Advertisement
ކ. މާލެ
|
1 މާރޗް 2022 | އަންގާރަ 09:49
އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު
އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު
މަޖިލިސް
މަޖިލީހަށް ކުއްލި މައްސަލަ
އެތެރޭގެ އިންތިޚާބާ ދިމާކޮށް ވަޒީފާއިން ވަކިކުރާ ކަމުގެ ތުހުމަތާއެކު މަޖިލީހަށް ކުއްލި މައްސަލައެއް
މި މައްސަލަ މަޖިލީހަށް ބަލައިގަތީ 23 މެންބަރުންގެ ވޯޓާއެކު
ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ސިޔާސީ މަގާމުތަކުގައި ތިބި އެ ޕާޓީގެ އެކި މެންބަރުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވަހީދު ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ދީފައިވީ ނަމަވެސް އެ ބާރުތައް ބޭނުން ކުރަން ޖެހޭނީ ވަކި ހަމަތަކަކާއި އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. އެގޮތުން ވަޒީފާއިން ވަކި ކުރަންވާނީ ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކުގައި ކަން ފާހަގަކުރެއްވިއެވެ.

"މަގާމުތަކަށް އައްޔަންކޮށްފައިވާ މީސްމީހުންގެ ތެރެއިން ވަކި ބަޔަކު އިންތިޚާބުތަކާ ދިމާކޮށް އަދި ވަކިން ޚާއްޞަކޮށް ވެރިކަން ހިންގާ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ވަކި ކުރުމަށް ނިންމާ، ވަކި ކުރުމަކީ އެ ނިންމުންތަކުގެ އިންސާފުވެރިކަމާމެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭނެ ކަމެއް،" ވަހީދު ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

Advertisement

މައްސަލަ ހުށަހެޅުއްވަމުން ވަހީދު ވިދާޅުވީ އިންތިޚާބާ ގުޅުވައިގެން، ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަޙުމަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އޮތް އިތުބާރު ގެއްލޭނެ ފަދަ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތީ 23 މެންބަރުންގެ ވޯޓާއެކުގައެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވިއެވެ. ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްވުމާއެކު ބަހުސް ވަނީ ފަށާފައެވެ.

ބަހުސް މަރުހަލާގައި އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ މެމްބަރުންގެ ދެމެދު ދަނީ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް