ކ. މާލެ
|
3 މާރޗް 2022 | ބުރާސްފަތި 22:27
ޗިލް ވިތް ސްޕްރައިޓް ޕްރޮމޯޝަން
ޗިލް ވިތް ސްޕްރައިޓް ޕްރޮމޯޝަން
ރާއްޖެއެމްވީ
ސްޕްރައިޓް ޕްރޮމޯޝަން
ސްޕްރައިޓް ޕްރޮމޯޝަންގެ އިނާމު ހޯދުމުގެ ފުރުސަތު އޭޕްރީލް 4އާ ހަމައަށް
ޕްރޮމޯޝަންގެ މުއްދަތުގައި ޖުމްލަ 90 ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވޭ

ސްކްރީނަކުން އެއްޗެއް ބަލާއިރު ދިވެހިން ސްޕްރައިޓުގެ މީރު ރަހަ ޚިޔާރުކުރަން ބަހައްޓާ އަހައްމިއްޔަތުކަން ފާހަގަކުރުމަށް ސްޕްރައިޓުން އިސް ނަގައިގެން ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާނުކުރަން ފަށައިފިއެވެ.

ކޮކާކޯލާ ކުންފުނީގެ މަޝްހޫރު ލެމަން ލައިމް ރަހަލާ ބުއިން، ސްޕްރައިޓަށް ދިވެހިންގެ މެދުގައި އޮތް ލޯބި ފާހަގަކުރުމުގެ ގޮތުން ސްޕްރައިޓުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޒިއުމަރ ޕްރޮމޯޝަނެއް ފެށީ ފެބްރުއަރީ 1، 2022ގައެވެ. 'ޗިލް ވިތު ސްޕްރައިޓް އެންޑް ޔޯރ ސްކްރީން' ކެމްޕެއިންގެ މަގުސަދަކީ ގޭގައި ފޯނު، ލެޕްޓޮޕް ނުވަތަ ޓީވީ ފަދަ ތަކެތި ބަލާއިރު ފުރިހަމައަށް ރިފްރެޝްވެ ތިބުމާއެކު, ބޮޑެތި އިނާމުތަކެއް ކާމިޔާބުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

19 ފެބުރުވަރީ 2022އިން ފެށިގެން ކޮންމެ ދުވަހަކު ވެސް، ދެ ނަސީބުވެރިން (ކޮންމެ ޓިއަރއަކުން އެއް ފަރާތެއް) ހޮވުމަށް ބޭއްވޭ ގުރުނެގުން ޓީވީއެމުން އަންނަނީ ރޭގަނޑު 7:40ގައި ލައިވްކޮށް ގެނެސްދެމުންނެވެ. އަދި އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެއެވެ.

އޭޕްރީލް 4، 2022ގެ ނިޔަލަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް، ސްޕްރައިޓް، ކޮކާކޯލާ، ފެންޓާ އޮރެންޖް ނުވަތަ ފެންޓާ ސްޓްރޯބެރީ ފުޅީގެ ޚާއްސަ ގޯލްޑަން ކެޕްގެ ނުފުށުގައިވާ 6 އަކުރުގެ ކޯޑު 2626އަށް އެސްއެމްއެސް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގައި އެ 4 ބްރޭންޑްގެ 300އެމްއެލް، 500އެމްއެލް، 1.25 ލީޓަރު އަދި 2 ލީޓަރުގެ ޕެޓް ފުޅި ވަނީ ހިމަނާފައެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ޖުމްލަ 90 ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު، ޓިއަރ 1ގައި ހިމެނޭ 45 ނަސީބުވެރިންނަކީ ސްމާޓްފޯން، ގޭމިން ކޮންސޯލް ނުވަތަ ޓީވީ ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ފަރާތްތަކެވެ. ބާކީ ޓިއަރ 2ގައި ހިމެނޭ 45 ނަސީބުވެރިންނަށް މިނީ ފްރިޖް ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޕްރޮމޯޝަންގެ އެއް މަގުސަދަކީ، ރާއްޖޭގައި ވިއްކާ ސްޕްރައިޓް ފުޅިއަށް މި ފަހުން ގެނައި ބަދަލު ފާހަގަކުރުމެވެ. ސްޕްރައިޓުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި، އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްލާފައެވެ. މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާ-ކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިންގއަށް ބަދަލުކުރުމަށް ކޮކާ-ކޯލާއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. އަލަށް ތައާރަފުކުރި ސާފު/ޓްރާންސްޕޭރަންޓް ސްޕްރައިޓް ޕެޓް ފުޅިއަކީ ކުރީގެ ފުޅިއެކޭ ވެސް އެއްގޮތަށް 100 އިންސައްތަ ރީސައިކަލް ކުރެވޭ ފުޅިއަކަށް ވީ ނަމަވެސް، ސާފު ފުޅިއަކަށް ވުމުގެ ސަބަބުން ބޭނުންކުރުމަށް ފަހު އިތުރު ވެލިއު ފުޅިއަށް ލިބި، ރީސައިކަލް ކުރަން ކުރިއަށް ވުރެ ވެސް ފަސޭހަވެގެންދެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޕްލާސްޓިކަށް ވަށާޖެހޭ ހައްލެއް ލިބޭނެއެވެ.

ސްޕްރައިޓަކީ ލެމަން އަދި ލައިމް ރަހަދޭ ސޮފްޓް ޑްރިންކެކެވެ. 1961 ވަނަ އަހަރު ތައާރަފްކުރި ސްޕްރައިޓް މިހާރު 190އަށްވުރެ ގިނަ ގައުމުގައި ވިއްކައެވެ. ކޮކާކޯލާ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ސްޕްރައިޓް ހިމެނޭ ގޮތަށް، ދިވެހިންގެ ކަރުހިއްކުން ފިލުވާލަދޭ، މީރު ބުއިންތަކެއް ރާއްޖެއަށް ވަނީ ތައާރަފުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް