ހދ. ކުޅުދުއްފުށި ސިޓީ
|
3 މާރޗް 2022 | ބުރާސްފަތި 11:52
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ
އުއްމު ކުލްސޫމް އިބްރާހިމް
ކުޅުދުއްފުށި ސިޓީ ކައުންސިލް ނައިޓް މާކެޓް
ކުޅުދުއްފުށި ސިޓީ ކައުންސިލުން ނައިޓް މާކެޓެއް ބާއްވަނީ
މިނައިޓް މާކެޓް އޮންނާނީ މިމަހުގެ 17 ން 19ށް ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި
ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ މީހަކަށްވެސް ވަނީ ހުޅުވާލެވިފައި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނައިޓް މާކެޓެއް ބާއްވަން ނިންމާ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި މި ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އިން 19 އަށެވެ. އަދި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނައިޓް މާކެޓް ގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިމަހުގެ 8 ވަނަ ދުވަހުގެ 12:00 ގެ ކުރުން ކައުންސިލް އިދާރާއަށް ހުށަހަޅަން ޖެހެއެވެ. އަދި ފޯމާއެކު ގޮޅިއަށް ފައިސާ ދައްކަން ޖެހޭނެކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މިމާކެޓްގައި ބައިވެރިވާ ފަރާތްތަކަށް 2 ސައިޒެއްގެ ގޮޅި ވިއްކުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އެގޮތުން 10 ފޫޓް 8 ފޫޓުގެ ގޮޅި ވިއްކުމަށް ހަމަޖެހިފައިވަނީ 200 ރުފިޔާއަށެވެ. މިސައިޒުގެ ގޮޅިތައް ހާއްޞަ ކޮށްފައިވަނީ ގޭގައި އުފައްދާ ކާބޯ ތަކެއްޗާއި، ރާއްޖޭގައި ހައްދާ މޭވާ ތަރުކާރީފަދަ ތަކެތި ވިއްކާ ފަރާތްތަކަށެވެ.

މީގެއިތުރުން 10 ފޫޓް 16 ފޫޓްގެގޮޅިއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 400 ރުފިޔާއަށެވެ. މިގޮޅިތައް ހާއްޞަކޮށްފައިވަނީ އިންޕޯޓް މުދާ ވިއްކާ ފަރާތްތަކަށާއި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކަށެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަލީ އަހުމަދު ވިދާޅުވީ މިމާރކެޓްގައި ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބެއްގެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

ކައުންސިލުން ނައިޓް މާކެޓް ބާއްވަން ނިންމާފައިވަނީ ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް