕާރސަންގެ މަގާމުގެ އިންތިޚާބު ބާއްވާނެ ދުވަހަކާއި މެދު ޚިޔާލު ތަފާތުވެ އެކަމުގައި ގޮތެއް ނިންމުމަށްޓައި އަންގާރަ ދުވަހުގެ ރޭ ވަނީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ.

އަޅުގަނޑުމެންނަށް ބްރޯއޭ ވެސް ކިއިދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކިއިދާނެ. ނަމަވެސް ބްރޯއަކީ ކާކުކަން، އަސްލު ބްރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ. އަޅުގަނޑުމެން ކޮންމެހެން ނޫޅެން ތާހިރު ކެމްޕެއިނެކޭ ކިޔައިގެން އެއްްޗެހި ކިޔާކަށް، ވަރަށް ބޮޑަށް ބަލަުން މި އައީ އެއްޗެކޭ ނުބުނެ މިކަން ކުރެވެތޯ
ފައްޔަޒު އިސްމާއިލް / އިކޮނޮމިކް މިނިސްޓަރު

ފައްޔާޒު ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ޕާޓީއަށްޓަކައި އަދި އެމަނިކުފާނުވެސް ގުރުބާންވެވަޑައިގެންނެވިއެވެ.

އެކި މީހުންނަށް ގުޅައިގެން އެކި ގޭގެއަށް ގުޅައިގެން ތިމަންނަ ބޭރުކުރަން އުޅެނީއޭ ކިޔާފައި ވާހަކަ ދައްކަނީ ކޮން ބޭފުޅެއްތޯ. އެއީ ކޮން ނުފޫޒެއްތޯ. ވަގެކޭ އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔާފައި ގޮވާއިރު އަޅުގަނޑުމެން ވެސް މިއީ މި ޕާޓީއަށްޓަކައި ގުރުބާންވި މީހުން. އީވާ އާއި އިންތި އާއި ހަސަން ލަތީފާއި ވައްޑެ އާއި ގިޓާއާ އެކަންޏެއް ނޫން،
ފައްޔަޒު އިސްމާއިލް / އިކޮނޮމިކް މިނިސްޓަރު

ފައްޔާޒު ވިދާޅުވީ އިންތިޚާބު ބާއްވަން ޖެހޭނީ ގިނަ މެމްބަރުންނަށް ބައިވެރިވެވޭ ގޮތަށް ރޯދަ މަސް ނިމުމަށްފަހު ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް