ކ. މާލެ
|
10 ފެބްރުއަރީ 2022 | ބުރާސްފަތި 21:53
ޗިލް ވިތު ސްޕްރައިޓް ޕްރޮމޯޝަން
ޗިލް ވިތު ސްޕްރައިޓް ޕްރޮމޯޝަން
ރާއްޖެއެމްވީ
ސްޕްރައިޓް ޕްރޮމޯޝަން
ސްޕްރައިޓް ޕްރޮމޯޝަން މެދުވެރިކޮށް، ސްކްރީން ޓައިމްއަށް ކަސްޓަމަރުންނަށް އިނާމު
ޓިއަރ 1ގައި ހިމެނޭ 45 ނަސީބުވެރިންނަކީ ސްމާޓްފޯން، ގޭމިން ކޮންސޯލް ނުވަތަ ޓީވީ ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ފަރާތްތައް

ކޮކާކޯލާ ކުންފުނީގެ މަޝްހޫރު ލެމަން ލައިމް ރަހަލާ ބުއިން، ސްޕްރައިޓްއަށް ދިވެހިންގެ މެދުގައި އޮތް ލޯބި ފާހަގަކުރުމުގެ ގޮތުން ސްޕްރައިޓްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޒިއުމަރ ޕްރޮމޯޝަނެއް ފަށައިފިއެވެ.

'ޗިލް ވިތު ސްޕްރައިޓް އެންޑް ޔޯ ސްކްރީން' ކެމްޕެއިންގެ މަގުސަދަކީ ގޭގައި ފޯނު، ލެޕްޓޮޕް ނުވަތަ ޓީވީފަދަ ތަކެތި ބަލާއިރު ފުރިހަމައަށް ރިފްރެޝްވެގެން ތިބުމާއެކު, ބޮޑެތި އިނާމުތަކެއް ކާމިޔާބުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ރާއްޖެއަކީ ދެކުނު އޭޝިއާގައި އެންމެ ގިނަ އަދަދަކަށް އިންޓަނެޓް ބޭނުންކުރާ ގައުމެވެ. ގާތްގަނޑަކަށް 200އެއްހާ ރަށުގައި ދިރިއުޅޭ 500،000ށްވުރެ ބޮޑު އާބާދީ ގުޅުވައިދޭ މުވާސަލާތީ އެންމެ މުހިންމު ވަސީލަތަކަށް ސޯޝަލް މީޑިއާ އެޕްތައް ވަނީ ވެފައެވެ.

1 ފެބްރުއަރީން 17 މާރޗް 2022ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން, ސްޕްރައިޓްއަށް ޚާއްސަކޮށްފައި ނުވާ ކަމީ ކަސްޓަމަރުންނަށް ލިބިގެންދާ އިތުރު ފައިދާއެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް، ސްޕްރައިޓް، ކޮކާކޯލާ، ފެންޓާ އޮރެންޖް ނުވަތަ ފެންޓާ ސްޓްރޯބެރީ ފުޅީގެ ޚާއްސަ ގޯލްޑަން ކެޕްގެ ނުފުށުގައިވާ ޚާއްސަ ހަ ނަމްބަރުގެ ކޯޑު 2626އަށް އެސްއެމްއެސް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގައި އެ ހަތަރު ބްރޭންޑްގެ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި 2 ލީޓަރުގެ ޕެޓް ފުޅި ވަނީ ހިމަނާފައެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ޖުމްލަ 90 ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު، ޓިއަރ 1ގައި ހިމެނޭ 45 ނަސީބުވެރިންނަކީ ސްމާޓްފޯން، ގޭމިން ކޮންސޯލް ނުވަތަ ޓީވީ ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ފަރާތްތަކެވެ. ބާކީ ޓިއަރ 2 ގައި ހިމެނޭ 45 ނަސީބުވެރިންނަށް މިނީ ފްރިޖް ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެއެވެ. 19 ފެބުރުވަރީ 2022އިން ފެށިގެން ކޮންމެ ދުވަހަކު ވެސް، ދެ ނަސީބުވެރިން (ކޮންމެ ޓިއައަކުން އެއް ފަރާތެއް) ހޮވުމަށް ބޭއްވޭ ގުރުނެގުން ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް)އިން ލައިވްކޮށް ގެނެސްދޭނެ އެވެ. @spritemaldives އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެއެވެ.

ކޮކާކޯލާ ކުންފުނިން ރާއްޖެއަށް ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ "ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު، ކުރިން އަޅުގަނޑުމެން ސްކްރީންތަކަށް ބަރޯސާވާ ވަރަށް ވުރެ ބޮޑަށް މިހާރު އަޅުގަނޑުމެންގެ ސްކްރީންތަކަށް ބަރޯސާވާން ވަނީ ޖެހިފަ. ދާދިފަހުން އަޅުގަނޑުމެން ރާއްޖޭގައި ސްޕްރައިޓް ކްލިއަރ ޕެޓް ފުޅިއަށް ބަދަލުވުމާ ގުޅިގެން، އަޅުގަނޑުމެން ދިވެހިންނަށް މި ފުރުސަތު ދެނީ ސްޕްރައިޓްގެ ފިނި، ކްރިސްޕް އަދި ލެމަން ލައިމް ރަހައަށް އިންސާފުކޮށްލައިގެން ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު." ލިބިގެންދާނެ ކަމަށެވެ.

ސްޕްރައިޓުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޒިއުމަރ ޕްރޮމޯޝަނެއް ފަށާފައި މި ވަނީ، ސްޕްރައިޓް ފުޅި ބަދަލުކޮށްލިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ސްޕްރައިޓުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އެ ބްރޭންޑުގެ މަޝްހޫރު ފެހިކުލައިގެ ފުޅި ދޫކޮށްލައި، އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްފައެވެ. މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާ-ކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިންއަށް ބަދަލުކުރުމަށް ކޮކާ-ކޯލާއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. އަލަށް ތައާރަފުކުރި ސާފު/ޓްރާންސްޕޭރަންޓް ސްޕްރައިޓް ޕެޓް ފުޅިއަކީ ކުރީގެ ފުޅިއެކޭ ވެސް އެއްގޮތަށް 100 އިންސައްތަ ރީސައިކަލް ކުރެވޭ ފުޅިއަކަށް ވީ ނަމަވެސް، ސާފު ފުޅިއަކަށް ވުމުގެ ސަބަބުން ބޭނުންކުރުމަށްފަހު އިތުރު ވެލިއު ފުޅިއަށް ލިބި، ރީސައިކަލް ކުރަން ކުރިއަށް ވުރެ ވެސް ފަސޭހަވެގެންދެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޕްލާސްޓިކަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެއެވެ.

ސްޕްރައިޓަކީ ލެމަން އަދި ލައިމް ރަހަދޭ ސޮފްޓް ޑްރިންކެކެވެ. 1961 ވަނަ އަހަރު ތައާރަފްކުރި ސްޕްރައިޓް މިހާރު 190އަށްވުރެ ގިނަ ގައުމުގައި ވިއްކައެވެ. ކޮކާކޯލާ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ސްޕްރައިޓް ހިމެނޭ ގޮތަށް، ދިވެހިންގެ ކަރުހިއްކުން ފިލުވާލަދޭ، މީރު ބުއިންތަކެއް ރާއްޖެއަށް ވަނީ ތައާރަފުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް