ކ. މާލެ
|
8 މާރޗް 2022 | އަންގާރަ 15:50
އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލްއާއި ނައިބް ރައީސް ފައިސަލް ނަސީމް ގެ އަރިހަށް ކުރެއްވި އިޚްތިރާމް ޒިޔާރަތުގެ ތެރެއިން
އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލްއާއި ނައިބް ރައީސް ފައިސަލް ނަސީމް ގެ އަރިހަށް ކުރެއްވި އިޚްތިރާމް ޒިޔާރަތުގެ ތެރެއިން
ރައީސް އޮފީސް
އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލްގެ އިހްތިރާމްގެ ޒިޔާރ
އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލް ނައިބުރައީސް ގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ކުރައްވައިފި
ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލެއްވި
ދަނޑުވެރިކަން ކުރުމުގައި އީޖާދީ ހައްލުތަކެއް ހޯދުމަށް އެފް.އޭ.އޯގެ އެހީތެރިކަން ބޭނުންވާކަން ހާމަކުރެއްވި
ރާއްޖޭގެ ބިމުގެ ދަތިކަމާއި ލިބެން ހުރި ވަސީލަތްތައް މަދުކަން ފާހަގަކުރެއްވި

އ.ދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމުޢިއްޔާގެ އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލް ކޫ ޑޮންގްޔޫ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލް ވަނީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމާއި ގުޅޭގޮތުން ނާއި ކާބޯތަކެތި ކަށަވަރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދެބޭފުޅުން ވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި، އަމިއްލަ ފުދުންތެރިކަމުގެ ތެރެއިން ކާބޯތަކެތި ކަށަވަރުކުރުމަށް ފަރުދީ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ފަތުރުވެރިކަމަށާއި ބޭރުގެ އިމްޕޯޓްތަކަށް ބަރޯސާވެފައިވާ ގައުމަކަށްވުމުން ކޮވިޑް ގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރިކަމަށާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެފް.އޭ.އޯ ފަދަ ޖަމުއިއްޔާއެއްގެ އެހީތެރިކަމާއި ފަންނީ ލަފާ ގެ ބޭނުން ހިފައިގެން މިފަދަ ކަންކަމުން ކުރާ އަސަރު ކުޑަކުރުމަށް ކުރިޔަށް އޮތްތާގައި މަސައްކަތްކުރެވިދާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ބިމުގެ ދަތިކަމާއި ލިބެން ހުރި ވަސީލަތްތައް މަދުކަން ފާހަގަކުރައްވައި ދަނޑުވެރިކަން ކުރުމުގައި އީޖާދީ ހައްލުތަކެއް ހޯދުމަށް އެފް.އޭ.އޯގެ އެހީތެރިކަން ބޭނުންވާކަން ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑިރެކްޓަރ ޖެނެރަލް ޑޮންގްޔޫ ވިދާޅުވި ގޮތުގައި މިހާރަށްވުރެ ބޮޑަށް އެފް.އޭ.އޯގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއެކު ގާތުން މަސައްކަތްކުރަމުންދާ ކަމަށާއި، މިކަމުގައި އ.ދ. ގެ އިދާރާތަކުގެ އެހީތެރިކަން ބޮޑުކަން ފާހަގަކުރެއްވިއެވެ.

މިފަހުން އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލް މާނިޔާފުށްޓަށް ކުރެއްވެވި ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން، ޑިރެކްޓަރ ޖެނެރަލް ވަނީ ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ތަޢުރީފްކުރައްވާފައެވެ. އަދި ރާއްޖޭގައި ދިރާސާތައްކުރުމަށް އަދި މިފަދަ ކަންކަން ތަރައްޤީކުރުމަށް އިތުރަށް އިންވެސްޓްކުރުމުގެ ބޭނުންތެރިކަން ޑިރެކްޓަރ ޖެނެރަލް ފާހަގަކުރައްވައި، މިކަންކަން ކުރުމަށް ބޭނުންވާ ތަމްރީނުތަކަށް ބޭނުންވާ އެހީތެރިކަން އެފް.އޭ.އޯ ގެ ފަރާތުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާއި، އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހަސްވެލް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް