ކ. މާލެ
|
28 ފެބްރުއަރީ 2022 | ހޯމަ 06:53
ކޮވިޑް ވެކްސިން
ކޮވިޑް ވެކްސިން
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން ޖެހުން
ހޮނިހިރު ދުވަހު މާލެ ސަރަހައްދުން ފުރަތަމަ ޑޯޒު ޖެހީ އެންމެ މީހެއް
ފުރަތަމަ ޑޯޒު ޖަހާފައިވަނީ ޖުމްލަ 10 މީހުން
ދުވަހު ދެވަނަ ޑޯޒު ޖެހީ 14 މީހުން
ބޫސްޓަރ ޑޯޒު ޖަހާފައިވަނީ 2،434 މީހުން

ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ އެންމެ މީހެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހު ރާއްޖެގައި ފުރަތަމަ ޑޯޒު ޖަހާފައިވަނީ ޖުމްލަ 10 މީހުންނެވެ. އެއީ މާލެ ސަރަހައްދުން އެއް މީހަކާއި އަތޮޅުތެރޭގެ އެކި ރަށްތަކުން ނުވަ މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންގެ އަދަދު ވަނީ 398،178 އަށް އަރާފައެވެ.

ހޮނިހިރު ދުވަހު ދެވަނަ ޑޯޒު ޖެހީ 14 މީހުންނެވެ. އޭގެ ތެރެއިން 6 މީހަކު ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 8 މީހުން ވަނީ އަތޮޅުތެރެގެ އެކި ރަށްތަކުން ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ. މިއާއެކު ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒުޖެހި މީހުންގެ އަދަދު ވަނީ 370،987 އަށް އަރާފައެވެ.

ބޫސްޓަރ ޑޯޒު ޖަހާފައިވަނީ 2،434 މީހުންނެވެ. އޭގެ ތެރެއިން 280 މީހުން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވާއިރު، 2،154 މީހުން ބޫސްޓަރ ޑޯޒު ޖަހާފައިވަނީ އަތޮޅުތެރޭގެ އެކި ރަށްތަކުންނެވެ. މިހާތަނަށް ރާއްޖޭގައި ބޫސްޓަރ ޑޯޒު ޖަހާފައިވަނީ 128،890 މީހުންނެވެ.

މިހާރު ރާއްޖޭގައި ޖުމްލަ 194 ވެކްސިން ސެންޓަރު ހުރިއިރު އޭގެ ތެރެއިން ނުވަ ވެކްސިން ސެންޓަރު ހުރީ މާލެ ސަރަހައްދުގައެވެ. ބާކީ 185 ވެކްސިން ސެންޓަރު ގާއިމުކޮށްފައިވަނީ އަތޮޅުތެރޭގެ އެކި ރަށްތަކުގައެވެ.

- ކޮމެންޓް