ކ. މާލެ
|
9 މާރޗް 2022 | ބުދަ 10:29
އަހުމަދު ސަލީމް - އޭދަފުށި ދާއިރާގެ މެމްބަރު
އަހުމަދު ސަލީމް - އޭދަފުށި ދާއިރާގެ މެމްބަރު
ރައްޔިތުންގެ މަޖިލިސް
ރިޔާސީ ބަޔާނަށް ޖަވާބު ދިނުން
ރިޔާސީ ބަޔާނުގެ ޖަވާބުގައި މައިނޯރިޓީ ލީޑަރު ޒުވާނުންނަށް ހިތްވަރު ދެއްވީ ކުށްތަކަށް އަރައިގަތުމަށް
ރައީސް ސާލިހު އިސްތިއުފާ ދެއްވުމަށްވެސް ގޮވާލެއްވި
މަސްތުވަތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ސަލީމް ވިދާޅުވި
ސަރުކާރުގެ ފަރާތުން ޒުވާނުން ބާރުވެރި ކުރުމަށް އެއްވެސް ކަމެއް ނުކުރާކަމުގައި ސަލީމް ވިދާޅުވި

ޒުވާނުން ކުށްކުށަށް އަރައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެދަފުށީ ދާއިރަގެ މެމްބަރު އަހުމަދު ސަލީމް ހިތްވަރު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މި އަހަރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވެވި ރިިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ، ޒުވާނުން ކުނި ގޮނޑު ހޮވައިގެން ކައިގެން މަގުމަތީގައި ކަރުދާސް އަޅައިގެން ނިދުމަކީ ޒުވާނުންނާމެދު ސަރުކާރުން އިހުމާލުވާ ކަމެއް ކަމުގައެވެ. އަދި ސަރުކާރުން ޒުވާނުން މަގުމަތިކޮށް ވަޒީފާގެ ފުރުސަތުތަކުން މަހުރޫމްކޮށްފައިވާކަމަށް ތުހުމަތު ކުރެއްވައި ސަލީމްވަނީ ޒުވާނުންނަށް ކުށްތަކަށް އަރިގަންނަން ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ޒުވާނުން ބާރުވެރި ކުރުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ޒުވާން ޖީލެއްގެ އުންމީދުތައް ފުނޑުފުނޑު ކޮށްލާފައިވާކަމަށް ސަލީމު ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރި ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ. ސަރުކާރުން ވަނީ ޒުވާން ޖީލެއްގެ އުންމީދުތައް ފުނޑުުފުނޑު ކޮށްލާފައި ޒުވާނުންނަށް ދައްކައިދެނީ، ކޮރަޕްޝަނާއި ނާޖައިޒް ފައިދާ ނެގުމަކީ ހަމަ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ސަރުކާރުން ދައްކަމުންދަނީ. ކުށްތަކަށް އަރައިގަންނަން ޒުވަނުންނަށް މިވަނީ މަޖުބޫރުވެފައި.
އަހުމަދު ސަލީމް / އޭދަފުށި ދާއިރާގެ މެމްބަރު

ސަލީމް ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ދީފައިވާ ވަޒީފާތަކާއި ފްލެޓްތައް މި ސަރުކާރުން އަތުލައިގެންފައިވާކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކުން އެމީހުން މަހުރޫމް ނުކުރުމަށް ގޮވާލައްވާކަަމަށް ވިދާޅުވިއެވެ.

މަސްތުވަތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙު އިއްވެވި ބަޔާނުގައި ޤައުމުގެ ޙާލަތު އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށް ނުދެއްވާކަމަށެވެ. އަދި ރިޔާސީ ބަޔާނުގެ ނަމުގައި 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވީ ސިޔާސީ ބަޔާނެއް ކަމަށާއި، އެ ބަޔާނުގައި ދެއްކެވި ގިނަ ވާހަކަފުޅުތަކަކީ، ނަތީޖާއެއް ނުނެރެވޭނެ، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް، ދުރު ރާސްތާގެ އަމާޒެއްނެތި، ދެއްކެވި ހުސް ވާހަކަތަކެއް ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމްގެ ޖަވާބު ނިންމަވާލައްވަމުން ރައީސް ސާލިހު އިސްތިއުފާ ދެއްވުމަށްވެސް ގޮވާލެއްވިއެވެ.


Advertisement
- ކޮމެންޓް
9 މާރޗް 2022 | ބުދަ 10:45
ކަލޯ
ސަލީމު ނިސްބަތްވާ ޕީޕީއެމް ސަރުކާރުގައި ޒުވާނުންނަށް ކޮށްދިނީ ކޮންކަމެއް، 90000 މީހުންނަށް ވަޒީފާ ދިންނަމަ އެއީ މި ޖީލުގެ ބޮޑު ޖޯކު. ވަޒީފާދިން 90 ހާސް މީހުން ހަކުރީ ބޭރުން މީހުން ގެނެސްގެން ކަމަށް ވެދާނެ. އެކަމަކު ޒުވާނުން ބޭކާރުގޮތުައި އުޅުމަށް އެމީހުންނަށް ފައިސާދޭވާހަކަ ޔާމީހުން ގޮވި. މަސްވުމުން ގައުމު ދުރުކުރަން ކުރިކަމަކީ ކޮބާ ޕީޕީއެމުން.