Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2022 | ހޯމަ 07:04
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބު 2022ގެ ވޯޓު ގުނުމުގެ ތެރެއިން
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބު 2022ގެ ވޯޓު ގުނުމުގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ އިންތިޚާބު
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ އިންތިޚާބު ފަސްކޮށްފި
މި އިންތިޚާބުގެ ވޯޓުލުން ދެން އޮންނާނީ 7 މާރިޗު ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އިން 16:00 އަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕުގެ އިންތިޚާބު ފަސްކޮށްފިއެވެ.

މީގެ ކުރިން މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ 28 ފެބްރުއަރީވާ ހޯމަ ދުވަހުއެވެ. މި އިންތިޚާބަކީ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރަކު ހޮވުމަށާއި، ޕާލިމެންޓަރީ ގްރޫޕުގެ 1 ވިޕްގެ މަގާމަށް މީހަކު އައްޔަނު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. މި އިންތިޚާބުގެ ވޯޓުލުން ދެން އޮންނާނީ 7 މާރިޗުވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އިންތިޚާބުގައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް 49 ވޯޓު ލިބިވަޑައިގެން ވަނީ މަގާމު ވަނީ ކަށަވަރުކުރައްވާފައެވެ. ދެން މި މަގާމަށް ވާދަ ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ޙުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ 34 ވޯޓެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ދެ ޑެޕިއުޓީ ލީޑަރުން ތިއްބަވާނެއެވެ.

Advertisement

އެމްޑީޕީން ބުނީ 18 ފެބްރުއަރީ 2022 ވީ ހުކުރު ދުވަހު އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މަގާމްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގައި ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލެއްވި 3 ކެންޑިޑޭޓުންގެ ތެރެއިން 2 ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާއި ގުޅިގެން އެއްވަރުވި 2 ކެންޑިޑޭޓުންގެ މެދުގައި އަލުން ވޯޓުނެގުމާއި، ޕާލިމެންޓަރީ ގްރޫޕުގެ 1 ވިޕްގެ މަގާމަށް ހުޅުވާލާފައިވާ ކަމަށެވެ. 

ވިޕުންގެ ގޮތުގައި 6 ބޭފުޅަކު އައްޔަން ކުރަން ހަމަޖެހިފައިވީ ނަމަވެސް، އެ މަގާމަށް ވާދަ ކުރެއްވީ 5 މީހުންނެވެ. އަދި އެ 5 ބޭފުޅުން ވެސް ވަނީ ހޮވިވަޑައިގެންފައެވެ. އެއީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

ވިޕުންގެ ގޮތުގައި 6 ބޭފުޅަކު އައްޔަން ކުރަން ހަމަޖެހިފައިވީ ނަމަވެސް، އެ މަގާމަށް ވާދަ ކުރެއްވީ 5 ކެންޑިޑޭޓުން ކަމަށްވާތީ އިތުރު އެއް ބޭފުޅަކު މި މަގާމަށް ހޮވުމުގެ އިންތިޚާބުވެސް އޮންނާނީ 7 މާރިޗުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް