ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒްގެ މަޤާމަށް ސ.ހިތަދޫ، ޖަންބުމާގެ އަލްއުސްތާޛު މުޙައްމަދު އަނީލު ޢައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛު މުޙައްމަދު އަނީލު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލަރސް ޑިގްރީގެ ސަނަދު ހާސިލުކުރައްވާފައެވެ. އަދި މިހާރު އެބޭފުޅާއަކީ ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަަޢުލީމު ހާސިލްކުރައްވަމުންގެންދަވާ ބޭފުޅެކެވެ.
މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު އަނީލު ވަނީ 2017 ވަނަ އަހަރުން ފެށިގެން ސ. ހިތަދޫ އިސް އިމާމުގެ މަޤާމު އަދާކުރައްވާފައެވެ.
އަނީލްއާއެކު އިސްލާމިކް މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރަކު ތިއްބަވާނެއެވެ. އަދި އެމިނިސްޓްރީގައި ހަތަރު ޑެޕިޔުޓީ މިނިސްޓަރުން ތިއްބަވައެވެ.