ކ. މާލެ
|
6 މާރޗް 2022 | އާދީއްތަ 11:27
ސިވިލް ކޯޓު- ޖަސްޓިސް ބިލްޑިންގ
ސިވިލް ކޯޓު- ޖަސްޓިސް ބިލްޑިންގ
ރާއްޖެއެމްވީ
ސިވިލް ކޯޓު
ސިވިލް ކޯޓަށް 2 ފަނޑިޔާރުން އައްޔަނުކޮށްފި
 
މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކޮށްފައިވޭ
 
މި ދެ ފަނޑިޔާރުން އައްޔަނުކުރީ 2022 ފެބްރުއަރީ 16 ވަނަ ދުވަހު ބޭއްވުނު ޖަލްސާއިން
 
ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 2022 މާރިޗް 15 ދުވަހު

ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާއި ގުޅިގެން އެމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާއި އިންޓަރވިއު ކޮށްފައިވާ ކަމަށެވެ.

އަދި އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުމުން، ސ.ފޭދޫ، ފިތިރޯނުގެ، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ އަދި ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް 2022 ފެބްރުއަރީ 16 ވަނަ ދުވަހު ބޭއްވުނު ޖަލްސާއިން ނިންމާފައިވާކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ.

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީ އިން ބެޗްލާސް އޮފް ލޯސް (އޮނަރސް) ޙާޞިލްކުރައްވައި، ބަރކްބެކް ކޮލެޖް، ޔުނިވަރސިޓީ އޮފް ލަންޑަންއިން މާސްޓަރ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ޙާޞިލްކުރައްވާފައެވެ.

މީގެ އިތުރުން، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއަރ ސްޓޭޓް އެޓާރނީ އަދި ސްޓޭޓް އެޓާރނީ މަޤާމުގައި 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. 

އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ވިލާ ކޮލެޖްއިން ބެޗެލާރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިންގް ޕާރޓްނާރގެ ގޮތުގައިވެސް 1 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މިދެ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 2022 މާރިޗް 15 ދުވަހުކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
"ވަގަށް މަސްވެރިކަންކޮށްގެން އިންޑިއާގެ ބޯޓެއް ކުރި ޖޫރިމަނާ މަޢާފުކުރީ ރައީސް އޮފީހުގެ ސިޓީއަކުން"
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނަން - އަސްލަމް
ޣައިރު ހާޒިރުގައި، ދަރަންޏެއް ސާބިތުވާގޮތަށް ކަނޑައެޅީ ސިޔާސީ މަގުސަދެއްގައި - މެމްބަރު އިސްމާއީލް
އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ޔާމީނު ހުށަހެޅުއްވި މައްސަލަ ބެލޭނެކަމަށް ނިންމުމުން، ބޭންކުން ހައިކޯޓަށް
މިއިން ޒަމާނެއްގައި އިންވެސްޓް ނުކުރާ ވަރަށް 2019 ވަނަ އަހަރުން ފެށިގެން ކޯޓުތަކަށް ދަނީ އިންވެސްޓް ކުރަމުން: ޙިސާން
ޝަރީއަތްތަކުގައި ދެކެވޭ ވާހަކަތައް ވަގުތުން ލިއުމަށް ތިރިކުރުމަށް "ކޭލި" ސޮފްޓްވެއަރ އިފްތިތާހުކޮށްފި
އަލަށް ވުޖޫދުވާ ޤާނޫނުތަކަށް އަހުލުވެރިނުވެ އެންމެ ރަނގަޅަށް އިންސާފު ޤާއިމުނުކުރެވޭނެ: ފަނޑިޔާރު ނިޔާޒް
މެޖިސްޓްރޭޓު ކޯޓުތަކަށް ހަތް ފަނޑިޔާރުން އައްޔަންކޮށްފި