ކ. މާލެ
|
5 މާރޗް 2022 | ހޮނިހިރު 23:08
އެއިރޯފްލޮޓް
އެއިރޯފްލޮޓް
ރޮއިޓަރސް
އެއިރޯފްލޮޓުން ދަތުރުތައް މެދުކަނޑާލުން
އެއިރޯފްލޮޓްގެ ބައިނަލްއަގުވާމީ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފި
ހަނގުރާމައާ ގުޅިގެން ގިނަ ގައުމުތަކުން ގެންދަނީ ރަޝިޔާއާމެދު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން

ރަޝިއާގެ އެއަރލައިން އެއިރޯފްލޮޓުން ކުރަމުންދާ ބައިނަލްއަގުވާމީ ދަތުރުތައް މާރޗް 8ން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލަން އެ އެއަރލައިނުން ނިންމައިފިއެވެ.

މި ނިންމުން ނިންމައި، މިކަން އެ އެއަރލައިނުން އިއުލާނުކޮށްުފައިވަނީ ހޮނިހިރު ދުވަހުއެވެ.

އެ އެއަރލައިނުން ވަނީ މާރޗް 6ން ފެށިގެން, ދަތުކުރުމުގައި ވަކި ކަންކަމަކަށް ބަލާނެ ކަމަށް ބުނެފައެވެ. އެގޮތުން އަނބުރާ ރަޝިޔާއަށް ދިއުމަށް ދެކޮޅު ޓިކެޓު ނަގާފައިވާ މީހުންގެ ތެރެއިން މާރޗް 8ގެ ފަހުން ރިޓަރން ޓިކެޓް ނަގާފައިވާ މީހުން ގޮވައިގެން ދަތުރު ނުކުރުމަށް އެ އެއަރލައިނުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ރިޓަރން ޓިކެޓު ނުނަގާ ފަސިންޖަރުން ގޮވައިގެން ދަތުރުކުރާނެ ކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ.

މި ނިންމުން ނިންމާފައިވަނީ އަނބުރާ ރަޝިޔާއަށް ދަތުރު ކުރުމުގައި ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލާފައެވެ. އަދި ކެންސަލްވާ ފްލައިޓްތަކުން ޓިކެޓް ނަގާފައިވާ ޕަސެންޖަރުންނަށް ރީފަންޑް ލިބޭނެ ކަމަށް އެއިރޯފްލޮޓުން ބުނެފައިވެއެވެ.

ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ ރަޝިޔާގެ ފްލައިޓްތައް "ބޭން" ކޮށްފައެވެ. މި ދަނޑިވަޅުގައި އެއިރޯފްލޮޓުން މި ނިންމުން ނިންމާފައިވާއިރު، ރަޝިޔާގެ އޭވިއޭޝަން ރެގިއުލޭޓަރުން ވަނީ މާރޗް 6ން ފެށިގެން ރަޝިޔާގެ އެއަރލައިންތަކުން ކުރަމުން އަންނަ ހުރިހާ ބައިނަލްއަގުވާމީ ދަތުރުތައް ހުޓާލުމަށް އަންގާފައެވެ.

- ކޮމެންޓް