ހދ. ކުޅުދުއްފުށި ސިޓީ
|
5 މާރޗް 2022 | ހޮނިހިރު 18:24
ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހުސައިން އަމްރު  ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހުސައިން އަމްރު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކުޅުދުއްފުށި ސިޓީ ކައުންސިލް
އެސްޓިއޯގެ ގޮދަންފުށް ކާރުހާނާއެއް ގާއިމް ކުރުން
ކުޅުދުއްފުށި ސިޓީގައި އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީއެއް ގާއިމުކުރަނީ
މިފަދަ ކާރުޚާނާއެއް ރާއްޖޭގައި ޤާއިމުވެގެންދިއުމުގެ ސަބަބުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނަކަމަށް އަމްރު ވިދާޅުވި
ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވައްތަރުގެ ފުށް މި ކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެކަމަށްވެސް އަމްރު ވިދާޅުވި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ގޮދަންފުށް ކާރުޚާނާ ތަރައްޤީކުރުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީގައިކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެކުންފުނީގެ ގޮދަންފުށް ކާރުޚާނާ ޤާއިމުކުރުމަށް ކުޅުދުއްފުށި ޚިޔާރުކުރީ އެރަށަކީ އުތުރުގެ ވިޔަފާރީގެ މައި ހަބު ކަމަށްވެފައި، އެ ސަރަޙައްދަކީ އެފަދަ ކާރުޚާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދަށް ވުމުންކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ސިޓީއަށާއި، އެ ސަރަޙައްދަށްވެސް ވިޔަފާރިއާއި އިޤްތިޞާދީގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އަމްރު ފާހަގަކުރެއްވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު އިތުރަށް ވިދާޅުވީ މިފަދަ ކާރުޚާނާއެއް ރާއްޖޭގައި ޤާއިމުވެގެންދިއުމުގެ ސަބަބުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނަކަމަށާއި، އެތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު އިތުރުވެގެންދާނެކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވައްތަރުގެ ފުށް މި ކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެކަމަށްވެސް އަމްރު ވިދާޅުވެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެސް.ޓީ.އޯ ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ޢަމްރު އަދި މުޙައްމަދު ރަޝާދު މިދިޔަމަހު 27 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލްވުމުގެ ތެރެއިން އެ ސިޓީގައި ގޮދަންފުށް ކާރުޚާނާ ތަރައްޤީކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ވާކަމަށް ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވިއެވެ.

މިއީ ކުޅުދުއްފުށީގެ ތަރައްޤީއަށް އިތުރުވެގެންދާ ބޮޅެއްކަމަށާއި، މިކަމުގެ ސަބަބުން އިތުރު ވަޒީފާ ތަކެއް އުފެދިގެން ދާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް