Advertisement
ކ. މާލެ
|
8 މާރޗް 2022 | އަންގާރަ 13:02
ޅ.އޮޅުވެލިފުށި ސިއްހީ މަރުކަޒަށް ވަޑައިގެންނެވި ދުވަހު ރައީސް ސަލާމްކުރައްވަނީ
ޅ.އޮޅުވެލިފުށި ސިއްހީ މަރުކަޒަށް ވަޑައިގެންނެވި ދުވަހު ރައީސް ސަލާމްކުރައްވަނީ
ރާއްޖެއެމްވީ
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް
މުޖުތަމައުގެ ދިރުމަށް އަންހެނުން ކުރާ މަސައްކަތް ރައީސް ފާހަގަކުރައްވައިފި
އަންހެނުން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވާފައިވޭ
އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުން ދުނިޔެއިން ނައްތާލުމުގައި އަދިވެސް ތިބީ ނުހަނު ފަހަތުގައި
މިންތީގެ ތަފާތު ކުރުން ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައި

މުޖުތަމައުގެ ދިރުމަށް އަންހެނުން ކުރާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ފާހަގަކުރައްވައިފިއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހާއި ގުޅިގެން ރައީސް ސާލިޙު ކުރެއްވި ޓްވީޓެއްގައި ވަނީ، މިފަދަ ދުވަހެއްް ފާހަގަކުރަމުންދާއިރު އަންހެނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މުޖުތަމައުގެ ދިރުމަށް އަންހެނުން ހިއްސާ ކުރާ ދައުރު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ރައީސް ވިދާޅުވީ، ކުރިއެރުންތަކެއް ޙާސިލު ކުރެވުނު ނަމަވެސް، އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުން ދުނިޔެއިން ނައްތާލުމުގައި އަދިވެސް ތިބީ ނުހަނު ފަހަތުގައި ކަމަށެވެ.

އަދި މިންތީގެ ތަފާތު ކުރުން ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

އަންގާރަ ދުވަހު ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ދިމާކޮށް ޖެންޑަރ މިނިސްޓްރީންވެސް ވަނީ ސަމާލުކަން ދޭންޖެހޭ ކަންކަން ބަޔާންކޮށް އެންގުމެއް އަންގާފައެވެ. މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސިޓީއެއްގައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން ބަޔާންކޮށްފައެވެ.

މިނިސްޓްރީން ބުނާ ގޮތުގައި އެފަދަ ކަންކަމަކީ "ޖެންޑަރ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" ޝިއާރުގެ މަގްސަދާއި ޚިލާފުވާ ކަންކަމެވެ. އަދި މިންތީގެ ހަމަހަމަކަން ޤާއިމު ކުރުމަަށް ކުރަމުންދާ މަސައްކަތްތަކާއި އެއްގޮތް ކަންކަމެއް ނޫނެވެ.

އޭގެ ތެރޭގައި މަރުޙަބާ ކިޔަން ރަތް ދޫލަ އެޅުމާއި، މާބޮނޑި ދިނުމާއި، ފިނިފެންމަލާއި ޗޮކްލެޓް ދިނުން ފަދަ ކަންކަން ނުކުރުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް